09 ސެޕްޓެމްބަރ 2019 - 08:01
ބޮލީވުޑްގެ ފިލްމުތަކަށް ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ 20 ވަނަ އިންޓަނޭޝަނަލް އިންޑިއަން ފިލްމު އެވޯޑްސް (އައިފާ) މި މަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.
މި ފަހަރުގެ އެވޯޑް ހަފުލާ އައިފާގެ ތާރީހުގައި ހާއްސަ އެވެ. ސަބަބަކީ މި އަހަރު މުޅިން އަލަށް އިންޑިއާގައި އައިފާ އެވޯޑް ހަފުލާ ބޭއްވުމެވެ. މީގެ ކުރިން މި ހަފުލާ މުޅިން ވެސް ބާއްވަމުން އައީ ދުނިޔޭގެ އެކި ގައުމުތަކުގަ އެވެ.
އައިފާ އެވޯޑްސް އިންތިޒާމުކުރާ ވިޒްކްރާފްޓް އިންޓަނޭޝަނަލް އިން ބުނިގޮތުގައި އަލަށް އިންޑިއާގައިި އެވޯޑް ހަފުލާ މި އަހަރު ބާއްވާތީ އެވޯޑް ހަފުލާ ވަރަށް ހާއްސަ އަދި އެހާމެ ފޯރިގަދަ އިވެންޓަކަށް ހަދަން މަސައްކަތް ކުރާނެ އެވެ.
The Press Conference for IIFA 2019 was graced by @BeingSalmanKhan, Katrina Kaif & @MadhuriDixit with their illuminating presence. With such an extravagant start, we can't wait to see what the upcoming days have in store for us!#iifa20 #iifahomecoming #nexaexperience pic.twitter.com/pxRSBP0Qyd
— IIFA Awards (@IIFA) September 6, 2019
މި ފަހަރުގެ އެވޯޑް ހަފުލާގައި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅު ޝުއޫރުތައް ފާޅުކޮށް، ޕްލާސްޓިކާ ދެކޮޅަށް ކެމްޕޭން ކުރަން ވަނީ ހަމަޖެހިފަ އެވެ. މިއީ އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކާ ދެކޮޅަށް އިންޑިއާ ސަރުކާރުން އަންނަ މަހުގެ 2 ގައި ފަށާ ކެމްޕޭނަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރާ ކަމެކެވެ.
މި އަހަރުގެ އެވޯޑް ހަފުލާ މިހާރު ވަނީ ރަސްމީކޮށް ލޯންޗް ވެސް ކޮށްފަ އެވެ. އެގޮތުން އެކަމަށް ހާއްސަކޮށްގެން ހުކުރު ދުވަހު ބޭއްވި ނޫސް ކޮންފަރެންސްގައި ސަލްމާން ޚާނާއި މަދޫރީ ޑިކްސިޓާއި ކެޓްރީނާ ކެއިފް ފަދަ ތަރިން ބައިވެރިވި އެވެ.
މިދިޔަ އަހަރުގެ އައިފާ އެވޯޑް ބޭއްވީ ތައިލެންޑްގެ ބެންކޮކްގަ އެވެ.
ދެހާސް ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އައިފާ އެންމެ ފުރަތަމަ ބޭއްވީ އިނގިރޭސިވިލާތުގެ ލަންޑަނުގަ އެވެ. އޭގެ ފަހުން ސައުތު އެފްރިކާ، މެލޭޝިއާ، ކޮލަމްބޯ، ސްޕެއިން، އެމެރިކާ، ސިންގަޕޫރް، ނެދަލެންޑްސް، ކެނެޑާ، ޔޫއޭއީ އަދި މަކާކޯގައި ބާއްވާފައިވެ އެވެ.
އެގޮތުން ބައެއް ސިޓީތަކުގައި ތަކުރާރުކޮށް ވެސް އެވޯޑް ހަފުލާ ބާއްވާފައިވެ އެވެ.
މި އަހަރުގެ އައިފާ އެވޯޑް ނޮމިނޭޝަންތައް ވަރަށް އަވަހަށް އިއުލާންކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިސް ޔުނިވާސް 94
09 September 2019
ރާއްޖޭގެ ނެތޭ މިކަހަލަ ހަފުލާއެއް ބޭއްވޭކަ މިތަނުން ތަރިއަކު އެއްޗެއް ބެނުންވެގެން ކޮފީ ޝޮޕަށް ގުޅާލިއަސް ރިސޯޓް އޯނަރު ދާން އުޅޭވަރުން.
ދެ ތިކި ޕީ
09 September 2019
ޝުޝްމެން އެހެން ހުއްޓަކަސް ވަރަށް ކްލާސް ވާނެ!
ޢައިފާ
09 September 2019
ރާއްޖޭގައި ނުބޭއްވިގެން އުޅެނީ އެފޯރޑް ނުކުރެވިގެ.