މަދަވަން އަދި ޝާހްރުކް.
10 އޯގަސްޓް 2019 - 11:16
ކަންގަނާ ރަނާވަތު ވަރަށް ވެސް ވަރުގަދަ އެކްޝަން ރޯލަކުން ފެނިފެންދާ ފިލްމު "ދާކަޅް" ގެ ޓީޒާއެއް ދައްކާލައިފި އެވެ.
ފިލްމުގެ ޝޫޓިން ވެސް އަދި ރަސްމީކޮށް ނުފަށާ ފިލްމުގެ ޓީޒާ ދައްކައިލި އިރު، މި ފިލްމުވެގެން ދާނީ މީގެ ކުރިން ކަންގަނާ ނުފެންނަ ކަހަލަ ތަފާތު ރޯލަކުންކަން ޓީޒާ އިން ހާމަކޮށްދެ އެވެ. "ދާކަޅް" ގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.
މި ފިލްމަކީ ރަޒްނީޝް (ރާޒީ) ގާއީ ޑައިރެކްޓް ކުރާ އެކްޝަން ތުރިލާއެކެވެ. ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމަކޮށްފައި ނުވާ އިރު، "ދާކަޅް" ގެ ރޯލަކުން ތައްބޫ ވެސް ފެނިގެން ދާނެ އެވެ.
Kangana Ranaut... Here's the teaser of #Dhaakad... Directed by Razneesh ‘Razy’ Ghai... Produced by Sohel Maklai... #Diwali 2020 release. #DhaakadTeaser: https://t.co/Lg8eIL7DHj
— taran adarsh (@taran_adarsh) August 9, 2019
ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ދިވާލީ ނުވަތަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
މިދިޔަ މަހު ރިލީޒް ކުރި "ޖަޖްމެންޓަލް ހޭ ކިޔާ" އަށް ފަހު، ކަންގަނާ މިހާރު ތައްޔާރުވަމުން އަންނަނީ ޓަމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ބައޮޕިކް "ތަލައިވީ" ގެ ޝޫޓިން އޮކްޓޯބަރު މަހުގައި ފަށާށެވެ. ދެން އެންމެ އަވަހަށް ސްކްރީނަށް އަންނާނެ ކަންގަނާގެ ފިލްމަކީ އަންނަ އަހަރުގެ ޖެނުއަރީ 24 ގައި ރިލީޒް ކުރާ "ޕަންގާ"' އިންނެވެ.
ވަރުން ދަވަން އާއި ސާރާ އަލީ ހާން ލީޑް ރޯލް ކުޅޭ ފިލްމު "ކޫލީ ނަމްބަރު 1" ގެ ޝޫޓިން ބެންކޮކްގައި ފަށައިފި އެވެ.
ކުރިން ވެސް ރޭވި ގޮތަށް ފިލްމުގެ ޝޫޓިން ފެށީ މި މަހުގެ 5 ވަނަ ދުވަހު އެވެ. މި ފިލްމަކީ ވަރުންގެ ބައްޕަ ޑޭވިޑް ދަވަން 1995 ގައި ގޯވިންދާ އާއި ކަރިޝްމާ ކަޕޫރާ އެކު ހަމަ އެ ނަމުގައި ގެނެސް ދިން ކާމިޔާބު ފިލްމު އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. އަދި "ކޫލީ ނަމްބަރު 1" ވެގެން ދާނީ ސާރާ އާއި ވަރުންގެ ޖޯޑު އެކީގައި ސްކްރީނަށް އަންނަ ފުރަތަމަ ފިލްމަށެވެ.
މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ މެއި 1 ގަ އެވެ.
ޓީ ސީރީޒްގެ ބާނީ ގުލްޝަން ކުމާރުގެ ހަގު އަންހެން ދަރިފުޅު ކުޝާލީ ކުމާރު ބޮލީވުޑަށް ތައާރަފު ކުރާ ފިލްމު "ދަހީ ޗީނީ" ގައި އޭނާ ކުޅޭނީ ވަކީލެއްގެ ރޯލްކަން ކަށަވަރުކޮށް ދީފި އެވެ.
.@KhushaliKumar seen at high court, thinking it’s a court case? But No, in fact she is prepping for her upcoming film #DahiCheeni starring @ActorMadhavan in which she plays a lawyer!
— TSeries (@TSeries) August 8, 2019
Directed by @GoodGunAshwin!#SudeshKumari #KrishanKumar @ItsBhushanKumar pic.twitter.com/OH3QqS7f0R
ފިލްމުގެ ތައްޔާރީތަކުގެ ތެރެއިން ކުޝާލީ މުމްބާއީގެ ހައި ކޯޓްގައި ވަކާލާތު ކުރާ ވަކީލުންތަކާ އެކު ނަގާފައިވާ ފޮޓޯތަކެއް ވެސް ޓީ ސީރީޒުން ޓްވިޓާގައި ހިއްސާކޮށްފައިވެ އެވެ.
އާރް މަދަވަން ބަތަލުގެ ރޯލް ކުޅޭ "ދަހީ ޗީނީ" އަކީ އަލަށް ޑައިރެކްޝަނަށް ނުކުންނަ އަޝްވިން ނީލް މަނީ ޑައިރެކްޓް ކުރާ ފިލްމެކެވެ. އޭނާ ވަނީ ކުރިން މަޝްހޫރު ޑައިރެކްޓަރު މަނީ ރަތުނަމްއާ އެކު އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.
"ދަހީ ޗީނީ" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ބޮލީވުޑްގެ ފިލްމުތައް ވެސް ކުޅޭ ސައުތުގެ މަޝްހޫރު އެކްޓަރު އާރް މަދަވަން ޑައިރެކްޓްކޮށް، ލީޑް ރޯލް ކުޅޭ ފިލްމު "ރޮކެޓްރީ: ދި ނަމްބީ އިފެކްޓް" ގައި ޝާހްރުކް ހާންގެ ހާއްސަ ފެނިލުމެއް ހިމެނޭކަން ކަށަވަރުކޮށް ދީފި އެވެ.
🚀 #Rocketry The Nambi Effect teaser is here | @ActorMadhavan bro, this is magneficient 👌👍. I'm so happy to be given an opportunity to score music for such a prestigious project.
— 𝐒𝐀𝐌 𝐂 𝐒 (@SamCSmusic) October 31, 2018
Watch and share dear friends ▶️ https://t.co/JsPnESJ7gS#NambiNarayanan
ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާން ނުކުރާ މި ތަމަޅް ފިލްމުގެ ހިންދީ ވާޝަނުން ޝާހްރުކްގެ ފެނިގެން ދާނީ ކޮން ކަހަލަ ގޮތަކަށް ކަމެއް އަދި ނޭނގެ އެވެ. އެކަމަކު އޭނާގެ ފެނިލުން ވަރަށް ވެސް ހާއްސަ ވާނެ ކަމަށް މީޑިއާތަކުން ބުންޏެވެ.
މަދަވަން ވެސް ވަނީ މިދިޔަ އަހަރު ރިލީޒް ކުރި ޝާހްރުކްގެ ފިލްމު "ޒީރޯ" ގައި ހާއްސަ ފެނިލުމެއް ކުޅެފަ އެވެ.
"ރޮކެޓްރީ: ދި ނަމްބީ އިފެކްޓް" އަޚީ އިންޑިއާގެ ޖައްވީ އިދާރާގެ ކުރީގެ ސައިންޓިސްޓް އަދި އެއޮރޮސްޕޭސް އިންޖިނިއަރު ނަމްބީ ނާރަޔަނަންގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ. ފިލްމުން ނަމްބީގެ ރޯލުން ފެންނާނީ މަދަވަން އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy