މުނިފޫހިފިލުވުން / ބިންމާ އިބްރާހީމް ވަހީދު

ޖިންނިއެއްގެ ޝަކުވާ

22 މާޗް 2020 - 09:05

29 comments

ބުދަ ދުވަހާ ގުޅޭ

އަނިލް ފިޔަވައި އެހެން އެންމެންގެ މޫނުމައްޗަށް ވެރިވެގެންދިޔައީ، އާދަޔާޚިލާފު ބިރުވެރިކަމެކެވެ. ދެން ހަދަންވީ ގޮތެއް ނޭނގިފައި އަނިލްއަށް ބަލަހައްޓައިގެން އެންމެން ތިބީއެވެ. ހަނާ ހެމުންހެމުން އެނދުމައްޗަށް ކޮޅަށް ތެދުވިއެވެ. ދެއަތް މައްޗަށް ނަގައި ހިންދަމައިލިއެވެ. ހަށިގަނޑު ތެރެއަށް ޖިންނިސައިތާނާ ވެރިވެފައި ހުންނައިރު، އެ މަޚްލޫގާ ވީހާ ވެސް ބޮޑަކަށް އިންސާނާ ވައްތަރުކުރަން މަސައްކަތްކުރެއެވެ. ގާތުގައި ތިބޭ މީހުން ބިރުގެންނެވުމާއި ޖިންނީގެ ހައިބަތު ދެއްކުމަށް ޓަކައެވެ. ކުޑަ އެއްޗެއް ނަމަ ކުޑަކުދިން ޖައްސާ ވައްތަރުތައް އިންސާނާ ލައްވާ ޖައްސުވައެވެ. ހަރުފައެއް ނަމަ ހަރުފައެއް ގޮތަށް ދޫ ނެރުވައެވެ. އިރުފީތެއް ނުވަތަ މާރިދެއް ނަމަ އެ ބިޔަކަން އިންސާނާގެ ހަށިގަނޑުން ދެއްކޭތޯ މަސައްކަތްކުރެއެވެ. އެ ފަދަ އެތަކެއް މަންޒަރެއް އަނިލްގެ ލޮލަށް ވަނީ ފެނިފައެވެ. ހަނާ މައިތިރިކުރަން އަނިލް އެއްވެސް ކަމެއް ނުކޮށް އިންދައި، ގައިން ބާރު ދޫވެގެން އެނދުމައްޗަށް ހަނާ ސޮހުނެވެ. އަނިލްގެ އިޝާރާތަށް ރިޒްވާން ލައްވާ ހަނާ ރީތިކޮށް ބާލީސް މަތީގައި ބޭއްވިއެވެ. ފޯނުން އިއްވަމުންދިޔަ ޤުރުއާން ހުއްޓައިލިއެވެ.

"އަޅާލާނެކަމެއް ނެތް،" އަނިލް ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "އިރުކޮޅަކުން ހޭއަރާނެ. މިހާރު އެންމެނަށް ވެސް އެނގިއްޖެއްނު މީ ކޮން ކަހަލަ ކަމެއްކަން."

އިރުކޮޅެއް ވަންދެން އެކަކު ވެސް އެއްޗެއް ނުބުނެއެވެ. ވިސްނަން ތިބީއެވެ.

"ޖިންނިސައިތާނުން ޤުރްއާން ވެސް ކިޔަވާތަ؟" ނަސީމު ސުވާލުކުރިއެވެ.

"ކިތަންމެ ފަހަރަކު އަހަންނަށް އެ މަންޒަރު ފެނިފަ އެބަހުރި،" ތަޖުރިބާގެ އަލީގައި އަނިލް ބުންޏެވެ. "މުސްލިމް ގައުމުތަކުގަ އެހެން ދީނަށް އަޅުކަންކުރާ މީހުންނެއް ނޫޅޭ؟ އަރަބި އެނގެންޏާ އެ މީހުންނަށް ޤުރްއާން ކިޔަވާކަށް ނޭނގޭނެ؟ އެނގޭނެ! މީހަކަށް ކެހިދޭން ނޫނީ ވާވައްދަން ޤުރްއާން ކިޔަވަންޖެހިއްޖެއްޔާ އެ ކަން ވެސް ކުރާނެ."

