މި އަހަރު ބޭއްވި 62 ވަނަ ގްރެމީ އެވޯޑްސްގައި ޒުވާން ލަވަކިޔުންތެރިޔާ ބިލީ އައިލިޝް ފަސް އެވޯޑާ އެކު ވިދާލައިފި އެވެ.
އެމެރިކާ އަށް އުފަން އުމުރުން 18 ގެ ލަވަކިޔުންތެރިޔާ އުފުލައިލި އެވޯޑްތަކުގެ ތެރޭގައި "ބޭޑް ގާއި" އިން ރިކޯޑް އޮފް ދި އިޔާ އާއި އަލަތު އަލްބަމް "ވެން ވީ ފޯލް އެސުލީޕް، ވެއާ ވީ ޑޫ ގޯ" އިން އަލްބަމް އޮފް ދި އިޔާ އާއި ބެސްޓް ނިއު އާޓިސްޓްގެ އެވޯޑާއި "ބޭޑް ގާއި" އިން ސޯންގް އޮފް ދި އިޔާ" އަދި ޕޮޕް ވޯކަލް އަލްބަމް އޮފް ދި އިޔާ" ގެ އެވޯޑް ހިމެނެ އެވެ.
ގްރެމީގައި ބިލީ ހޯދި ހާސިލުކުރި އެވޯޑްތަކާ އެކު އޭނާ ފާހަގަކުރެވެނީ އެންމެ ޒުވާން އަންހެން ފަންނާނުންގެ ތެރއިން މިއުޒިކްގެ އެންމެ ވަރުގަދަ ކެޓަގަރީތަކުން އެވޯޑްތައް ގެންދިޔަ ފުރަތަމަ އަންހެން ފަންނާނުގެ ގޮތުގަ އެވެ.
އެގޮތުން އަލްބަމް އޮފް ދި އިޔާ އާއި ރިކޯޑް އޮފް ދި އިޔާ އާއި ބެސްޓް ނިއު އާޓިސްޓްގެ އިތުރުން ސޯންގް އޮފް ދި އިޔާގެ ގްރެމީއާ އެކު އޭނާ ވަނީ މިއުޒިކް އިންޑަސްޓްރީގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ގްރެމީގެ ތާރީހުން ހާއްސަ ޖާގައެއް ވެސް ހޯދައިފަ އެވެ.
ގްރެމީގެ އިތުރު ވަނަތައް:
* ބެސްޓް ރެޕް އަލްބަމް: އައިގޯ (ޓައިލާ ދަ ކްރިއޭޓާ)\
* ބެސްޓް ކޮމެޑީ އަލްބަމް: ސްޓިކްސް އެންޑް ސްޓޯންސް (ޑޭވް ޝެޕެލް)
* ބެސްޓް ޓްރެޑިޝަނަލް ޕޮޕް ވޯކަލް އަލްބަމް: ލުކް ނައު (އެލްވިސް ކޮޒްޓެލޯ/ދި އިމްޕޯސްޓާޒް)
* ބެސްޓް އާރްއެންޑްބީ އަލްބަމް: ވެންޗޫރާ (އެންޑަސަން .ޕާކް)
* ބެސްޓް ރޮކް އަލްބަމް: ސޯޝަލް ކިއޫޒް (ކޭޖް ދި އިލެފެންޓް)
* ބެސްޓް ކަންޓްރީ އަލްބަމް: ވައިލް އައި އެމް ލިވިން (ޓާނިއާ ޓަކާ)
* ބެސްޓް ރެގޭ އަލްބަމް: ރެޕްޗާ (ކޮފީ)
* ބެސްޓް ފޯލްކް އަލްބަމް: ޕެޓީ ގްރިފިން (ޕެޓީ ގްރިފިން)
* ބެސްޓް ޗިލްޑްރެންސް އަލްބަމް: އޭގްލެސް ސޯންގްސް ފޮ ދަ ޗައިލްޑް އާކިޓައިޕް (ޖޮން ސެމްސަން)
* ބެސްޓް ޑާންސް/އިލެކްޓޯރިނިކް އަލްބަމް: ނޯ ޖިއޯގްރަފީ (ދަ ކެމިކަލް ބްރަދާޒް)
* ބެސްޓް ޑާންސް ރިކޯޑިން: ގޮޓް ޓު ކީޕް އޮން (ކެމިކަލް ބްރަދާޒް)
* ބެސްޓް ކަންޓްރީ ސޯންގް: ބްރިންގް މައި ފްލާވާޒް ނައު (ޓާނިއާ ޓަކާ)
* ބެސްޓް ރެޕް ސޯންގް: އަ ލޮޓް (ޖާމެއީން ކޯލް)
* ބެސްޓް ކޮމްޕައިލޭޝަން-ވިޝުއަލް މީޑިއާ: އަ ސްޓާ އިޒް ބޯން (ބްރެޑްލީ ކޫޕާ/ލޭޑީ ގާގާ)
* ބެސްޓް މިއުޒިކް ވީޑިއޯ: އޯލްޑް ޓައުން ރޯޑް
* ބެސްޓް ސްކޯ-ވިޝުއަލް މީޑިއާ: ޝާނަބިލް (ހިލްދޫރް)
* ބެސްޓް ސޯންގް ރިޓްން-ވިޝުއަލް މީޑިއާ: އައި ވިލް ނެވަ ލަވް އެގެއިން (އަ ސްޓާ އިޒް ބޯން)
* ބެސްޓް ސްޕޯކެން ވޯޑް އަލްބަމް: ބިކަމިން (މިޝެލް އޮބާމާ)
* ބެސްޓް މިއުޒިކް ފިލްމު: ހޯމްކަމިން (ބިޔޯންސޭ)
މި އަހަރުގެ ގްރެމީ އެވޯޑްސް ހަފުލާ ބޭއްވީ އެމެރިކާގެ ލޮސް އެންޖެލިސްގެ ސްޓެޕްލްސް ސެންޓަރުގަ އެވެ. އެވޯޑް ހަފުލާ ހޯސްޓްކުރީ އެލީޝިއާ ކީޒެވެ. މި ހަފުލާގައި ވަނީ އާދީއްތަ ދުވަހު ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި މަރުވި ބާސްކެޓް ލެޖެންޑް ކޯބީ ބްރަޔަންޓްގެ މަރާގުޅިގެން ހަމަހިމޭންކަމުގެ ސުކޫތެއް ވެސް ގެނެސްފަ އެވެ.
ސްޓޭޖްގައި ވަރަށް ގިނަ ފަންނާނުން ފޯރިގަދަ ހުށަހެޅުންތަކެއް ވެސް ދައްކާލި އެވެ.