23 ޖޫން 2019 - 07:35
އެޗްބީއޯގެ ސިލްސިލާ "ގޭމް އޮފް ތުރޯންސް" ގެ ފީކަޅާ 8 ވަނަ ސީޒަނުން ނިންމާލާފައިވާ އިރު، ފޭނުން ތިބީ ވަރަށް ހިތްހަނުޖެހިފަ އެވެ. އަދި ފަހު ސީޒަނާ ދެކޮޅަށް އެކި ކަހަލަ މަސައްކަތްތައް ވެސް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި 8 ވަނަ ސީޒަން އަލުން ހަދަން ގޮވާލައި، ޕެޓިޝަނެއްގައި ސޮއިކުރުން ވެސް ހިމެނެ އެވެ.
ފަހު ސީޒަނުގެ ފިނި ތަރުހީބާ އެކު "ގޭމް އޮފް ތުރޯންސް" ނިންމައިލަން ޖެހުނަސް، އެޗްބީއޯގެ މަސައްކަތްތަކަކަށް ހުއްޓުމެއް ނެތެވެ. މި ސިލްސިލާ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ގެނެސް ދޭން ނިންމާފައިވާ ޕްރިކްއެލްގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އޭގެ ޝޫޓިން މިދިޔަ ހަފުތާގައި ފެށީ އަޔަލެންޑުންނެވެ. ނަމަވެސް މިހާތަނަށް ޕްރިކްއެލްގެ މަސައްކަތްތަކާ ބެހޭ އެއްވެސް ތަފުސީލެއް ހާމައެއް ނުކުރެ އެވެ.
އެކަމަކު މި ސިލްސިލާގެ މައި ބަތަލާ ނިއޯމީ ވަޓްސް ވަނީ "ގޭމް އޮފް ތުރޯންސް" ގެ ޕްރިކްއެލްއަކީ ފޭނުން މާޔޫސްކޮށްނުލާ ވަރުގެ އެއްޗަކަށް ވާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
GOT JITTERS: Naomi Watts admits she was "intimidated" to join the "Game of Thrones" prequel, but says she has confidence the upcoming series will please fans. #GOT pic.twitter.com/yC8abKewMq
— AP Entertainment (@APEntertainment) June 18, 2019
އެސޯސިއޭޓް ޕްރެސް އަށް ދިން އިންޓަވިއުއެއްގައި 50 އަހަރުގެ ބަތަލާ ބުނީ އޭނާ ހުރީ ސިލްސިލާއާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފައި ކަމަށެވެ.
"އަހަންނަށް ވަރަށް ޔަގީން ބެލުންތެރިންގެ އުންމީދުތަކާ މެޗްވާ ވަރުގެ ސިލްސިލާއަކަށް ޕްރިކްއެލް ވާނެ. ވަރަށް ފުރިހަމަ އަށް ތައްޔާރުވެގެން ވަރަށް ވެސް ރޭވިގެން ފުރިހަމަކޮށް މީގެ މަސައްކަތް ކުރިއަށް ދަނީ،" ދަ ރިންގް އާއި ދި އިމްޕޮސިބަލް ފަދަ ފިލްމުތައް ކުޅުނު ބަތަލާ ބުންޏެވެ.
#GameOfThrones Prequel Casts 8 Rising Stars https://t.co/leXclFpBaR pic.twitter.com/u4JEeNtzse
— Hollywood Reporter (@THR) January 8, 2019
ނިއޯމީ ބުނީ "ގޭމް އޮފް ތުރޯންސް" ގެ ޕްރިކްއެލްގެ ވާހަކަ އަތުރާލާފައި އޮތް ގޮތުން އެ ކިޔާފައި އޭނާގެ ގައިން ވެސް ހީބިހި ނެގި ކަމަށެވެ. އެހެންވެ ވަރަށް ވެސް ފުރިހަމަ އެއްޗަކަށް ޕްރިކްއެލްވާނެކަމާ ދޭތެރޭ އަމިއްލަ އަށް ވެސް ޝައްކު ނުކުރާ ކަމަށް ބުންޏެވެ.
"އަހަރެން ބުނަން އޮތް ވާހަކައަކީ ގޭމް އޮފް ތުރޯންސްގެ ފޭނުން މިއަށް އިންތިޒާރު ކުރާށޭ. ހަމަ ވަރަށް ޔަގީން މިއީ ކަމުދާނެ އެއްޗެއް،" ނިއޯމީ ބުންޏެވެ. "ވަރަށް ވެސް ޝައުގުން ފުރިގެންވާ ގިނަ ހާދިސާތަކެއް، ތަފާތު އެކި ވައްތަރުގެ ކެރެކްޓާތަކާ އެކު މީތި އަންނާނީ. މިއީ ވަރަށް ވަރުގަދަ ޓީމެއްގެ މަސައްކަތެއް."
ބެލުންތެރިންނަށް ގެނެސް ދޭން ފަށާނެ އިރެއް އަދި އިއުލާން ނުކުރާ "ގޭމް އޮފް ތުރޯންސް" ހެ ޕްރިކްއެލްގެ ކާސްޓުންގެ ތެރޭގައި ޖޯޝް ވައިޓްހައުސް، ޑެނިސް ގޯ، ނައޯމީ އޭކީ، ޖެމީ ކޭމްޕްބެލް ބޯއާ، ޝީލާ އެޓިމް، އިވާނޯ ޖެރެމިއާ، ޖީޖޯ ހެންލީ، އެލެކްސް ޝާޕް، ޓޯބީ ރެގްބޯ އަދި މިރަންޑާ ރިޗަޑްސަން ހިމެނެ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޕްރިކްއެލް ދައްކަން ފަށާނީ 2021 ގަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް