31 ޑިސެމްބަރ 2019 - 07:25
މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) މި ދުވަސްކޮޅު އެންމެ ފަރުވާ ބަހައްޓައިގެން ކުރަނީ ކޮން ކަމެއް ކަން އެނގޭ ހެއްޔެވެ؟ ހަށިގަނޑު ވަރުގަދަކުރަނީ އެވެ.
އޭނާގެ ހަށިގަނޑަށް މިހާތަނަށް އައިސްފައިވާ ބަދަލުތައް، އިންސްޓަގްރާމްގައި ވަނީ އާންމުކޮށްފަ އެވެ. ކޮނޑުމަތި ފުޅާވެ، ބައިސެޕް ވަރުގަދަވެ، ހަށިގަނޑު ޓޯން ވެއްޖެ އެވެ.
ޔޫއްޕެ ވެސް ބުނަނީ ހަށިގަނޑަށް މިހާރު އައިސްފައިވާ ބަދަލު ވަރަށް ތަފާތު ކަމަށެވެ. އެކްސްޓްރީމް ޖިމްގެ އިންސްޓްރަކްޓަރު މުހައްމަދު ނާޒިމް (ސިކުނޑި)ގެ އިރުޝާދުގެ މަތިން ހަށިގަނޑު ވަރުގަދަ ކުރަމުން އަންނަ ޔޫއްޕެގެ އަމާޒަކީ ހަށިގަނޑު ވީހާވެސް ބޮޑުކޮށް "ބަލްކް ކޮށްލުމެ"ވެ.
މި ތަފާތު ގެންނަން އަމާޒު ހިފީ އަންނަ އަހަރު ޔޫއްޕެ ޑައިރެކްޓްކޮށް، އޭނާ ބަތަލެއްގެ ބައި ކުޅޭ އެކްޝަން ފިލްމަކަށެވެ.
"އޭގެ މަސައްކަތް އަންނަ އަހަރުގެ ޖޫންގައި ފަށަން ރާވައިގެން މިއުޅެނީ. އެގޮތުން ފުރަތަމަ ކަމަކަށް އަމާޒު ހިފާފައި މި އޮތީ އަހަރެންގެ ހަށިގަނޑު ވަރުގަދަ ކުރުން. ދުވަސްކޮޅެއް ވެއްޖެ މިކަމުގައި މިހާރު އުޅޭތާ،" އެތައް ފިލްމަކުން ބެލުންތެރިންގެ ލޯބި ހޯދާފައިވާ އެކްޓަރު ބުންޏެވެ.
އޭނާ ބުނީ މިވަރުގެ ބޮޑު ބަދަލެއް ގެނައުމަކީ ހީކުރިހާ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އެކަމަކު ބޭރުގެ ފަންނާނުން ވެސް މިފަދަ ބޮޑެތި ބަދަލުތައް ހަށިގަނޑަށް ގެންނާތީ މިއީ ހިތްވަރެއް ލައިފި ނަމަ ދިވެހި އެކްޓަރުންނަށް ވެސް ނުކުރެވޭނެ ކަމެއް ނޫން ކަމަށް ބުންޏެވެ.
"މީގައި ޑިސިޕްލިން ވަރަށް މުހިއްމު. އިންސްޓްރަކްޓަރެއްގެ އިރުޝާދުގެ ދަށުން އަހަރެން މަސައްކަތް ކުރާއިރު، އަދިވެސް އޭނާ އެންމެ ބޭނުންވާ ވަރަށް އަހަންނަށް މި ކަމުގައި ނޫޅޭވޭ ކަމަށް ގަބޫލުކުރަން،" މި އަހަރު ބޭއްވި ފިލްމު އެވޯޑްސްގައި އެންމެ ބޮޑެތި ކެޓަގަރީތަކުން އެވޯޑް އުފުލައިލި އެކްޓަރު ބުންޏެވެ. "އެކަމަކު އޭނާ ބުނާހާ ގޮތެއް ހެދޭތޯ ވަރަށް ހިތްވަރު އެބަ ކުރަން."
ޔޫއްޕެ ބުނިގޮތުގައި އޭނާގެ މުޅި ދުވަހުގެ ރޫޓިން މިހާރު ރާވާލާފައި އޮތީ ކަސްރަތަށް ވަގުތު ހުސްކޮށްގެންނެވެ. އެގޮތުން، ކޮންމެ ދުވަހަކު ވޯކައުޓް ސެޝަންތައް ނެގުމާއި ވަކި ޑައިޓެއް ނެގުމާއި ގަޑިންގަޑި އަށް ނިދުން ކަހަލަ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދެ އެވެ.
"ކެއުމުގެ އިޝޫ އެންމެ ބޮޑީ. ވާ ގޮތަކީ އަހަންނަކީ ކޮންމެކޮންމެ އެއްޗެއް ކެވޭ ކަހަލަ މީހަކަށް ނުވާތީ އިންސްޓްރަކްޓަރު ދޭ އިރުޝާދާ އެއްގޮތަށް ކެއުން ގެންގުޅެން ދަތިވާ ގޮތް އެބަ ވޭ،" ޔޫއްޕެ ބުންޏެވެ. "އެކަމަކު ވެސް ހިތްވަރު ކުރާނަން."
އޭނާ ބުނީ ދިވެހި އެކްޓަރެއްގެ ހަށިގަނޑަށް ގެންނަ އެފަދަ ބޮޑު ބަދަލުތައް ވެސް ސްކްރީނުން ފެންނަން ޖެހޭނެ ކަމަށެވެ. އެކަން މިހާރު ވެސް ލަސްވެއްޖެ ކަމަށް ބުންޏެވެ.
"ވަރަށް ގިނަ ދުވަސް ވެއްޖެ މިކަން ހިތުލައިގެން އުޅޭތާ. އެހެންވެ އެކަން ވޭތޯ އަހަރެން މިއުޅެނީ،" ޔޫއްޕެ ބުންޏެވެ.
އޭނާގެ ފޮޓޯއަށް ކޮމެންޓްކުރަމުން އެކްޓަރު ޖުމައްޔިލް ނިމާލް (ޖުމަލް) ބުނަނީ މިހެންނެވެ؛ "އެސްއާރްކޭ (ޝާހްރުކް ޚާން) ސަޅި އިނގޭ!" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯމިއޯ
04 January 2020
ފިރިހެނަކަށް ފޮރިހެނަކު މަލާމަތް ކުރާނީ ވަރަށްވެސް ގޮތެއް ފޮތެއްެނެތް ލަދުކުޑަ މީހެއް.
ޖަމްސީދާ
01 January 2020
ހަހަހަ އަތް ބޮޑު ކޮށްލާފަ ދެން ހުރި ބައިތައް އޮތް ގޮތަށް ހުރިހެން ހީވަނީ؛ ކިންގް ކޮންގް ފިލްމު ކުޅެންތަ މި ތައްޔާރު ވަނީ.
ނަޖުދާ
02 January 2020
ޖަމް ޖޭވީދޯ.
ޝާޑު
01 January 2020
ޔޫއްޕެވަރެއް ހަމަ ނެތް. ގާތްކުރެވޭ މީހެއްވެސް ނެތް ދިވެހި ފިލްމީ ދާއިރާގައި.
ޜުން
01 January 2020
45 ވިޔަސް ހަމަ ފިޓް ކޮށް ހުރެމެ ޒުވާން ކަން ޔޫއްޕެ އެ ޕްރޫވް ކޮށްދިނީ
ކިގީ
01 January 2020
ދެން ކަލޯމެނައް މީހަކު ކަމުނުދަންޏާ އެމީހަކު ކިތަންމެ ރަނގަޅު ކަމެއް ކުރިޔަސް ފާހަގަ އެއް ނުކުރެވޭނެ....ޓިޕިކަލް ދިވެހިން.....ޔޫއްޕެ އައް ހަމަ ސާބަސް
ރަދީފްސް ޑޭޑް
01 January 2020
ޔޫއްޕޭ! ޔޫއްޕެ ހަމަ ހަބޭސް. އަތާ ކޮނޑު ބޮޑުކުރާއިރު އުނަގަނޑު ކުޑަކުރާންވެސް ހަދާންކުރާތި. އޭރުން އެއްޗަކަށްވާނީ.
ނަދުޖާ
01 January 2020
އަންނި ވެސް މާ ފިޓު
ކިއްލިބާޝާ
01 January 2020
އަންނި މަހައްދޭބަލަ.
ފިލްމީ1
01 January 2020
ޔޫޕެގެ ވަރުގަދަވީ އޭނާގެ ދެއަތް.ކޮބާ ޗެސްޓް ކޮބާ ބާމަތި ކޮބާ.އާންމުކޮށް މި ރާއްޖޭގައި ޖިމް ހަދާ މީހުންގެ ކިބާގައި ހަރުލާފައި އޮންނަ އާދައެއް އެއީ ދެއަތް ވަރުގަދަ ކުރުން ދެން ހެޔޯ އެހެން ދިމަދިމާލުން ސޮހެފައި ހުއްޓަސް.
ނަޝީ
31 December 2019
ރާއްޖޭގެ ނަންބަރ ވަން އެކްޓަރު. އެހާ މަޑުމައިތިރިވާނެ. ފިލްމީދުނިޔޭގައި އުޅޭ ބައެއް ގޮތަށް ހެދިފައެއް ނުހުންނާނެ. ޑުރެސްވެސްކުރާނީ ވަރަށް ސިންޕަލްކޮށް. ބައެއް ހަފްލާތަކަށް ދާއިރު ހިޔެއްނުވާނެ ހަފްލާއަކަށްދާން ޑުރެސްކޮށްފަހުންނަހެން.
ސުނީތާ
31 December 2019
މަށާ އިންނަންވީނު.