07 އޯގަސްޓް 2019 - 13:18
ކާމިޔާބު އެތައް ފިލްމެއް އުފައްދާފައިވާ ކުރީގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު ޖޭ އޯމް ޕްރަކާޝް މެހެރާ މިއަދު މަރުވެއްޖެ އެވެ.
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަންގެ މަންމަ ފަރާތު ކާފަ އުމުރުން 93 އަހަރުގައި މަރުވީ މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ. ޕްރަކާޝް މަރުވީ ބަލިވެ އުޅޭތާ ވެސް ގިނަ ދުވަސްތަކެއް ފަހުންނެވެ. އޭނާގެ މަރާ ގުޅިގެން ބޮލީވުޑްގެ ވަރަށް ގިނަ ބަޔަކު އަންނަނީ އާއިލާ އަށް ތައުޒިޔާ ވެސް ކިޔަމުންނެވެ.
My dearest uncle “Mr J Om Prakash”passed away about an hour ago 😞 So saddened as he joins his friend, my Mamaji “Mr Mohan Kumar “in heaven ! Their contributions to Indian cinema is a gift they left behind for us ! Took this pic few months ago when went to see him ! Om Shanti ! pic.twitter.com/rRuODYcQ2Z
— Deepak Parashar (@dparasherdp) August 7, 2019
ގިނަ ބަޔަކު ޕްރަކާޝް އެންމެ ބޮޑަށް ފާހަގަކުރަނީ މުޅިން ވެސް އޭ އަކުރުން ފެށޭ ނަންތަކުން ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރެއް އަދި ޕްރޮޑިއުސަރެއްގެ ގޮތުގަ އެވެ.
T 3251 - J OM PRAKASH ji Producer Director of eminence, passed away this morning .. a kind gentle affable being .. my neighbor, Hrithik's grandfather .. sad !! Prayers for his soul .. 🙏
— Amitabh Bachchan (@SrBachchan) August 7, 2019
އޭނާ ޑައިރެކްޓްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި އާޕްކީ ކަސަމް (1974)، އާޝިގް ހޫ ބަހާރޯން ކާ (1977)، އާސް ޕާސް (1981) އަދި އާޕް ކޭ ސާތު (1986) ހިމެނެ އެވެ.
ޕްރަކާޝް އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ 2001 ގެ "އަފްސާނާ ދިލްވާލޯން ކާ" އެވެ.
އޭނާ ޕްރޮޑިއުސްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި އާއެ މިލަން ކީ ބޭލާ (1964)، އާޔޭ ދިން ބަހާރު ކޭ (1966)، އާޕް ކީ ކަސަމް (1974)، އާންދީ (1975) އަދި އަޖީބް ދާސްތާ ހެ ޔޭ (1992) ހިމެނެ އެވެ.
ޕްރަކާޝް ވަނީ 1995-1996 އަށް ފިލްމު ފެޑެރޭޝަން އޮފް އިންޑިއާ (އެފްއެފްއައި) ގެ ރައީސްކަން ވެސް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy