ޕަޕަރާޒީން ދަރިންނަށް ފާރަލިއަސް ރިތިކް ކަންބޮޑެއް ނުވޭ
02 ޑިސެމްބަރ 2019 - 07:22
ބޮލީވުޑްގެ މަޝްހޫރު މޫނުތަކެކޭ އެއްފަދައިން އެ މީހުންގެ ދަރިންނަކީ ވެސް ޕަޕަރާޒީން ސަމާލުކަން ވަރަށް ބޮޑަށް ލިބޭ ކުދިންނެވެ. ސައިފް އަލީ ހާންގެ ދަރިފުޅު ތައިމޫރް އަލީ އާއި ޝާހްރުކްގެ އަބްރަހަމްގެ އިތުރުން އަޖޭ ދޭވްގަންގެ ދަރިފުޅު ނިސާ ވެސް އެތަކެއް ފަހަރު ޕަޕަރާޒީންގެ އަމާޒަކަށްވެފައިވެ އެވެ.
ދާދި ފަހުން ނޫހަކަށް ދިން އިންޓަވިއުއެއްގައި ރިތިކް ރޯޝަން ބުނީ ނޫސްވެރިންނާއި ފޮޓޯ ނަގާ މީހުންނާ ބެހޭ ގޮތުން އޭނަ ދަރިންނާ ވާހަކަދައްކާފައި ވާނެ ކަމަށެވެ. ރިތިކް އެ ކުދިންނަށް ވިސްނައިދެމުން ބުނެފައިވަނީ އެ މީހުން އެ އަދާކުރަނީ އެމީހުންގެ ވަޒީފާ ކަމަށެވެ. ޕަޕަރީންޒާ ގުޅޭ ގޮތުން ދަރިން ވެސް އެއްވެސް ޝަކުވާއެއް ކޮށްފައި ނުވާކަމަށާއި އެ މީހުންގެ ފަރާތުން މައްސަލައެއް ކުރިމަތިވެފައި ނުވާކަން ރިތިކް ފާހަގަކުރި އެވެ.
ރިތިކް މިހެން ވާހަކަ ދެއްކި ކަމުގައި ވިއަސް ސައިފް މީގެ ދުވަސްކޮޅެއް ކުރިން ވަނީ އެއާ ޕޯޓް ތެރެއިން ފޮޓޯގްރާފަރުންތަކެއް ތައިމޫރްގެ ފޮޓޯ ނަގަން އުޅުމުން ދަރިފުޅު ލޯ އަނދިރިވެދާނެއޭ ބުނެ އެމީހުން މަސައްކަތް ހުއްޓުވާފަ އެވެ.
މީގެ އިތުރުން ސައިފް ދިރިއުޅޭ ގޭގެ ކައިރީގައި ދަރިފުޅަށް ފާރަލައިގެން އެއްވެ ތިބި ބަޔަކާ މެދު ނުރުހުންވެ ސައިފް ވަނީ ވާހަކަދައްކައިފަ އެވެ. މިވާހަކައިގެ ތެރޭގައި ތައިމޫރް އަށް ސްޓޯކް ނުކުރުމަށާއި އެއީ ތަރިއެއް ނޫން ކަމަށާއި އަދި ކުޑަ ކުއްޖެއް ކަމަށް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕަޕާ
03 December 2019
ޕަޕަރާޒީން ފާރެއް ތަޅާލިޔަސް ރިތިކް ކަންބޮޑެއް ނުވޭ
އާލާ
02 December 2019
ރިތިކްގެ ބައްޕައަށް ބޮޑުބޭބެ ކިޔާނީ ރިތިކްއާ ދެބެންގެ ދެދަރި