ކުޅިވަރު / ޔޫރޯ 2020

ހަންގޭރީން ދުނިޔޭގެ ޗެމްޕިއަން ފްރާންސް ހިފަހައްޓައިފި

ފްރާންސްގެ ކަންޓޭ އަތުން ބޯޅަ ހޯދަން ހަންގޭރީގެ ކުޅުންތެރިން މަސސައްކަތް ކުރަނީ --- ފޮޓޯ: އޭއެފްޕީ

ބުޑަޕެސްޓް (ޖޫން 19) - ޔޫރޯގެ ގުރޫޕް އެފް ގައި، ހަންގޭރީން ދުނިޔޭގެ ޗެމްޕިއަން ފްރާންސް މޮޅުވިޔަ ނުދީ ހިފަހައްޓައިލައިފި އެވެ. މިރޭގެ މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެނެވެ.

މި މުބާރާތުގައި ފްރާންސް ކުޅުނު ފުރަތަމަ މެޗުގައި، ޖަރުމަން އަތުން މޮޅުވިޔަސް، ފްރާންސަށް މިރޭ ހަންގޭރީގައި ކުޅެ، މޮޅެއް ނުޙޯދުނެވެ. މެޗުން މޮޅުވިނަމަ ފްރާންސަށް ދެ ވަނަ ބުރުގެ ޖާގަ ޔަގީން ކުރެވުނީހެވެ.

މެޗުގައި ލަނޑު ޖަހާނެ އެންމެ ގިނަ ފުރުސަތު ލިބުނީ ފްރާންސަށެވެ. ފުރަތަމަ ހާފުގައި ހަންގޭރީއަށް ފްރާންސްގެ އޭރިއާ ތެރެއަށް ބޯޅަ ގެންދެވުނީ އެންމެ ދެ ފަހަރު އެވެ. ދެ ވަނަ ފަހަރު އެ ޓީމުން ވަނީ ފްރާންސްގެ މައްޗަށް ލީޑު ނަގައިފަ އެވެ. ހަންގޭރީގެ ލަނޑު އަޓީލާ ފިއޯލާ ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ދެ ވަނަ މިނެޓުގަ އެވެ. އެ ލަނޑު އޭރިއާ ތެރެއަށް ވަދެ ފޮނުވާލިއިރު ފްރާންސްގެ ޑިފެންޑަރު ރަފޭލް ވަރާންގެ ފަރާތުން ބޯޅަ ސަލާމަތް ކުރަން އެކަށީގެންވާ ވަރަކަށް މަސައްކަތް ކުރިތަނެއް ނުފެނުނެވެ.

ހަންގޭރީއަށް ލަނޑު ޖަހައިދިން އަޓީލާ ފިއޯލާ އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ

ފުރަތަމަ ހާފުގައި، ކިލިޔަން އެމްބާޕޭ އަށް ވަނީ ލަނޑު ޖަހާނެ ތިން ފުރުސަތެއް ލިބިފަ އެވެ. އޭނާ އަށް ލިބުނު ފުރަތަމަ ދެ ބޯޅައަކީ އޭރިއާގެ ތެރެއަށް މަތިން ނެގި ހުރަސްތަކުން ބޮލުން ފޮނުވާލި ދެ ހަމަލާ އެވެ. ފުރަތަމަ ހާފުގެ ފަހު ކޮޅުގައި އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ. އޭގެ ކުރިން އެމްބާޕޭ ވަނީ ކަރީމް ބެންޒެމާއަށް ރަނގަޅު ބޯޅައެއް ތަނަވަސްކޮށް ދީފަ އެވެ. ބެންޒެމާ އަށް ބޯޅައިގައި ޖެހުނީ ބޫޓުގެ އަރިމަތިންނެވެ. އެހެންވެ ބޯޅައިގެ މިސްރާބު ބަދަލުވެގެން ގޮސް ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއަރި، ފްރާންސްގެ ވިންގާ އުސްމާނޭ ޑެމްބެލޭ ފޮނުވާލި ބާރު ޝޮޓް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ފްރާންްސް އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 66 ވަނަ މިނިޓުގައި އެންޓުއާން ގްރީޒްމަން ޖެހި ލަނޑުންނެވެ.

ފްރާންސަށް ލަނޑަ ޖަހަން މަގުފަހީވީ އެމްބާޕޭ އޭރިއާގެ ތެރޭގައި ހުރެފައި ގޯލުކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ، ހަންގޭރީގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ގްރީޒްމަނަށް ލިބުމުންނެވެ. ގްރީޒްމަން ވަނީ އެއް ފަހަރުން ގޯލުގެ ތެރެއަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

މެޗު އެއްވަރު ވުމުން ހަންގޭރީގެ ކުރިންތެރިން އުފާފަޅުކުރީ އެ ޓީމަށް ބޮޑު މޮޅެއް ލިބުނު ފަދަ ގޮތަކަށެވެ. ފްރާންސް އަތުން ލިބުނު ޕޮއިންޓަކީ އެ ޓީމަށް މުހިންމު ޕޮއިންޓަކަށް ވާނެ އެވެ.

މި ގުރޫޕްގައި މިރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ޕޯޗުގަލް އާއި ޖަރުމަނެވެ. މި މެޗުން ޕޯޗުގަލް މޮޅުވެއްޖެ ނަމަ، އެ ޓީމަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވާނެ އެވެ. -- އޭއެފްޕީ

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454