"އިޝްގް އާޖް ކަލް" ގެ ލީޑް ތަރިން.
24 ޖޫން 2019 - 07:38
އިންޑިއާގައި މިހާރު އެންމެ ބޮޑަށް ވައިގައި ހިފައިގެން އުޅޭ އެއް ކަމަކީ ކާމިޔާބު ސިލްސިލާތަކުގެ ވާހަކަތަކުން ކުރި ފަޅުވައިގެން އިތުރު ސިލްސިލާތަކެއް ގެނެސް ދިނުމެވެ. އެގޮތުން ދިވެހިންގެ ތެރޭގައި ވެސް އެންމެ މަގުބޫލު ހުރިހާ ޗެނެލްތަކެއްގައި ކަހަލަ ގޮތަކަށް މިފަދަ ސިލްސިލާތައް މިހާރު އެބަ ހުއްޓެވެ.
އޭގެ ތެރޭގައި ސްޓާ ޕްލަސްގެ "ކަސޯޓީ" އާއި ހަމަ އެ ޗެނެލްގެ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގެ ސްޕިން-އޮފް "ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ" އާއި ޒީޓީވީގެ "ކުމްކުމް ބަގިޔާ" ގެ ސްޕިން-އޮފް "ކުންދަލީ ބަގިޔާ" އާއި ކަލާޒްގެ ކުރީގެ ސިލްސިލާ "ކަސަމް ތޭރޭ ޕިޔާރު ކޭ" ގެ ސްޕިން-އޮފް "ބޭޕަނާ ޕިޔާރު" ފާހަގަކޮށްލެވެ އެވެ.
ޒީޓީވީން މިހާރު އަންނަނީ އަނެއްކާ ވެސް ހަމަ މި ކަހަލަ ސިލްސިލާއެއް ގެނެސް ދޭން ތައްޔާރުވަމުންނެވެ. އެކަމަކު މި ސިލްސިލާ މި ފަހަރު ޓީވީ ގެނެސް ދިނުމުގެ ބަދަލުގައި ގެނެސް ދޭނީ ޒީގެ ޑިޖިޓަލް ޕްލެޓްފޯމް ޒީ5 އިންނެވެ.
އަންނަ މަހު ދައްކަން ފަށާ ސިލްސިލާ އަކީ ޒީޓީވީން ގެނެސްދޭ "އިޝްގް ސުބުހާނަﷲ" ގެ ސްޕިން-އޮފް "އިޝްގް އާޖް ކަލް" އެވެ. ސިއްރުތަކުން ފުރިގެންވާ ތިނެސްކަން ލޯބީގެ ވާހަކައެއް ކިޔައިދޭ މި ސީރީޒްގެ ތަރިންނަކީ އަންގަދު ހަސީޖާ އާއި އަންކިތާ ޝަރުމާގެ އިތުރުން ޕަރަސް ކަލްނަވަތެވެ.
މި ތަރިން ވަނީ އޭގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތައް ވެސް އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.
އެކަމަކު "އިޝްގް އާޖް ކަލް" ސްޓްރީމް ކުރަން ފަށާނެ ރަސްމީ ތާރީހަކާއި މީގެ ޓްރެއިލާ އަދި ދައްކައެއް ނުލަ އެވެ.
"އިޝްގް ސުބުހާނަﷲ" އަކީ ޒީޓީވީން މިދިޔަ އަހަރުގެ މާޗް 14 އިން ފެށިގެން ދައްކަމުން އަންނަ ސިލްސިލާއެކެވެ. މީގެ ލީޑް ތަރިންނަކީ އަދުނާން ހާނާއި އެއިޝާ ސިންގެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެރިބޯ
24 June 2019
މި މީހުން މިކަހަލަ ބޭކާރު އެއްޗިއްސަށް ނަން ދެނީވެސް ﷲގެ މަތިވެރި އިސްމުފުޅު ލައިގެން ދޯ؟ ހީވަނީ މަލާމާތެއް ކުރާހެން!!!