އަދާ.
04 ފެބުރުއަރީ 2020 - 15:39
"ނާގިން" ފަދަ މަޝްހޫރު ސިލްސިލާތައް ކުޅެފައިވާ އިންޑިއާގެ ޓީވީ ބަތަލާ އަދާ ޚާން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
ކަނޑިންމަ ރިސޯޓްގެ ޗުއްޓީ ދަތުރުގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތައް ވެސް އޭނާ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ. އުމުރުން 30 އަހަރުގެ އަދާ އަކީ ކަލާޒް ޗެނެލުން މި މަހުގެ 22 ގައި ދައްކަން ފަށާ ސްޓަންޓް ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ ސީޒަން 10 ގެ ވެސް ބައިވެރިއެކެވެ.
އޭނާ ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި "ޕާލަމްޕޫރް އެކްސްޕްރެސް"، "ބެހެނޭ"، "ރިޝްތޯން ކާ މޭލާ" އަދި "ވިޝް ޔާ އަމްރިތު: ސިތާރާ" ހިމެނެ އެވެ.
އަދާ އަކީ ބައެއް ކޮމެޑީ ޝޯތަކުން ވެސް ފެނިފައިވާ ބަތަލާއެކެވެ. އޭގެ ތެރޭގައި "ކޮމެޑީ ނައިޓްސް ބަޗާއޯ" އާއި "ކޮމެޑީ ކްލާސެސް" އަދި "ކޮމެޑީ ނައިޓްސް ލައިވް" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy