20 އޯގަސްޓް 2019 - 08:14
ހޮލީވުޑްގެ މަޝްހޫރު ބަތަލާ ނިކޯލް ކިޑްމަން އާއި ލަވަކިޔުންތެރިޔާ ކީތު އާބަން އަށް ތިން ވަނަ ދަރިއަކު ލިބެން އުޅޭ ކަމަށް މީޑިއާތަކުން ބުނެފި އެވެ.
އޮސްކާ އެވޯޑް ވެސް ހާސިލުކޮށްފައިވާ 52 އަހަރުގެ ބަތަލާ ބަލިވެއިން ވާހަކަ ދެކެވެން ފެށީ އޭނާ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަކާ ގުޅިގެންނެވެ. އޭގައި ނިކޯލް ފެންނަނީ އިމާރާތެއްގެ ބެލްކަނީގައި، ބަނޑުގައި ހިފަހައްޓާލައިގެން ކޮޅަށް ހުއްޓަ އެވެ. މި ޕޯސްޓް ގިނަ މީޑިއާތަކާއި ފޭނުން ވެސް މާނަކުރީ އޭނާ އިނީ ބަލިވެ ކަމަށެވެ.
ނަމަވެސް އެކަމާ ބެހޭ ގޮތުން ނިކޯލް އާއި ކީތު ވެސް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ދެހާސް ހައެއްގައި ކައިވެނިކުރި މި ދެ ތަރިންގެ މިހާރު ވެސް ދެ އަންހެން ކުދިން އެބަ ތިއްބެވެ. އެއީ ސަންޑޭ ރޯޒް ކިޑްމަން އާބަން، 11، އާއި ފެއިތު މާގްރެޓް ކިޑްމަން، 8، އެވެ.
ކުރިން އެކްޓަރު ޓޮމް ކްރޫޒާ ވެސް ކައިވެނި ކުރި ނިކޯލްގެ އެޑޮޕްޓްކޮށްފައިވާ ދެ ކުދިން ވެސް ތިބެ އެވެ. އެއީ އީޒަބެލް ޖޭން ކްރޫޒް، 28، އާއި ކޮނާ ކްރޫޒް، 24، އެވެ. ކްރޫޒާއި ކިޑްމަން 1990 ގައި ކުރި ކައިވެނި ރޫޅުނީ 2001 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައިސެލްފް
20 August 2019
50 އަހަރުން މަތީގެ އަންހެނުންނަކަށް ގައިމު ދަރިންނެއް ނުލިބެއޯ
ތުނިޔަ
20 August 2019
ނޫން...އެކަމަކު އެއީ ރައްކާތެރި ކަމެއްނޫންކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވަނީ..
މައިސެލްފް
20 August 2019
އެހެންދޯ ވަނީ. މަށަކަށް ނޭނގެ ކުރިއަކު އެކަމެއް. އެކަމު ތެންކްސް ފޯ ޓެލިންގް