ރޮކް އާއި ލޯރެން.
21 އޯގަސްޓް 2019 - 09:01
ކުރީގެ ރެސްލިން ތަރި އަދި މިހާރު ހޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ ޑްވޭން (ރޮކް) ޖޯންސަން ލޯބިވެރިޔާ ލޯރެން ހާޝިއެންއާ ކައިވެނިކޮށްފި އެވެ.
ހަވާއީގައި ކައިވެނި ކުރި ވާހަކަ ރޮކް ވަނީ އިންސްޓަގްރާމްގައި ފޮޓޯތަކަކާ ވެސް ހިއްސާކޮށްފަ އެވެ. އޭނާ އާއި ލޯބިވެރިޔާ ކައިވެނި ކުރި އިރު ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު 12 އަހަރުވެއްޖެ އެވެ. ރޮކް، 47، އާއި ލޯރެން، 34، އެންމެ ފުރަތަމަ ދިމާވީ 2006 ގަ އެވެ.
ރޮކް ކުރިން ވެސް ކައިވެންޏެއްކޮށްފައިވެ އެވެ. ޕްރޮޑިއުސަރު ޑެނީ ގާޝިއާއާ 1997 ގައި ކުރި އެ ކައިވެނި ވަނީ 2008 ގައި ރޫޅިފަ އެވެ.
ހޮލީވުޑުން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކްޓަރުންގެ ތެރޭގައި ހިމެނޭ ރޮކް އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ މިދިޔަ މަހު ރިލީޒްކުރި "ފާސްޓް އެންޑް ފިއުރިއަސް" ގެ ސްޕިން-އޮފް "ހޮބްސް އެންޑް ޝޯ" އިންނެވެ.
އޭނާގެ ކުރިއަށް އޮތް ފިލްމަކީ ޑިސެމްބަރު 13 ގައި ރިލީޒްކުރާ "ޖުމާންޖީ: ދަ ނެކްސްޓް ލެވެލް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެޑް
21 August 2019
ޕޭޕަރ އާއި ސިޒާރސް ޕުރެޝަރަށް އަރައިފި.
ޑީޑީފީ
21 August 2019
ދެކުދިނގެވެސް ދަތްތަށް ވަރަށް ރީތި
ކިއްލިބާޝާ
21 August 2019
ރޮކަށް މަރުހަބާ.
ސްޓޯން
21 August 2019
ރޮކު ވެސް އިންނާދޯ ބަލާ އިނދެލި މަންޖެ ހީވަނީ ވައިލްޑް ބުޅަލެއްހެން
ރޮކް ވައިފު
21 August 2019
ޖޭ ވީތާ!!!!!!!!!!