އެންމެން ވެސް އެ ކަމާ އެއްބަސްވިއެވެ. އެކަމަކު ޒާހިދާ ސުވާލެއް އުފެއްދިއެވެ.

"އެކަމަކު ރަނގަޅު ނަސޭހަތެއްނު އެ ދެނީ،" ޒާހިދާ ބުންޏެވެ. "ނިވާކުރާށޭ، ނަމާދުކުރާށޭ، އިސްޓާކީނަށް އަރާށޭ. އެއަކު ނެތެއްނު ގޯހެއް."

އަނިލްއަށް ފެންނަން ފެށީ ޖިންނީގެ މަގުސަދު ހާސިލްވާ ތަނެވެ. ހިތުގައި ޝައްކު އުފެދި، ނިޔަތް އަރާރުންވާ ތަނެވެ. ރަނގަޅު ނަސޭހަތެއް ދެންޏާ އެ ފަދަ ޖިންނިއެއް ފައްސާލުމުގެ ބޭނުމެއް ކޮބައި ހެއްޔެވެ؟ ތެދު މަގަށް ގޮވާލަންޏާ އެ އަޑަށް ބީރުކަންފަތް ދެނީ ކީއްކުރަން ހެއްޔެވެ؟ އެހެން މީހުން އަވާމެންދުރުން ސަލާމަތްކުރަން އަނިލްއަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރިއެވެ.

"އެ ނަސޭހަތުން ވާނީ ފައިދާކަމެއް ނުވަތަ ގެއްލުންކަމެއް ފަހުންތާ އެނގޭނީ،" އަނިލް ވިސްނައިދިނެވެ. "ފުރަތަމަ ދޭނީ އެ ކަހަލަ ނަސޭހަތް. ރަނގަޅަށް އެންގަނޑު ކާންދީފަ ދެން ދަމައިގަންނާނީ. އޭރު ހަނާ ހުންނާނީ އެ އަންހެންމީހާ ބުނާ ކޮންމެ ކަމެއް ކުރާ ހިސާބުގަ. އެހާ އިތުބާރުކުރާނެ. ވިސްނޭތަ މި ބުނާ އެއްޗެއް؟"

އެންމެން އެއްގަލަކަށް ނޭރުވުނެވެ. އަނިލް ދެއްކި ހުރިހާ ވާހަކައެއް ގަބޫލުކުރީ ރިޒްވާން އެކަންޏެވެ. ނަސީމު ގަބޫލުކުރީ ބައެއް ވާހަކައެވެ. ޒާހިދާ އަކަށް އެއްވެސް ވާހަކައެއް ގަބޫލެއްނުކުރެވުނެވެ. ސީދާ ގަބޫލުނުކުރަމެކޭ ނުއެއް ބުނެއެވެ. އަނިލްއަށް އެ މާނަ ނެގުނީ ޒާހިދާ ދެއްކި ވާހަކަތަކުންނެވެ. ބައެއް އިންސާނުންގެ ބުއްދިޔާ ކުޅެލަން ޖިންނިސައިތާނުން ކުޅަދާނައީއެވެ.

"އެހެންވީމަ ދެން ކިޔެވުން ހުއްޓާލަންވީތަ؟" އެންމެންގެ މޫނަށް ބަލަމުން އަނިލް އެހިއެވެ. "އަހަންނަށް މައްސަލައެއް ނެތް މިހާ ހިސާބުން ހުއްޓާލިޔަސް. އެކަމަކު ކިޔަވަން ފަށައިފިއްޔާ ދެން ހުއްޓާލައިގެން ނުވާނެ. ދާ ގޮތަށް އެއްވާނެއްގަ ގޮސް ކޮޅެއްގަ ޖައްސާފަ ދެން ހުއްޓާލެވޭނީ. ރަނގަޅަށް ވިސްނާފަ ބުނޭ."

"އަހަންނަށް ފެންނަނީ ކިޔަވަން." ރިޒްވާން އިސްނެގިއެވެ.

