25 ޖެނުއަރީ 2020 - 08:23
ފިލްމެއްގައި އަދި މިހާތަނަށް ފުލުހެއްގެ ރޯލް ކުޅެފައި ނުވާތީ އެކަހަލަ ރޯލެއް ކުޅެން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ރިތިކް ރޯޝަން ބުނެފި އެވެ.
މުމްބާއީ ފުލުހުންގެ ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ބާއްވާ "އުމަންގް" ޝޯގެ މި އަހަރުގެ ޝޯގައި ރިތިކް ބުނީ މުމްބާއީގެ ފުލުހުން ރައްޔިޔުންގެ ހިމާޔަތާއި ރައްކާތެރ ކަމަށް ކުރާ އަގުހުރި މަސައްކަތް އޭނާ ހިތުގެ އަޑިން ބަލައި ގަންނަ ކަމަށެވެ. އަދި ފުލުހުން ކުރާ މިންނެއް މަސައްކަތުގެ ސަބަބުން މުމްބާއީ އަކީ ދުނިޔޭގެ އެންމެ ރައްކާތެރި އެއް ސިޓީ ކަމަށާއި އެތަނުގެ ފުލުހުންގެ ހިމާޔަތުގެ ދަށުގައި އުޅުމަކީ ވަރަށް ބޮޑު ޝަފަރެއް ކަމަށް ބުންޏެވެ.
"އެހެންވެ އަހަރެން ވަރަށް ބޭނުން ފިލްމެއްގައި ފުލުހެއްގެ ރޯލް ކުޅެލައި އެ މީހުންގެ ހިދުމަތްތަކަށް ޓްރިބިއުޓެއް ދޭން. މިހާތަނަށް އެކި ކަހަލަ ރޯލްތައް ކުޅެން ލިބުނު ނަމަވެސް ފުލުހެއްގެ ރޯލް ލިބިފައި ނެތީމަ އަހަރެން އެދެން އެ ކަހަލަ ކެރެކްޓާއެއް ފިލްމު ހަދާ ބަޔަކު އަހަންނަށް ހާއްސަކޮށްގެން ލިޔެދިނުމަށް." ރިތިކް ބުންޏެވެ.
އޭނާ ބުނިގޮތުގައި އެފަދަ ފިލްމަކަށް ކުރެވޭ އުންމީދުތައް ބޮޑެވެ. އަދި ކޮންމެވެސް ދުވަހަކުން ފިލްމެއްގައި ފުލުހުގެއްގެ ރޯލް ކުޅެން ލިބޭނެ ގަބޫލުކުރާ ކަމަށާއި އެ ދުވަހަކުން ވަރަށް އުފާވާނެ ކަމަށް ބުންޏެވެ.
މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމު ކަމަށްވާ "ވޯ" އަށް ފަހު، ރިތިކް ކުޅޭނެ ފިލްމެއް ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެ އެވެ. "ވޯ" ގެ އިތުރުން މިދިޔަ އަހަރު ރިތިކްގެ ވަރަށް ކާމިޔާބު އެހެން ފިލްމެއް ވެސް ސިނަމާތަކަށް އަ އެވެ.
އެއީ އިންޑިއާގެ ހިސާބު އިލްމުވެރިޔާ އާނަންދު ކުމާރުގެ ވާހަކަ ކިޔައިދިން "ސުޕަ 30" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަސްއުޅު
26 January 2020
އެބަ ލިޔަން ވަރަށް ގަދަ ވާހަކަ އެއް ރިތިކް އެފިލްމަށް ނަގާނަން ( ކޮޕް / ފުލުހެއގެ ރޯލަށް އޯކޭ....................
1828
25 January 2020
ސަޅި ވާނެ