އީ-ޓުކުރި މެދުވެރިކޮށް އަށް ސްކޫލެއްގެ އެކްޓިވިޓީ ޔުނިފޯމް ލިބޭނެ--
05 ޖެނުއަރީ 2021 - 15:25
ސްކޫލްތަކުގެ އެކްޓިވިޓީ ޔުނީފޯމް ފަހައިދޭ "އެޗްއެމްއެފް މޯލްޑިވްސް"ގެ ޔުނީފޯމްތައް މޯލްޑިވްސް ޕޯސްޓްގެ "އީ-ޓުކުރި ޕްލެޓްފޯމް" މެދުވެރިކޮށް އޮންލައިންކޮށްގަނަވޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.
ޕޯސްޓް އޮފީހުން ބުނި ގޮތުގައި އީ-ޓުކުރި shop.etukuri.mv/stores/hmfmaldives މެދުވެރިކޮށް އަށް ސްކޫލެއްގެ ޔުނިފޯމު މިހާރު ލިބެން ހުންނާނެ އެވެ. އީ-ޓުކުރިން ލިބެން ހުރި ޔުނިފޯމުގެ ތެރޭގައި އަމީނިއްޔާ އާއި އިއްޒުއްދީނާއި ތާޖުއްދީނާއި ޖަމާލުއްދީނާއި އިސްކަންދަރު އާއި ޣާޒީ އަދި ސީއެޗްއެސްއީ އަދި އަރަބިއްޔާ ސްކޫލް ހިމެނެ އެވެ.
ކިޔޫގައި ނުޖެހި ކޮންމެ ތަނެއްގައި ތިބެގެން ވެސް ޔުނިފޯމު ގަނެވޭނެ އިންތިޒާމު ހަމަޖެއްސި އިރު އޮންލައިންކޮށް ފައިސާ ވެސް ދެއްކޭނެ އެވެ. އަދި ޔުނިފޯމު އޯޑަރުކުރާތާ 24 ގަޑިއިރު ތެރޭގައި ޑެލިވަރީ ކޮށްދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެޗްއެމްއެފް އިން ބުނީ އީ-ޓުކުރިއާ ގުޅިގެން އޮންލައިންކޮށް އެކްޓިވިޓީ ޔުނީފޯމް ލިބޭނެގޮތް ހެދީ، އެހެން އަހަރުތަކާ ހިލާފަށް ބެލެނިވެރިން އަދި ދަރިވަރުން ގިނަ ވަގުތު ކިއުގައި މަޑުނުކޮށް، ރައްކާތެރިކަމާއެކު، ގައިދުރުކުރުމާ އެކު ގޭގައި ތިބެގެން ފަސޭހައިން ޔުނީފޯމް ގަނެވޭނެ ގޮތް ހެދުމުގެ މަގުސަދުގައި ކަމަށެވެ.
އީ-ޓުކުރި އަކީ ރަޖިސްޓްރީވެފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ކޯޕަރޭޓިވްތަކާއި އޮންލައިން ވިޔަފާރީގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް މޯލްޑިވްސް ޕޯސްޓުން ފޯރުކޮށްދޭ އީ-ކޮމާސް ސޮލިއުޝަނެކެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް މުދާ ގަންނަ މީހުންނަށް އެ މުދަލެއް ލިބެންދެން ޓްރެކް ވެސް ކުރެވޭނެ އެވެ.
އީ-ޓުކުރި މެދުވެރިކޮށް މުދާ ގަތުމާ ގުޅޭ އެއްވެސް މައުލޫމާތެއް އޮޅުން ފިލުވަން ބޭނުންވާނަމަ އެ ޕްލެޓްފޯމްގެ އެފްބީ ޕޭޖާއި ހޮޓްލައިން 7632513 ނުވަތަ އީމެއިލް [email protected] މެދުވެރިކޮށް މައުލޫމާތު ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަލިކުރުވާމާ
06 January 2021
ވަރަށް ފްރެންޑްލީ ކުދިން ކޮޅެއް ތިބޭތަނެއް ޕޯސްޓް އޮފީސްތީ އަޅުގަނޑު އީޓުކުރި ވެސް ތަޖުރިބާ ކޮށްފިން ހަމަ ވަރަށް ހަބޭސް މިދުވަދްކޮޅު އީޓުކުރިން ޔުނިފޯރމް ލިބުންވެސް މީ އަޅުގަނޑު މެން ކަހަލަ މީހުނަށް ލިބުން ވ ބޮޑު ލުޔަކަށްވާނެ ކަމަށް މިބަލަނީ
ޓުކުރި ޝަރުމާ...
07 January 2021
ދަރިން ނައް ކާން ދެނީ ގައުމު ދަވާލަިއިގެން ދެއްތޯ.. މީ ކިހާ ބޮޑު ފަސޭހައެއް...
އެންމެ ފުންމިނުން
06 January 2021
ތިފަދަ ޔުނީފޯމްތައް އަގުހެޔޮކަމާއެކު ލިބޭނީ ބޮޑެތިވިޔަފާރިތައްކުރާ ގިނަތަންތަނަށް އެފުރުސަތުދީގެން. ހަމައެކަނި އީވްއަކުން ނުވާނެ، ހަމައެކަނި ޑޮނާޑަކުންވެސް ނުވާނެ. ސްކޫލްތަކުގެ ޔުނީފޯމް ފެހުމުގެހުއްދަ ގިނަތަންތަނަށް ދިނުމުންނޫނީ އަގުހެޔޮކޮށް ތިކަންކަމެއް ނުހިނގާނެ. ޔުނީފޯމެއް ފަހަންދީގެން ތިންހަތަރުމަސް ނަގަންވީމާ އެދެވެނީކީ ޚިދުމަތެއްނޫން. 2018 ވަނައަހަރުގެ ނޮވެންބަރުގާ ފަހަންދިން ޔުނީފޯމް 2019 ވަނަ އަހަރުގެ ފެބްރުއަރީއަށް ނިންމައިދިނުމުން ކަންވާގޮތްސާފު
ޓުކުރިސްކޭމް
05 January 2021
ތި ޕްލެޓްފޯމް ހަދާފަ އޮތީ ކިހިނެއްތޯ ފުރަތަމަ ބަލަންވީނުން. ޔޫސާރ ފްރެންޑްލީ އެއްޗެހި މިޒަމާނުގައި ހުރި އިރު މިއަށްވަދެގެން ދެބުރަށް ލާރި ކެނޑި އެ އަނބުރާ ހޯދަން ޕޯސްޓް އޮފީސް ފަހަތުން ދުވަންޖެހޭނީ. އެތާތިބެނީ ތަނެއް ދޮރެއް ދޮރާށްޓެއް ވަކިވާވަރު ބައެއް ނޫން. 21 ވަނަ ގަރުނުގައި ލިބެނީ 60 ގެ ޚިދުމަތް. ޢެތައް މިލިއަނެއް ދީގެން ހަދާފަ އޮތް ޕްލެޓްފޯމްގެ ފެންވަރު އަމިއްލައަށް ތަޖުރިބާކޮށްލައްވާ! ކޮބާތޯ އޭސީސީ
ޓުކުރި ޕްރޯ
06 January 2021
އޮޑިއެއްގެ ކޮޅުފަސްކޮޅުގައި ހުރެގެން ވިސްނާ މީހަކަށް ފަހުމް ނުވެދާނެ އޮޑިއެއްގެ ދިރުނބާކޮޅުގައި ހުންނަ މީހަކު ނިންމާ ނިންމުމާއި އޮޑި ގެންދަންވީ މިސްރާބު. ޓުކުރިސްކޭމްގެ ވިސްނުމުގައި ކޮށިކަމެއް އެބަ ހުރި. އަދި ކަންކަމުގެ ގޮތް ބާވަތް ރަނގަޅަށް އެނގިފައެއް ނެތް.
ޖަމަލު
05 January 2021
މިއީ ބޮޑުކޮށްގެން ސްކޫލްތަކުން ދޫކުރާ ޑީލެއް ތޯ