29 ޖުލައި 2019 - 07:35
ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ލިއޮނާޑޯ ޑީ ކެޕްރިއޯ އާއި މިހާރުގެ ލޯބިވެރިޔާ/މޮޑެލް ކެމީލާ މޮންރޯގެ އުމުރުގައި 22 އަހަރުގެ ފަރަގެއް އުޅޭތީ އެކަމަށް ފާޑު ކިޔާ މީހުން ގިނަ އެވެ. އެކަމަކު މި ވާހަކަތައް އެހާ ސީރިއަސްކޮށް، ކެމީލާ، 22، ކުރިއަކުން ނުނަގަ އެވެ. އަދި އޭނާ ވަނީ 44 އަހަރުގެ މީހަކާ ލޯބީގެ ގުޅުމެއް ބޭއްވުމަކީ މައްސަލައެއް ނޫން ކަމަށް ދޭހަވާ ގޮތަށް އިންސްޓަގްރާމްގައި ފޮޓޯތަކެއް ވެސް ހިއްސާކޮށްފަ އެވެ.
އެއީ އުމުރުގައި ބޮޑު ތަފާތެއް ހުރި ކުރީގެ ބަތަލާ ލޯރެން ބަކާލް އާއި އެކްޓަރު ހަމްފްރީ ބޮގާޓްގެ ފޮޓޯތަކެވެ. އެ ފޮޓޯތަކުގެ ކެޕްޝަނަށް ކެމީލާ ލިޔެފައި އިނީ "އަ ލަވް ލައިކް ދިސް" އެވެ. ލޯރެން އާއި ހަމްފްރީގެ އުމުރުގައި 32 އަހަރުގެ ފަރަގެއް ހުއްޓެވެ. ލޯރެން 90 އަހަރުގައި މަރުވި އިރު، ހަމްޕްރީގެ އުމުރަކީ 58 އެވެ.
އެ ދެ މީހުންގެ އުމުރުގައި ވެސް ބޮޑު ތަފާތެއް ހުރުމާ އެކު ވެސް ކާމިޔާބު ގުޅުމެއް ދެމެހެއްޓިކަން ހާމަކޮށް ދިނުމަށް ކެމީލާ ޕޯސްޓް ކުރި ފޮޓޯތަކާ ގުޅިގެން ބައެއް މީހުން ވަނީ ވަރަށް ކޮމެންޓްކޮށްފަ އެވެ. އެގޮތުން ބައެއް މީހުން ބުނީ އުމުރުގައި 22 އަހަރުގެ ފަރަގެއް ހުރުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އަދި އެންމެ ރަނގަޅު ގޮތަކީ "ޓައިޓޭނިކް" ގެ ބަތަލު ގާތުން، ކެމީލާ ސަލާމަތްވެ، އުމުރާ ގުޅޭ ލޯބިވެރިއެއް ހޯދުން ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ. ކޮމެންޓް ކުރި ބައެއް މީހުން އަދި ވަނީ ކެމީލާ، ބައްޕަ އުމުރުގެ މީހަކާ ހިތާވެގެން އުޅެނީ އޭނާގެ އަތުން ކޯޗެއް ފެނިގެންތޯ ވެސް ސުވާލުކޮށްފަ އެވެ.
ނަމަވެސް އެހާ ޒާތީ ކަމަކާ ބަޔަކު ބެހުމުން އެކަމާ ހިތްހަނުޖެހިހެން ކެމީލާ އިންސްޓަގްރާމް ސްޓޯރީގައި އާންމު ކުރި ވީޑިއޯއެއްގައި ބުނީ ނުބެހޭ ކަންކަމާ ނުބެހި އުޅުމަކީ ވަރަށް ރީތި ސިފައެއް ކަމަށެވެ.
"އަދި ރުޅިވެރިކަމާއި ނަފުރަތަށް ތަންނުދީ ކުރިއަށް ދިއުމަކީ ވަރަށް ވެސް އުފާވެރި ކަމަކަށް ވާނެ،" އޭނާ ބުންޏެވެ. "ބައެއް މީހުންނަކީ ކަމުގެ ދެކޮޅު ނުބަލައި ހިތަށް އެރިހާ އެއްޗެހި ބުނާ މީހުން. އެއީ ރަނގަޅު ކަމެއް ނޫން."
ލިއޮނާޑޯ އާއި އާޖެންޓީ އަށް އުފަން ކެމީލާ ލޯބީގެ ގޮތުން ގުޅިފައި ވަނީ 2016 ގަ އެވެ. އެކަމަކު ދެ މީހުން އެ ގުޅުމާ ބެހޭ ގޮތުން މިހާތަނަކަށް ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަތީ
30 July 2019
ބަރާބަރު. ލޯބިވާ މީހަކާ އެކީ އުޅެންވީ. މި މިހުންނަނީ މިހާރު އިނދެގެން އުޅޭ އަލީ ދެކެ ފޫހިވެފަ. ދެމީހުން އެއް އުމުރު. އޭނަ ފެންނަނީ ޅަކޮށް. މަ އޭޖުވަނީ... އެއްއުމުރެއްގެ މީހަކަށްވުރެ އަންހެނަކަށް ރަނގަޅީވެސް 10 ވަރަކަށް އަަހަރު ތަފާތު މީހަކާ އިނިއްޔާ. މަދެން އިނިއްޔާ އިންނާނީ މާ ދުވަސްވީ މީހަކާ. މަށަށް ވާނީވެސް އެވަރު ދެން އެހެން ނޫނަސް އެމީހަކު ހިތާވާ މީހަކާ އެކީ އުޅެފާނެއެއްނޫންތަ. މީހުންނަށް ކޮންކަމެއް. އަސލު ފިރިހެންވެރިން ޖޭވަނީހެން ހީވަނީ.
ދޭވް އާނަންދް
29 July 2019
އަދި އެއްފަހަރު ރިސާޗް ކޮށްލާ. ލޯރެން އަށް ވުރެ މާކުރިން ހަމްޕްރީ ވަނީ މަރުވެފައި. ހަމްޕްރީ މަރުވި އިރު 58 އަހަރު. އޭނަ މަރުވިތާ 32 އަހަރު ފަހުން ލޯރެން މަރުވީ އުމުރުން 90 އަހަރުގައި. ހަމްޕްރީ އުފަން ވީ 1899 ގައި. ލޯރެން އުފަން ވީ 1924 ގައި. އުމުރުގެ ތަފާތަކީ 25 އަހަރު.
ނިއުމާާ
30 July 2019
އަދިވެސް ހަމަ ނުޖެހޭ. އުމުރުގެ ތަފާތު 25ކަމަށް ވަންޏާ ހަމްޕްރީ 58އަހަރުގައި މަރުވިއިރު ލޯރެންއަށް ވާނީ 33އަހަރު. އޭގެ 32އަހަރު ފަހުން ލޯރެން މަރުވާއިރު 90އަހަރުވާނީ ކިހިނެއްތޯ؟ ކޮންމެވެސް ގޯހެއް އެބައުޅޭ
ނިއުމާާ
29 July 2019
"ލޯރެން 90 އަހަރުގައި މަރުވި އިރު، ހަމްޕްރީގެ އުމުރަކީ 58 އެވެ." އެކަމަކު ފޮޓޯއިން ފެންނަ ފެނުމަށް މުސްކުޅީ ހަމްޕްރީ. ކިހިނެއް ވާ ކަމެއްބާ؟
މަރިއްޔާ
29 July 2019
ޓްވިޓަރގަ އުޅޭ ކުދިންކޮޅުވެސް ފަޔަށް ހިނިއެރި މި މައްސަލައިގަ. އުޑު ދަށުގަ ނުބެހޭ ކަމެއް ނޯންނާނެ