ނާއިލް ހޯރަންގެ ދެވަނަ އަލްބަމެއް އަންނަ މަހުގެ 13 ގައި

އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު މިއުޒިކް ބޭންޑް ވަން ޑިރެކްޝަންގައި މަސައްކަތްކުރި އަޔަލެންޑަށް އުފަން ލަވަކިޔުންތެރިޔާ ނައިލް ހޯރަން އަންނަ މަހު އާ އަލްބަމެއް ގެނެސްދޭން ނިންމައިފި އެވެ.


އުމުރުން 26 އަހަރުގެ ލަވަކިޔުންތެރިޔާގެ އާ އަލްބަމްގެ ނަމަކީ "ހާޓްބްރޭކް ވެދާ" އެވެ. މި އަލްބަމް އަންނަ މަހުގެ 13 ގައި ނެރޭނެކަން އިއުލާންކޮށް، ނާއިލް ވަނީ އޭގެ ކަވަރު ވެސް ދައްކާލައިފި އެވެ. މީގެ އިތުރުން އަލްބަލްގެ ލަވަތަކުގެ ތެރޭގައި ހިމެނޭ "ނޯ ޖަޖްމަންޓް" ވެސް ވަނީ ވީޑިއޯ ވެސް އާންމުކުރި އެވެ.

ޖުމްލަ 14 ލަވަ ހިމެނޭ "ހާޓްބްރޭކް ވެދާ" ގެ ޓްރެކްލިސްޓުން ކުރިން ވެސް ވަނީ ދެ ލަވައެއް އިއްވާލައިފަ އެވެ. އެއީ "ނައިސް ޓު މީޓް ޔޫ ޔާ" އާއި "ޕުޓް އަ ލިޓްލް ލަވް އޮން މީ" އެވެ.

ކެޕިޓޮލް ރިކޯޑްސްގެ ލޭބަލުގައި ގެނެސްދޭ އަލްބަމް އަންނަ މަހުގެ 13 ގައި ނެރެން ނިންމާފައިވާ އިއުލާންކޮށްފައިވާ އިރު، މީގެ ޕްރި-އޯޑަރަށް ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ނާއިލްގެ އަލަތު އަލްބަމް "ފްލިކާ" ނެރުނީ 2017 ގަ އެވެ.

ދެހާސް ދިހައެއްގައި ވުޖޫދަށް އައި ބޮޑު މަޝްހޫރު ކަމެއް އަދި "ވަން ޑިރެކްޝަން" އިން 2015 ގައި މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މާލިކް ވަލިވުމާ އެކު، ބޭންޑް ވަނީ ފަހުން އެކީއެކަށް ރޫޅިފަ އެވެ.

އޭގެ ފަހުން އޭގެ މެމްބަރުންގެ ގޮތުގައި މަސައްކަތްކުރި ފަންނާނުން މިހާރު މަސައްކަތްކުރަނީ ސޯލޯ އާޓިސްޓުންގެ ގޮތުގަ އެވެ. އޭގެ ތެރޭގައި ޒޭން އާއި ނާއިލް އާއި ލިއަމް ޕޭން އާއި ހެރީ ސްޓައިލްސްގެ އިތުރުން ލުއީ ޓޮމްލިންޒަން ހިމެނެ އެވެ.