"ގްރެވިޓީ" އިން މާލޭގައި ދިން ޝޯއެއްގައި ޕާފޯމް ކުރަނީ.
11 ޑިސެމްބަރ 2019 - 17:14
ދިވެހި މިއުޒިކްގެ ފޯރިގަދަކޮށް، ފަންނާނުންނަށް އިތުރު ފުރުސަތުތަކާއި ޕާފޯމްކުރުމަށް ރަނގަޅު ޕްލެޓްފޯމެއް ހޯދައިދިނުމަށް ބައިސްކޯފުން ބާއްވާ މިއުޒިކް ޝޯ "ޗަނާޗާ" އަންނަ ހުކުރު ދުވަހުގެ ރޭ އޮލިމްޕަހުގައި އޮންނާނެ އެވެ.
ޝޯގެ ޓިކެޓް މިހާރު ވަނީ ވިއްކަން ފަށައިފަ އެވެ. ޓިކެޓެއްގެ އަގަކީ 100ރ. އެވެ. މާލެ އާއި ހުޅުމާލޭގެ އެކި ތަންތަނުން ޓިކެޓް ގަންނަން ލިބޭނެ އެވެ.
މި ޝޯގައި މިފަހަރު ޕާފޯމްކުރާ ބޭންޑުތަކުގެ ތެރޭގައި ޑިޖޭ-ބީއާއެކު ގްރެވީޓީ، ޝިއުޒް، ދުންފިނި އަދި ބަބުރު ސީނު ހިމެނެ އެވެ. މި ޝޯގައި ހުރިހާ ވައްތަރެއްގެ މިއުޒިކަށް ވެސް ފުރުސަތު ދޭން ބައިސްކޯފުން ވަނީ ނިންމައިފަ އެވެ. އެގޮތުން މިފަހަރު ޑީޖޭ މިއުޒިކް އިތުރުކުރާނެ ކަމަށް ބުންޏެވެ. މިފަހަރު ޝޯ ފަށަނީ ވެސް ޑީޖޭ-ބީ ގެ ޕާފޯމަންސަކުންނެވެ.
- ޖޭޒް ކެފޭ
- ބްރައިން ކެފޭ
- މެރާކީ ކޮފީ ރޯސްޓާސް
- ރޮކް ޗެމްބާ، ހުޅުމާލެ
- ކޮމްފުޑް
- ދި އެލް ފްރެސްކޯ
- އައިލެންޑް ބީޗް ހައުސް
- ޕިއްޒާ ބޯނާ
- ކަވަރްނާ، ހުޅުމާލެ
މި ޝޯ އިން ލިބޭ ފައިސާ އިން ފަންނާނުންނަށާއި އެހީތެރިކަމަށް ބޭނުންވެފައި ފަރާތަކަށް އެހީތެރިކަން ވެސް ފޯރުކޮށްދޭނެ އެވެ. މިފަހަރު ޓިކެޓް ވިއްކައިގެން ލިބޭ ފައިސާ އިން ވަކި ޕަސެންޓެއް ޓައިނީ ހާޓްސް އަށް ހަދިޔާކުރަން ވަނީ ނިންމައިފަ އެވެ.
"ބައިސްކޯފް ޕްރެޒެންޓްސް ޗަނާޗާ 2019" ގެ މެއިން ސްޕޮންސަރަކީ ޒައިބް ސުޕާރީ އެވެ. ކޯ-ސްޕޮންސަރަކީ ޕިއްޒާ ބޯނާ އެވެ. ބެވަރޭޖް ޕާޓްނަރަކީ ކޯކެވެ. އެސޯސިއޭޓް ޕާޓްނާ އަކީ ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އެވެ. ސައުތު ކެޓަރިން އަކީ ވެސް ޕާޓްނަރެކެވެ. މީޑިއާ ޕާޓްނަރަކީ "ދޯ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮލްލް
12 December 2019
ތި ތަނަށް ދާނެ މީހަކު ވާނެބާ. ތިޔޮއް ކިޔާ ނަމަކުން ވެސް ފޫހި
ޢަހުމަދު އ
13 December 2019
އާއެކޭ
ސޯލް
16 December 2019
ސޯލްޑް އައުޓް