02 ޖޫން 2019 - 08:31
ބަތަލާ މޯނީ ރޯއި ދާދި ފަހުން ސޮއި ކުރި ފިލްމު "ބޯލެ ޗޫޅިޔާ" ގެ ޕްރޮޑިއުސަރުންނާ ދޭތެރޭ ދެބަސްވުންތަކެއް އުފެދި އޭނާ އެންމެ ފަހުން އެ ފިލްމު ދޫކޮށްލައިފި އެވެ.
މި މަހު ޝޫޓިން ފަށަން ތައްޔާރުވަމުން ދިޔަ އެ ފިލްމަކީ ފިލްމުގެ ބަތަލު ނަވާޒުއްދީން ސިއްދީގެ ކޮއްކޮ ޝަމަސް ނަވާބް ސިއްދީގީ ޑައިރެކްޓްކުރާ ފިލްމެކެވެ. ނަވާޒުއްދީނާ އެކު މަސައްކަތް ކުރަން ލިބުމުން އެކަމާ އުފާވާ ކަމަށް ވެސް ބުނި މޯނީ ފިލްމު ދޫކޮށްލި ސަބަބެއް ކަމަށް ބުނެފައި ވަނީ އޭނާ އަށް ފިލްމުގެ ސްކްރިޕްޓް ކަމުނިއުމެވެ.
ނަމަވެސް ފިލްމުގެ ޓީމުން އޭނާއާ ބެހޭ ގޮތުން ދައްކާ ވާހަކަ ތަފާތެވެ.
"ބޯލޭ ޗޫޅިޔާ" ގެ ޕްރޮޑިއުސަރު ރާޖޭޝް ބާޓިއާ ބުނި ގޮތުގައި މޯނީއާ ދޭތެރޭ ހިތްހަނުޖެހުންތަކެއް އުފެދުނީ ފިލްމަށް އޭނާ ވަގުތު ދިނުމުގައި ފަރުވާ ކުޑަކުރާތީ އެވެ.
"އެންމެ ބޮޑު އެއް މައްސަލައަކީ އޭނަގެ ޕްރޮފެޝަނަލް ކަމެއް ނެތުން. މީގެ ދެ ދުވަހެއް ކުރިން ކާސްޓާ އެކު ބޭއްވި ނެރޭޝަނަކަށް ތިނެއް ޖަހާއިރު އަންނަން ކިޔާފައިވާ އޮއްވައި އޭނާ އައީ އޭގެ ދޮޅުގަޑި އިރު ފަހުން. މިއީ ގަބޫލު ކުރެވޭ ކަހަލަ ކަމެއް ނޫން. ފިލްމަކަށް ސޮއިކޮށްފައި އެއަށް ވަގުތު ނުދީ އޭނާގ ކަމަކީ ޗުއްޓީ ހެދުން" އޭނާ ބުންޏެވެ. "މޯނީއާ އެކު އެއްބަސްވުމެއް ހަދާފައި އޭނާ ކީ އަގު ވެސް އަހަރެމެން ދޭން އެއްބަސްވެފައި އޮއްވައި އެހާ ޕްރޮފެޝަނަލްކަން ކުޑަވުމަކީ ފިލްމުގެ ލީޑް ބަތަލާގެ ކިބައިން ފެނިގެންވާނެ ކަމެއް ނޫން. ދެން ފިލްމު ސްކްރިޕްޓް ކަމުނުގޮސްގެން ވަކިވިއޭ ބުނަނީ މީޑިއާގެ ސަމާލުކަން ހޯދަން."
ރާޖޭޝް ބުނި ގޮތުގައި މޯނީ ވަގުތަށް ކަމޭނުހިތުމުން ސާބިތުވާ އަނެއް ކަމަކީ އޭނާގެ ހިތުގައި ފިލްމުގެ ޕްރޮޑިއުސަރާއި ޑައިރެކްޓަރާއި އަދި ފިލްމުގެ މުޅި ޓީމަށް ވެސް އެއްވެސް އިހުތިރާމެއް ނެތުމެވެ. އެހެންވެ އެވަރުގެ މީހަކާ އެކު މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށް ބުންޏެވެ.