ޒާހިދާއާއި ނަސީމު ވެސް ބޯޖަހައިިލިއެވެ. އެ ވަގުތު ހަނާ ލޯހުޅުވައިލިއެވެ. އެންމެނަށް ބަލައިލިއެވެ. ހައިރާންކަމުގެ ނަޒަރަކުންނެވެ. ކުޑަ އިރުކޮޅެއް ކުރިން ހިނގި ހާދިސާގެ އެއްވެސް ހަނދާނެއް ހަނާގެ ސިކުނޑީގައި ނެތް ކަހަލައެވެ.

"މަގޭ ދަރި މުޅިން ވަރުބަލިކޮށްލައިފި!" ލޯތްބާއި ކުލުނުން ޒާހިދާގެ ހިތް ފުރިގެން ބަންޑުންވި ކަހަލައެވެ. "ދެން މިރެޔަށް ނިންމާލަމާ ހިނގާ! ދަރިފުޅު ހިނގާ އެއްޗެއް ކާން."

"އަދި އިހަށް މަޑުކޮށްލަބަލަ!" އަނިލް އެދުނެވެ.

ޒާހިދާ ކުއްލިއަކަށް ހުއްޓުންއެރިއެވެ. މައިވަންތަ ލޯބިން ޒާހިދާގެ ހިތް ކުދިކުދި ވިޔަސް އަނިލްގެ ލޮލަށް ފެންނަނީ މުޅީން އެހެން މަންޒަރެކެވެ. ހަނާގެ މޫނުމަތިން ފެންނަ މާސޫމުކަމުގެ އަވައިގައި ޖެހޭކަށް އަނިލް ބޭނުމެއް ނޫނެވެ. ކޮޅަށް ތެދުވެފައި ހަނާ އެނދުމައްޗަށް ވެއްޓުމުން އެހެން މީހުންނަށް ހީވީ، ހަނާގެ ހަށިގަނޑު ތެރޭގައި އުޅުނު އެއްޗެއް ވިއްޔާ ނުކުމެގެން ދިޔައީހެންނެވެ.

"ކުޑަކޮށް ކިޔަވާލައިފަ މިރޭ ނިންމާލާނީ." އެންމެން ހަމަޖެހިލުމަށް އަތުގެ އިޝާރާތުން އަންގަމުން އަނިލް ބުންޏެވެ.

އެކަކު ވެސް ދެކޮޅެއްނަހަދައެވެ. އަނިލް ކިޔަވަން ފެށިއެވެ. ހަނާ މަޑުމަޑުން އޮތީއެވެ. އެއްވެސް ހަރަކާތެއް ނުކުރެއެވެ. އެކި ފަހަރު ބަލަނީ އެކި މީހުންގެ މޫނަށެވެ. އެހެންނަމަވެސް، އެއްފަހަރު ވެސް އަނިލްގެ މޫނަކަށް ނުބަލައެވެ. އިރުކޮޅެއްވަންދެން އެކި މީހުންގެ މޫނަށް ބަލަބަލައިފައި ކުއްލިއަކަށް އަނިލްގެ މޫނަށް ކަޅި ހުއްޓައިލިއެވެ. އޭގެ ފަހުން އެހެން ދިމާއަކަށް ނުބަލައެވެ. އެސްފިޔައެއް ނުޖަހައެވެ. އަނިލް ބޭނުންވީ އެ ގޮތެވެ. ސައިތާނާ ޖަހާހާ ބެރަކަށް އަނިލްއެއް ނުނަށާނެއެވެ. އަނިލް އެ ތަނަށް އައީ އަނިލް ކުރާނީ ކީއްކަން ރަނގަޅަށް ނިންމައިގެންނެވެ. އޮޅުމެއް ނެތެވެ. ބަދަލުކުރުމެއް ވެސް ނެތެވެ. ގާތްގަނޑަކަށް ފަންސަވީސް މިނެޓު ވަންދެން އަނިލް ކިޔެވިއެވެ. މުޅި ކޮޓަރި ހުއްޓުމަކަށް އައިސްފައިވާ ކަހަލައެވެ. ހަނާ މަޑުމަޑުން ލޯމަރައިލިއެވެ.

"ކަލޭ ކޯޗެއް ތި ކިޔަވަނީ؟" ތަންކޮޅެއް ހަރުކަށިކޮށް އެކަމަކު ހަނާގެ އަސްލު އަޑުން ހަނާ ސުވާލުކުރިއެވެ.

ހަނާއަކީ އެ ބަހުރުވައިން ވާހަކަދައްކާ ކުއްޖެއް ނޫނެވެ. އެންމެނަށް އެ ކަން އެނގެއެވެ. ވުމާއެކު ހައިރާންވެގެން އެންމެން ބަލަހައްޓައިގެން ތިއްބެވެ. ހަނާ އޮތީ ލޯމަރައިގެންނެވެ.

"ތި ހީކުރަނީ މަށަށް ތިހެން ނުކިޔެވޭނެކަމަށް؟ ކަލެޔަށް ވުރެ މާ ރީތިކޮށް ކިޔަވާނަން." ހަނާ ބުންޏެވެ.

"ކަލޭ ވަރަށް އުފާވި ދޯ އަހަރެން ނަފުސާނީ ކަމެކޭ ބުނީމަ؟" އަނިލް ވާހަކަދެއްކީ ހަނާއަކާ ނޫނެވެ.

އެހެންޏާ ނުހޭ ކަހަލަ ރާގަކަށް ހަނާ ހީނގަތެވެ. ހަނާގެ ރާގާއި ހަރަކާތް ހުރީ ތަންކޮޅެއް މުސްކުޅި ގޮތަކަށެވެ.

"ކަލޭ ތީ އަންހެނެއްނު،" އަނިލް ވަރަށް ހިތްހަމަނުޖެހިފައި ބުންޏެވެ. "ކިހިނެއްވެގެން ތި އުޅެނީ އަންހެނަކާ އަޅައިގަނެގެން؟"

"އަހަރެން ބޭނުންވަނީ އޭނަޔަށް އެހީވާން." ވަގުތުން ހަނާ ބުންޏެވެ.

އެ ހިސާބުން ދެން ކުރެވުނީ ޒާތެއްގެ ޒުވާބެކެވެ. ހަނާޔާ އަވަލަވައިގެން އުޅޭ އެތި އުޅެނީ އެ ސޮރު ކުރި ކަންތައް ރަނގަޅުކުރަން ވެގެންނެވެ. އުޒުރެއް ދައްކަން ވެގެންނެވެ.

"ކަލޭ އެހީވާނެ މީހުން ހުސްވީތަ؟" އަނިލްގެ ސުވާލު ވަރަށް ހަރުކައްޓެވެ. "އޭނަ އެއްފަހަރު ވެސް ބުނިތަ އޭނަޔަށް ކަލޭ އެހީވާށޭ؟ އޭނ؟ ކިހިނެއް ވެގެން ތިއުޅެނީ؟ ކަލޭ މާ ތާހިރެއްނު ޗައިނާއަށް ދިޔައިއްޔާ. އެ މީހުން އެ އުޅެނީ އެހީ ބޭނުންވެގެން."

"އަހަރެން ނުޖެހޭ އެ ތާކަށް ދާކަށް،" ހަނާ ރައްދުގައި ބުންޏެވެ. "އަހަރެން ދާނީ އަހަރެން ބޭނުން ތާކަށް. މިހާރު އަހަރެން ބޭނުންވަނީ މިތާ ހުންނަން."

އަނިލް ބޭނުންވާ މައުލޫމާތު ލިބެންފެށިއެވެ. އުސޫލެއްގެ ގޮތުން އަނިލް ބަލަނީ ނަސޭހަތްދޭށެވެ. ރުހުމުގައި މައްސަލަ ހައްލުކުރާށެވެ. މަޖުބޫރުކުރަނީ ފަހުންނެވެ.

"މިތާ ހުންނާށޭ؟" އަނިލް ސުވާލުކުރިއެވެ. "ކޮންތާކުން ކަލޭ ތިއައީ؟"

"ސައުތު އެފްރިކާއިން." ވަގުތުން ހަނާ ޖަވާބުދިނެވެ.

