27 ޑިސެމްބަރ 2019 - 16:38
ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ޖޫހީ ޗާވްލާ އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އުމުރުން 52 އަހަރުގެ ބަތަލާ ވަނީ ރާއްޖޭގެ ޗުއްޓީގެ ތެރެއިން ނަގާފައިވާ ވީޑިއޯއެއް ޓްވިޓާ އާއި އިންސްޓަގްރާމްގައި ވެސް އާންމު ކޮށްފަ އެވެ. އެ ވީޑީއޯތަކުގެ ކެޕްޝަނާ އެކު ދެ ކުދިންގެ މަންމަ ބުނީ އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ އިރު، މި ދަތުރުގެ ތެރެއިން ކޯމަސް ބަލައިލުން ކަހަލަ ހިތްގައިމު ކަންކަން ތަޖުރިބާ ކޮށްފައިވާ ކަމަށެވެ.
ވިޔަފާވެރިޔާ ޖޭ މެހެތާއާ 1995 ގައި ކުރި ކައިވެންޏަށް "ޑަރު" އާއި "ޔެސް ބޮސް" އާއި "އިޝްގް" އަދި "ގަޔާމަތު ސޭ ގަޔާމަތު ތަކް" ފަދަ ރީތީ އެތައް ފިލްމެއް ކުޅުނު ޖޫހީ އަށް ލިބިފައި ވަނީ ދެ ޖިންސުގެ ދެ ކުދިންނެވެ. އެއީ ޖާންވީ މެހެތާ 18، އާއި އަރުޖުން މެހެތާ 16، އެވެ.
ޖޫހީ، އެންމެ ފަހުން ސްކްރީނުން ފެނުނު ފިލްމަކީ މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި ސޯނަމް ކަޕޫރާއި އަނިލް ކަޕޫރްގެ "އޭކް ލަޅުކީ ކޮ ދޭކާ ތޮ އޭސާ ލަގާ" އިންނެވެ. އޭނާ މިހާރު އަންނަނީ ރިޝީ ކަޕޫރާ އެކު ކުޅޭ "ޝަރުމާޖީ ނަމްކީން" އަށް ތައްޔާ ރުވަމުންނެވެ.
ޖޫހީ މިދިޔަ އަހަރު ވެސް އާ އަހަރާ ދިމާކޮށް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ. އެ ފަހަރު އޭނާ ޗުއްޓީ ހޭދަކުރީ ލަނޑާ ގިރާވަރު ރިސޯޓްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯގަންވިލާ
28 December 2019
ޖުހީ އެންމެ ފހުން ކުޅެފާ ވަނީ 'ސަންއޮފް ސަރުދާރު؛
މަހޭ
28 December 2019
ރީތި! އަދިވެސްރީތި!
އޮނަރަބަޅުއަފީފުދީދީ
28 December 2019
ޖޫހީ ޗާއެވާލާ ރާއްޖެއައުމަކީ އަހުންގެ ރިސޯޓުން އުފާކުރާކަމެކޭ. ސަރވިސްޗާޖްބޮޑުނުވިއަސް އަހުންނައް ޖޫސީ ފެނިއްޖޭ.
ހޫ
28 December 2019
މީ ދޯ މޮޑަރޭޓް މުސްލިމުންނަކީ
ކަނޑުހުރާ
27 December 2019
ފޮނި ދެއްކި ޑޮލްފިންތަކަށް ޝުކުރިއްޔާ.. އިސްތިހާރު ކޮށްދިނުމުގެ މުހިއްމު ރޯލެއް
ރަބަރު
27 December 2019
މަޝްހޫރު މީހުން ރާއްޖެ އައުމަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުވާކަމެއް. އެހެންވެ އުފާކުރަން.