އަނާޔާ ކާތިކް
02 ޑިސެމްބަރ 2019 - 07:25
ރީނޫ ރަވީ ޗޯޕްރާ ޕްރޮޑިއުސްކޮށް މުދައްސަރް އަޒީޒް ޑައިރެކްޓް ކުރާ ރޮމޭންޓިކް ކޮމެޑީ "ޕަތީ ޕަތުނީ އައުރް ވޯ" ގައި ފުރަތަމަ ފަހަރަށް އެކުގައި މަސައްކަތްކުރާ އަނާޔާ ޕާންޑޭ އާއި ކާތިކް އާރްޔަން ގުޅުވައިގެން ތަފާތު ވާހަކަތައް ފެތުރެމުންދާތާ ކިތަންމެ ދުވަހެކެވެ. އެކަމަކު މިދެތަރިންގެ މެދުގައި އޮތް ގުޅުމަކަށް މިފަދަ ވާހަކަތަކަކުން އެއްވެސް އަސަރެއް ނުފޯރާ ކަމަށްވެ އެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި އަނާޔާ ބުނެފައި ވަނީ ކޮންމެގޮތަކަށް އުޅުނަސް މީހުން ވާހަކަދައްކާނެ ކަމަށެވެ. އެހެންވެ އޭނާ ވެސް އުޅޭނީ އެކަންކަމަށް ނުވިސްނައި އޭނަ ބޭނުންވާ ގޮތަކަށް ކަމަށް ބުންޏެވެ. ކާތިކް އަކީ މަސައްކަތުގެ ބައިވެރިއެއްގެ އިތުރުން ގާތް އެކުވެރިއެއް ކަމުގައި ސިފަކުރަމުން އަނާޔާ ބުނީ މީހުން ކޮންމެ ފަދަ ވާހަކައެއް ފެތުރިއަސް ކާތިކްއާ ދެމެދު އޮންނަ އެކުވެރިކަމަށް ނިމުމެއް ނުގެންނާނެ ކަމަށާއި އެކުގައި ވަގުތު ހޭދަކުރުން ނުހުއްޓާނެ ކަމަށެވެ.
އަނާޔާ ކާތިކް ސިފަކުރަނީ ވަރަށް ތެދުވެރި މީހެއްގެ ގޮތުގަ އެވެ. ކުރިއަރައިގެން ދިއުމުން ތިމާގެ އަސްލު ހަނދާން ނެތުމަކީ ގިނަބަޔަކަށް ވާ ކަމެއް ކަމަކަށް ވިޔަސް ކާތިކް ތަފާތު ކަމަށް ބުންޏެވެ. އެއާޚިލާފަށް ކާތިކް އޭނަގެ އަސްލާ މެދު ފަޚުރުވެރިވާ ކަމަށް އަނާޔާ ބުންޏެވެ.
ޕަތީ ޕަތުނީ އައުރް ވޯގައި އަނާޔާ އާއި ކާތިކްގެ އިތުރުން ދެން ފެންނާނީ ބޫމީ ޕެޑްނޭކަރެވެ. މިއީ 1978 ވަނަ އަހަރު ހަމަ މި ނަމުގައި އުފައްދާފައިވާ ފިލްމެއްގެ ރިމޭކްއެކެވެ. ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މި މަހު 6 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަހަހާ
02 December 2019
ޢަނަންޔާ ޕާންޑޭ ކިޔަނީ އަނާޔާ އެއް ނޫން