02 ނޮވެމްބަރ 2019 - 06:58
މަޝްހޫރު ސިޓްކޮމް "ފްރެންޑްސް" ގެ ރިބޫޓެއް ފެނިދާނެތޯ އާއި މީގެ ފީޗާ ފިލްމެއް ވެސް ބެލުންތެރިންނާ ހަމައަށް އައިސްދާނެތޯ އަބަދުވެސް ސުވާލުކުރެ އެވެ.
މިދފިޔަ ހަފުތާގައި ބަތަލާ ޖެނިފާ އެނިސްޓަން، އެލެން ޑިޖެރެނެސްގެ ޝޯގައި ބައިވެރިވުމުން އޭގެ ތެރެއިން ވެސް އައި ސުވާލަކީ ހަމަމިއެވެ. އެނިސްޓަން ބުނިގޮތުގައި "ފްރެންޑްސް" އާ އެކު އޭގެ ކާސްޓް ރިޔުނިންއަކަށް ނުދިޔަ ނަމަވެސް ކާސްޓުން އަންނަނީ އެހެން މަސައްކަތެއް ބެލުންތެރިންނާ ހަމައަށް ގެނެވޭތޯ މަސައްކަތްކުރަމުންނެވެ.
"އެކަމަކު އެއީ ކޯއްޗެއް ކަމެއް ވެސް އަހަރެމެންނަކަށް އަދި ނޭނގޭ. އަހަރެމެން އެންމެން މި އަންނަނީ ކަމެއް ކުރެވޭތޯ މަސައްކަތްކުރަމުން. އެކަން ކުރިއަށް އެބަދޭ،" އޭނާ ބުންޏެވެ.
"ފްރެންޑްސް" އަށް މި އަހަރަށް 25 އަހަރު ފުރިގެން ދިޔަ އިރު، އެނިސްޓަން ދާދި ފަހުން ވަނީ އޭގެ މައިގަނޑު ކާސްޓުންނާ އެކު ނެގި ސެލްފީއަކާ އެކު އިންސްޓަގްރާމް ވެސް ބޭނުންކުރަން ފަށައިފަ އެވެ.
ދިހަ ސީޒަނަކަށް ޖުމްލަ 236 އެޕިސޯޑް ގެނެސްދިން "ފްރެންޑްސް" ދެއްކީ 1994-2004 އަށެވެ. މީގެ މުހިއްމު ތަރިންނަކީ އެނިސްޓަންގެ އިތުރުން ލީޒާ ކުޑްރޯ، ކޯޓްނީ ކޮކްސް، މެޓް ލެބްލާންޗް، މެތިއު ޕެރީ އަދި ޑޭވިޑް ޝްވިމާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިއެލްޔޫ
02 November 2019
ތޭންކްސް ޖެން