06 އެޕްރީލް 2020 - 09:01
"ބާހްބަލީ" ގެ ފިލްމުތައް ކުޅެގެން ބޮޑު މަޝްހޫރު ކަމެއް ހޯދި އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ކުޅަދާނަ ތަރި ޕްރަބާސް އަށް ވަރަށް ބޮޑަށް ސަޕޯޓްކުރާ ކަމަށާއި އޭނާއާ އެކު މަސައްކަތްކުރަން ބޭނުންވާ ކަމަށް އާލިއާ ބަޓް ބުނެފި އެވެ.
މީޑިއާއަކަށް ދިން އިންޓަވިއުއްގައި ޒުވާން ބަތަލާ ބުނީ "ބާހްބަލީ" ގެ ދެ ފިލްމުގައި ޕްރަބާސް ދައްކުވައި ދިން ހުނަރަކީ ޖާދޫއެއް ކަހަލަ ކަމެއް ކަމަށެވެ. އަދި އޭނާ ކުޅުނު ކުޅުނު ކެރެކްޓާ އަށް އިންސާފުކޮށް ދީފައިވާލެއް ފުރިހަމަކަމުން އަންތަރީސްވި ކަމަށް ބުންޏެވެ.
"އެ ދެ ފިލްމު ބަލާފައި ޕްރަބާސްގެ ބޮޑު ފޭނަކަށްވި. އޭނަގެ ސްކްރީން ޕްރެޒެންސް އެހާ ސަޅި އަދި އެކްޓިން އެހާ މޮޅު." އާލިއާ ބުންޏެވެ. "އަހަރެން ބުނާނީ ޕްރަބާސް އަކީ އަހަރެންގެ ޑައި-ހާޑް ފޭނެކޭ. އަދި ބާހްބަލީގެ ދެ ފިލްމަކީ އަބަދު ވެސް އަހަރެންގެ އެންމެ ފެވަރިޓްތަކުގެ ތެރޭގައި ހިމެނޭ ދެ ފިލްމަށް ވާނެ."
ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި އެންމެ ހުނަރުވެރި ބަތަލާއިންގެ ތެރޭގައި ހިމެނޭ އާލިއާ ބުނި ގޮތުގައި ކޮންމެވެސް ދުވަހަކު އޭނާ ޕްރަބާސްއާ އެކު ފިލްމެއް ކުޅެން ލިބޭނެ ކަމަށް އުންމީދުކުރެ އެވެ.
"އަހަރެން ވަރަށް އުންމީދުކުރަން ކޮންމެވެސް ދުވަހަކުން ޕްރަބާސްއާ އެކު މަސައްކަތްކޮށްލަން ލިބޭނެ ކަމަށް." އޭނާ ބުންޏެވެ.
ކުރިން މިފަދަ ފުރުސަތެއް އާލިއާ އަށް ފަހިވި ކަމަށް މީޑިއާތަކުން ބުންޏެވެ. އެއީ މިދިޔަ އަހަރު ރިލީޒްކުރޮ ޕްރަބާސްގެ "ސާހޯ" އިންނެވެ. ރިޕޯޓްތައް ބުނާގޮތުން އެ ފިލްމުގެ ބަތަލާގެ ރޯލް އާލިއާ އަށް ހުށަހެޅި ނަމަވެސް، އެ ރޯލްގައި އޭނާ މާ ގަޔާވާ ކަހަލަ ކަމެއް ނެތުމުން އެއްބަސްނުވީ އެވެ.
"ސާހޯ" ގެ ބަތަލާގެ ރޯލް ކުޅުނީ ޝްރަދާ ކަޕޫރެވެ.
މީގެ އިތުރުން "ބާހްބަލީ" ގެ ހިންދީ ވާޝަންތައް ބެލުންތެރިންނަށް ޕްރެޒެންޓްކޮށް ދިން އާލިއާ ދަރިއެއްގެ ގޮތުގައި ދެކޭ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ފިލްމެއް ޑައިރެކްޓްކޮށްދޭން އެ ފިލްމުގެ ޕްރޮޑިއުސަރު އެސްއެސް ރާޖަމޯލީއާ އެކު ވާހަކަތަކެއް ދެކެވި، އެ ފިލްމުގެ ތަރިންނަށް އާލިއާ އާއި ޕްރަބާސް ނަގަން ކަރަން މަސައްކަތްތަކެއް ކުރި ކަމަށް ވެސް އަޑުއަރާފައިވެ އެވެ. ނަމަވެސް އެ ޕްރޮޖެކްޓް އަދި އޮތީ ހަގީގަތަކަށްނުވެ އެވެ.
There is no one better to introduce Ramaraju @AlwaysRamCharan than his Bheem @tarak9999. Can feel the love and pride in each and every word ❤
— Alia Bhatt (@aliaa08) March 27, 2020
Happy Birthday Charan!! https://t.co/QkLVKM4LDl@ssrajamouli @ajaydevgn @OliviaMorris891 @RRRMovie @DVVMovies #BheemforRamaraju
ޕްރަބާސްއާ އެކު މަސައްކަތްކޮށްލަން އަދި ނުލިބުނަސް އާލިއާ އަކީ ރާޖަމޯލީ އަންނަ އަހަރު ގެނެސްދޭ "އާރްއާރްއާރް" ގެ ބަތަލާ އެވެ. އަންނަ އަހަރުގެ ޖެނުއަރީ 8 އަށް ތާވަލުކޮށްފައިވާ އެ ފިލްމުގެ ބަތަލުންނަކީ ދެކުނުގެ ދެ ތަރިން ކަމަށްވާ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ އެވެ.
"ބާހްބަލީ" ގެ ދެ ފިލްމަށް ފަހު، މިދިޔަ އަހަރު ގެނެސދިން "ސާހޯ" އަށް ފަހު، އޭނާ މިހާރު އަންނަނީ "ޖާން" ކިޔާ ފިލްމެއްގެ މަސައްކަތްކުރަމުންނެވެ. އެ ފިލްމުގެ ބަތަލާ އަކީ އަންނަ އަހަރު ގެނެސްދޭ ސަލްމާން ޚާންގެ "ކަބީ އީދު ކަބީ ދިވާލީ" ގެ ބަތަލާ ޕޫޖާ ހެގްޅޭ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަލޫފް
09 April 2020
ފޭން އަކީ ކާކުގެ ކާކުގެ ކާކުކަން މި ޚަބަރު ކިޔަކިޔާ އިންދާ އެބައޮޅޭ