އިމްރާން ހާން.
10 ޖޫން 2019 - 07:54
މިހާރު އެއްގޮތަކަށް ވެސް ފިލްމަކުން ނުފެންނަ އެކްޓަރު އިމްރާން ހާންގެ ފޮޓޯއެއް ގިނަ ދުވަސްތަކެއް ފަހުން ސޯޝަލް މީޑިއާ އަށް ތިލަވި އިރު، އޭނާ ހިކިކަމުން ފޭނުން އެ ވާހަކަ ދައްކަން ފަށައިިފި އެވެ.
ޓީޝަޓާކާއި ސޯޓް ބުރިއެއް ލައިގެން ބޮލުގައި ތޮއްޕެއް އަޅައިގެން އިމްރާން ހިނގާފައި ދަނިކޮށް ފެންނަ ފޮޓޯއެއް އިންސްޓަގްރާމްގައި ދައުރުވާން ފެށުމުން ގިނަ ބަޔަކު ވަނީ ކިހިނެއްވެފައިތޯ ސުވާލުކޮށްފަ އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިމްރާނަށް އައިސްފައިވާ ބަދަލަކީ އޭނާގެ ކައިވެނި ރޫޅުމުގެ ތުންފަތްމަތީގައި އޮތުމުން ލިބިފައިވާ ހިތްދަތިކަމުގެ ސަބަބުން އައި ބަދަލެކެވެ.
ދެހާސް އެގާރަ ވަނަ އަހަރު އަވަންތިކާ މާލިކާ ކައިވެނިކޮށް މިހާރު 5 އަހަރުގެ އަންހެން ދަރިއަކު ވެސް ހުރި އިމްރާނާއި އަވަންތިކާގެ ކައިވެނީގެ މައްސަލަތަކެއް ޖެހި، އަވަންތިކާ ވަނީ އިމްރާން ގެއިން މިދިޔަ މަހު ނުކުމެ، އޭނާގެ މައިންބަފައިން ގާތަށް ބަދަލުވެފަ އެވެ.
މިކަމާ ބެހޭ ގޮތުން މިހާތަނަށް އިމްރާނާއި އަންހެނުން ވެސް ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެކަމަކު މި ހަފުތާގައި ޝޯއެއް ލޯންޗް ކުރަން މުމްބާއީގައި އޮތް އިވެންޓެއްގެ ތެރެއިން އިމްރާން، 36، ފެނިގެން ބައެއް ނޫސްވެރިން ސުވާލު ކުރުމުން އޭނާ ވަނީ "މިއީ ތިކަހަލަ ސުވާލަކަށް ޖަވާބު ދޭން އެންމެ އެކަށީގެންވާ ތަން ނޫން" ކަމަށް ބުނެފަ އެވެ.
އިމްރާނާއި އަވަންތިކާ.
އާމިރު ހާނަށް ބޮޑުބޭބެ ކިޔާ އިމްރާން ދެހާސް އަށް ވަނަ އަހަރު ފިލްމު "ޖާނޭ ތޫ...ޔާ ޖާނޭ ނާ" ބޮލީވުޑަށް ނުކުތުމަށް ފަހު، އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ 2015 ގައި ރިލީޒް ކުރި ފިލްމު "ކައްޓީ ބައްޓީ" އިންނެވެ.
އޭނާ ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކަކީ ދިއްލީ ބެލީ (2011)، އައި ހޭޓް ލަވް ސްޓޯރީޒް (2010) އަދި އޭކް މޭ އޯރް އޭކް ތޫ (2012) އެވެ.
ފިލްމް ކުޅެން ފެށުމުގެ ކުރިން ވެސް ޑައިރެކްޓަރަކަށް ވާން ބޭނުންވި އިމްރާން މިދިޔަ އަހަރު ވަނީ "މިޝަން މާސް: ކީޕް ވޯކިން އިންޑިއާ" ކިޔާ ކުރު ފިލްމެއް މިދިޔަ އަހަރު ޑައިރެކްޓްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން ބަބުރު ސޮރު
11 June 2019
ހިކުނީމަ މިހާރު ކަން ބޮޑުވާނެ މިހާރު ތިބެނީ ބަސްތާ ކީސާ ވިއްޔާ، ކޮންމެ ސައިކަލެއްގަ ވެސް ބެކު ޕެކެއް އިންނާނެ.
ހަމް
11 June 2019
މިހާރު މާ ރީތި
ވާވާ
11 June 2019
މިހާރު ޔަންގު ވެފަ މާ ހޮޓް. ބޮޑު ހިތާމައެއް ލިބުނަސް ރަނގަޅު އެއް ކަންތައް ވެއްޖެތާ
ކެމެލް
11 June 2019
ސުރުޚީ ފެނިފައި ފުރަތަމައިނުން ހިތައްއެރީ ފާކިސްތާން ބޮޑުވަޒީރު އިމްރާން ޚާން ކަމަށް!
ހުތްއަނބު
11 June 2019
މީ ދެން އަހަރުމެން ދިވެހިންނާ ބެހޭ ކަމެއް ތަ؟
އަބުދޭ
11 June 2019
ނުބެހޭ ކަމެއް ނޭނގޭ ކޮމެންޓް ކުރާ އިރަކު.
ގިތިއަނބު
11 June 2019
މިހާރު އިންޑިއާގެ ހުރިހާ ކަމެއްވެސް އެބަ މުހިއްމުވޭ. އެގޮތުން ކަންނޭނގެ...މިއީކީ އެހާ ހިނގި ތަރިއެއްވެސް ނޫން. އެކަމު މީނާއާ ބެހޭ ޚަބަރުވެސް ޖަހައިފި.
ޞގފދގ
11 June 2019
މިވެސް ދެން ޚަބަރެކޯ
ނާގަބާޑި
10 June 2019
މަހީކުރީ ހޯމް މިނިސްޓަރު ކަމައް
އެދުރުބެގެ ދަރި
11 June 2019
ނާގަބާޑި ބަލަގަ މަވެސް ހީކުރީ އިމްރާން ކަމަށޭ.