ކިތަންމެ އަވަހަށް ޖަވާބުދިނަސް ޖިންނިސައިތާނުންނަކީ މަކަރުވެރި ބަޔެކެވެ. ކެހިވެރި ބަޔެކެވެ. އަނިލް އެ ކަން ހަނދާންނައްތައެއް ނުލައެވެ. ގިނަ ފަހަރަށް ހަދާނީ ދޮގުކަމާއި، ތެދެއް ބުންޏަސް އޭގެ ފަހަތުގައި އޮޅުވާލުމެއް އޮންނާނެއެވެ. ހެޔޮ ނިޔަތުގައި ޖިންނިސައިތާނަކު ކަމެއް ކޮށްދޭނެ ކަމަކަށް އަނިލް އުންމީދެއް ނުކުރެއެވެ.

"ތި ތަން މާ ރަނގަޅެއްނު ކަލޭ އެހީވާން،" އަނިލް ބުންޏެވެ. "އެތައް ބަޔަކު ބަނޑަށްޖެހި، ނުލާހިކު ހާލުގަ އެ މީހުން އެ އުޅެނީ. ކީއްކުރަން ކަލޭ ކޮންމެހެން މިތާކަށް އަންނަންވީ؟"

"ގޮވީމަ އަންނާނެއްނު!" ޖަވާބުގައި ހަނާ ބުންޏެވެ.

"ގޮވިޔަސް ކަލޭ ނުޖެހޭ މީނަ ގައިތެރެޔަށް ވަދެ އޮންނާކަށް،" އަނިލް ރައްދު ދިނެވެ. "އެ ވާހަކަ ދައްކަބަލަ! އެ ކަން ވީގޮތް ކިޔައިދީބަލަ!"

"ހަނާ" ޖަވާބެއް ނުދިނެވެ. މަޑުމަޑުން އޮތީއެވެ. އަނިލް އަނެއްކާ ވެސް އެ ވާހަކަ ތަކުރާރުކުރިއެވެ.

"އޭނަގެ ފިރިމީހާ އޭނަޔަކަށް އަޅައެއްނުލާ!" ހަނާ ޖަވާބުދިނެވެ.

"އަޅެ ފަހެ އެއީ ކަލެޔާ ބެހޭކަމެއްތަ؟" އަނިލް އެހިއެވެ. "ކަލޭ ސައުތު އެފްރިކާގަ ހުރި ގޮތަށް ހުރި ނަމަ ނިމުނީނު. މި ތަނަށް އައިސް ކޮން އުނދަގުލެއް ކުރާކަށް؟ ދެން ބުނޭ ގޮވީމަ އަންނާނެނޫންހޭ! ބަލަ އައިސް މިތާ ހުންނާކަށް ނުޖެހޭނެއްނު. ކީއްވެފަ ތި ހުންނަނީ؟"

"ކަލޭ ކައިރީ ކޮންމެހެން ބުނާކަށް ނުޖެހޭނެ!" އަތުން އެނދުމަތީގައި ޖަހައިފައި ހަނާ ބުނެލިއެވެ. "ކަލެއަށް އެނގޭތަ ކަލޭ މި ތަނަށް ވަންއިރު ވެސް މަ ހުރީ މިތާކަން؟"

އަނިލް ބޭނުންވަނީ އޭނަ އައި ސަބަބު ހޯދާށެވެ. ޖިންނިސައިތާނުން އަޅައިގަންނާނީ ތިން ސަބަބަކާ ހެދިއެވެ. ފުރަތަމަ ސަބަބަކީ، ސިހުރަކާ ހަވާލުވެގެން އައިސް ހުރުމެވެ. ދެވަނަ ސަބަބަކީ، ގޯނާއެއް ކުރީމައި ބަދަލުހިފަން އައިސް ހުންނަ ހުރުމެވެ. ތިންވަނަ ސަބަބަކީ، އަމިއްލައަށް ހިތާވެގެން އަވަލަވައިގެން އައުމެވެ.

"ބުނަން ރަނގަޅު ވާހަކައެއް،" އަނިލްގެ ރާގު ބަދަލުކޮށްލިއެވެ. "އެއްވެސް ކަމަކާނުލާ ކަލޭ މިތާކު ނުހުންނާނެ. ކަލެއަށް ރަނގަޅަށް އެނގޭނެ އަހަންނަށް އެ ވަރު އެނގޭނެކަން. ނުބުނަން އުޅެންޏާ އަހަރެން ފަށާނީ ކިޔަވަން."

"ކަލޭ ކިޔަވާ އެއްޗެއް ކިޔަވާ،" ޒުވާބުކުރާ ކަހަލަ ރާގެއްގައި ހަނާ ބުންޏެވެ. "މަށަށް ނޭނގޭ އެއްޗެއް ވަކި ކަލެޔަކަށް ނުކިޔެވޭނެ."

އަނިލް އިތުރު ފުރުސަތެއް ނުދީ ކިޔަވަން ފެށިއެވެ. ސިހުރުގެ އާޔަތްތައް ކިޔަވަން ފެށުމާއެކު ހަނާގެ ފައި ތުރުތުރުއަޅަން ފެށިއެވެ. މުޅި މީހާ ތުރުތުރުއަޅަން ފެށިއެވެ.

"ހުއްޓާލާ ހުއްޓާލާ!" ހަނާ ހަޅޭއްލަވައިގަތެވެ. "މި ބުނަނީ!"

ނުނިމޭ

29 ކޮމެންޓް, 86 ރިއެކްޝަންސް

icon happy icon happy 76%
icon sad icon sad 16%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހައްވޫ

23 March 2020

އަޅެ ބިންމާގެ ދުނަފިނި ވާހަކަ ގެންދީފާނަންތަ ރޯދައަށް، ޕލޒޒޒޒޒޒޒޒ ވވވ ބޭނުން އެވާހަކަ ކިޔަން

The name is already taken The name is available. Register?

ޥާހަކަ ކިޔުންތެރިޔާ

23 March 2020

ޙަގީގަތުގަވެސް ކޮންމެހެން ބާކީ ފަސްދުވަހު ނޫނަސް ކޮންމެވެސް 3 ދުވަހަކު ވިޔަސް ބިންމާގެ ކުރީގެ ވަާހަކަތައް ގެނެސްދޭނަމަ. ދެދުވަހު އާވާހަކަ ގެނެސްދީފަ. މިކަމާ އެއްޗެކޭ ބުނެބަލަ.

The name is already taken The name is available. Register?

މީނާ ކުމާރީ

23 March 2020

ވަރަށް ރީތި. ދިގުކޮށްލަންވީ!

The name is already taken The name is available. Register?

yޔސހސބou

23 March 2020

ހަގީގަތޭ ކިޔާފަ ތިއީ ހިޔާލީ ވާހަކައެހެން ހީވަނީ

The name is already taken The name is available. Register?

ށީޒާ

22 March 2020

ބޮޑައް ވައްތަރީ ހަނާ ފިރިމީހާ ހަނާޔާ އިންދެގެން އުޅެނީ ފަންޑިތަ ހަދައިގެން ކަމައް އެހެންވެ ލައިގެން އުޅޭ ކަމެއްކަމައް ވާނީ

The name is already taken The name is available. Register?

ބޯގޯސް ޖިންނި

22 March 2020

ޖިންނި ޝަކުވާކުރޭތަ؟

The name is already taken The name is available. Register?

ލޯޑިންގް.........

22 March 2020

ވާހަކަ ދިގުކޮށްލާ،އޭރުން ކިޔާހިތްވާނި.

The name is already taken The name is available. Register?

ާކަސްޓަ މްސް ފައިޒަން

22 March 2020

އަހަރެ މެން އޮފީސްގަވެސް އުޅޭ ހަ މަ ތިހެން އުޅޭ ނާޒި މު ކިޔާ ސޮރެއް..ޖިންނި ވަންނަ ވަގުތު އޭނަ ބަދަލުވަނި ކުޑަ ބޭބީ އަކަށް..ކަލޯގަޔާ އެއޮތީ ދެން ސޯ ފެށިފަ..!!

The name is already taken The name is available. Register?

ާދުނބު ޕެލަސް

24 March 2020

ޓޮލް ޔޫއާ މައުތު...ފައިޒަން

The name is already taken The name is available. Register?

ައައިޝަތު

22 March 2020

ލިޔުން ތަންކޮޅެއް ދިގު ކޮށްލުން ރަނގަޅު.

The name is already taken The name is available. Register?

2020

22 March 2020

ޔޭ މަ ތިކަމަށް ތާއީދު ކުރީގެ ވާހަކަކޮޅެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454