"ބޯލެ ޗޫޅިޔާގެ ބަތަލާގެ ރޯލަކީ ފިލްމުގެ ސެންޓްރަލް އެއް ކެރެކްޓާ. އެ ރޯލަށް ނެގި ބަތަލާގެ ޕްރޮފެޝަނަލް ކަމެއް ނެތް ކަމަށް ވަންޏާ މަސައްކަތް ކުރެވޭނެ ގޮތެއް ނޯންނާނެ،" ރާޖޭޝް ބުންޏެވެ. "އަހަރެމެން މިހާރު އެބަ މަސައްކަތް ވަރަށް އަވަހަށް ފިލްމަށް ބަތަލާއަކު ހަމަޖައްސަން. މޯނީއަކީ އަހަރެމެން އުންމީދު ކުރި ވަރުގެ ބަތަލާއެއް ނޫން."
ރާޖޭޝްގެ ވާހަކަތަކަށް ރައްދު ދެމުން މޯނީގެ ތަރުޖަމާން މީޑިއާތަކަށް ބުނީ މޯނީ އަކީ މިހާތަނަށް ކާމިޔާބު ކެރިއާއެއް ބިނާކޮށްފައިވާ ބަތަލާއެއް ކަމަށާއި އޭނާގެ ޕްރޮފެޝަނަލްކަމާ ދޭތެރޭ ރާޖޭޝް އަށް ސުވާލެއް ނުއުފެއްދޭނެ ކަމަށެވެ.
"އޭނަ އަކީ މިހާތަނަށް މާ ރަނގަޅު ފިލްމުތަކެއް ވެސް ހެދުނު މީހެއް ނޫން. ހެދި ފުރަތަމަ ފިލްމަކީ ވެސް ބޮޑު މައްސަލަގަނޑަކަށްވި ފިލްމެއް،" ތަރުޖަމާން ބުންޏެވެ. "އެހެންވީމާ އެ ފެންވަރުގެ މީހަކު މޯނީ ކަހަލަ ބަތަލާއަކާ ބެހޭ ގޮތުން ޕްރޮފެޝަނަލް ކަމެއް ނެތޭ ކިޔާފައި ވާހަކަ ދެއްކުމަކީ އަމިއްލަ އަށް ޕްރޮފެޝަނަލް ކަމެއް ނެތްކަން ހާމަކޮށްދޭ ކަމެއް."
Mouni Roy ah annekka ves ithuru film eh
The most trusted news source in the Maldives
Mihaaru
މޯނީ "ބޯލެ ޗޫޅިޔާ" އަށް ސޮއި ކުރީ މާޗްގައި.
ޓީވީ ބަތަލާއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި މޯނީ ބޮލީވުޑަށް ނުކުތީ މިދިޔަ އަހަރު އަކްޝޭ ކުމާރާ އެކު ފިލްމު "ގޯލްޑް" އިންނެވެ. އޭގެ ފަހުން އޭނާ ވަނީ މިދިޔަ އެޕްރީލްގައި ރިލީޒް ކުރި ޖޯން އަބްރަހަމްގެ ރޯމިއޯ އަކްބަރު ވޯލްޓާ "ރޯ" ގެ ބަތަލާގެ ރޯލް ވެސް ކުޅެފަ އެވެ.
މޯނީ ދެން އެންމެ އަވަހަށް ބޮޑު ސްކްރީނުން ފެންނާނީ އޮގަސްޓް 30 ގައި ރިލީޒް ކުރާ "މޭޑް އިން ޗައިނާ" އިންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަންނަ އަހަރު ރިލީޒް ކުރާ ކަރަން ޖޯހަރުގެ "ބުރައްމަސްތުރާ" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy