ކުޅިވަރު

ޔޫރޯ ޕްރެސްގަ އިހުރި ބިޔަރުފުޅި ޕޮގްބާ ނަގައިފި

ޕޮގްބާ

މިޔުނިކް (ޖޫން 16) - ޖަރުމަން އާއި ފްރާންސް ރޭ ކުޅުނު މެޗަށް ފަހު، މެޗުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާގެ ކުރިމަތީގައި ހުރި ބިޔަރު ފުޅި އޭނާ ނަގައިފި އެވެ.

ޔޫރޯގެ އެއް ސްޕޮންސާ އަކީ ހައިނެކެން ބްރޭންޑެވެ. ބިޔަރު އުފައްދާ އެ ކުންފުންޏަކީ ޔޫއެފާގެ އެންމެ ބޮޑު އެއް ސްޕޮންސަރެވެ. ޖަރުމަންގެ މައްޗަށް 1-0 އިން ފްރާންސް މޮޅުވި މެޗުގެ މޮޅު ކުޅުންތެރިޔާގެ އިނާމު ހޯދި މުސްލިމް ކުޅުންތެރިޔާ ޕްރެސް އަށް ގޮސް އެންމެ ފުރަތަމަ ނެގީ އޭނާގެ ކުރިމަތީގައި ހުރި ބިޔަރު ފުޅި އެވެ.

މިދިޔަ ހޯމަ ދުވަހު ޕްރީ މެޗު ޕްރެސްއަށް ހާޒިރުވެ، ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އޭނާގެ ކުރިމަތގައި ހުރި ކޮކާކޯލާ ފުޅި ނެގުމަށް ފަހު ފެންފުޅިއެއް ބަހައްޓައިފަ އެވެ.

ޕްރެސްގައި ޕޮގްބާ ބުނީ، ޖަރުމަންގެ ޑިފެންޑަރު އެންޓޯނިއޯ ރޫޑިގާ، އޭނާގެ ގައިގައި ދަތް އެޅި ކަމަށެވެ. އަދި އެކަން ރެފްރީގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމަށް ޕޮގްބާ ބުންޏެވެ. އޭނާ ބުނީ ރުޑިގާ ސަސްޕެންޑް ވާން އޭނާ ބޭނުން ނުވާ ކަމަށެވެ.

5 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 0%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަނު

16 June 2021

ބިޔަރު ފުޅިއެއްގާ އަތްލުން ހުއްދަ ބަ؟؟

The name is already taken The name is available. Register?

ޙޖވނވޖޖވ

17 June 2021

ހަހަހަހަ. ކަލޯ އެބުއިން ހަރާމީ.

The name is already taken The name is available. Register?

ނާން

16 June 2021

ޕޮގްބާ ނަގައިފިޔޭ!ބުނަންވީ އެއްފަރާތް ކޮށްފިޔޭ.

The name is already taken The name is available. Register?

ނަގާފައި ބެހެއްޓީ

17 June 2021

ވީޑިއޯ ބަލައިފިން....... ޕްރެސްގައި މޭޒުމަތީގައި ބަހައްޓާފައި ހުރި ބިޔަރު ފުޅި ނަގާފައި ބަލަން ތިބި މީހުންނަށް ނުފެންނަ ގޮތަށް ތިރީގައި ބެހެއްޓީ.......

The name is already taken The name is available. Register?

މާޝާﷲ

16 June 2021

ޕައުލް ޕޮގްބާއަށް ހެޔޮ ރަހުމަތް ލައްވާށި! އާމީން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454