ކުޅިވަރު / ޔޫރޯ 2020

ހިސާބު ޓީޗަރު ފިންލެންޑާ އެކު ޔޫރޯގެ ތާރީހުގެ ތެރެއަށް

ފިންލެންޑްގެ ކޯޗް މާކޫ ކާނެވާ އަކީ ކުރިން ހިސާބު ޓީޗަރެއް --- ފޮޓޯ: ސްކައި ސްޕޯޓްސް

އެމްސްޓަޑަމް (ޖޫން 21) - ދުނިޔޭގެ އެންމެ ކާމިޔާބު ސްކޫލް ސިސްޓަމް އޮތީ ފިންލެންޑްގަ އެވެ. ފިންލެންޑްގެ ސްކޫލް ޓީޗަރުންނަށް ދުނިޔޭގެ އެކި ގައުތަކުން އަގުބޮޑުކޮށް ވަޒީފާ ދީފައި ގެންދަނީ ސްކޫލް ސިސްޓަމްގެ ކާމިޔާބުގެ ތަޖުރިބާތަކެއް އެ ގައުމުގައި ކޮށްފައި ވުމުންނެވެ. މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ފިންލެންޑްގެ ޓީމުގެ ރޫޓް ގުޅިފައި އޮތީވެސް ސްކޫލް އެޑިއުކޭޝަން ސިސްޓަމާ އެވެ.

އެ ޓީމުގެ ކޯޗް މާކޫ ކާނެވާގެ ރަސްމީ ޕްރޮފެޝަންއެއްގެ ގޮތުގައި ކުރިން އޮތީ ސްކޫލް ޓީޗަރެއްގެ ވަޒީފާ އެވެ. ފުޓްބޯޅަ ކުޅުންތެރިޔެއްގެ ގޮތުގައި 16 އަހަރު ހޭދަ ކުރިނަމަވެސް، އޭނާ ކުޅުނު ދުވަސްވަރު ފުޓްބޯޅަ ކުޅެގެން އެކަށީގެންވާ އާމްދަނީއެއް ފިންލެންޑްގައި ނުލިބެ އެވެ. އޭރުގެ ގިނަ ކުޅުންތެރިން ފުޓްބޯޅަ ކުޅެނީ ދެ ވަނަ ވަޒީފާއެއްގެ ގޮތުގަ އެވެ.

ކާނެވާގެ ރަސްމީ ވަޒީފާއެއްގެ ގޮތުގައި އޭނާ އިހްތިޔާރު ކުރީ ޕްރައިމެރީ ޓީޗަރެއްގެ ވަޒީފާ އެވެ. ލޯކަލް ޕްރައިމެރީ ސްކޫލްގައި އޭނާ ވަނީ ދަށް ގުރޭޑްތަކަށް ހިސާބު މާއްދާ އާއި ފިންލެންޑްގެ ބަސް ކިޔަވައި ދީފަ އެވެ. އަދީ ޕީއީ ޓީޗަރެއްގެ ގޮތުގައިވެސް ކްލާސްތައް ނަގައިދިނެވެ. އެހެން ނަމަވެސް އޭނާގެ ޝައުގުވެރިކަން ފުޓްބޯޅައިން ދުރަކަށް ނުލި އެވެ.

މާކޫ ކާނެވާ ޔޫރޯގް ޕްރެސްގައި --- ފޮޓޯ: އޭއެފްޕީ

"އަހަރެންގެ ފުޓްބޯޅަ ކެރިއާއަށްވެސް އަސަރު ނުކޮށް ވަރަށް ހަމަހަމަކޮށް ކުރެވުނު ކަމެއް އެއީ،" ސްކޫލް ޓީޗަރެއްގެ ގޮތުގައި އޭނާ ކުރި ތަޖުރިބާ ކާނެވާ ކިޔައި ދިނެވެ. "އެކަމުގެ ސަބަބުން އިޖުތިމާއީ ގޮތުންވެސް އަހަންނަށް ވަރަށް ބޮޑު އެހީއަކަށްވި. ފުޓްބޯޅައިގެ ބޭރުންވެސް ރަނގަޅު ރަހުމަތްތެރިންތަކެއް ހޯދުނު. ވަރަށް ރަނގަޅު ތަޖުރިބާއަކަށް އެކަންވީ."

ކޯޗެއްގެ ގޮތުގައި ފުރަތަމަ މަސައްކަތް ފެށިއިރު، މެޗުގެ އެކި ވަގުތުތަކުގައި ޓެކްޓިކްސް ބޭނުން ކުރުމުގެ ހުނަރެއް އޭނާގެ ކިބައިގައި ނެތެވެ. އޭނާ އެކަން ކުރީވެސް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރި ގޮތަށެވެ. ދެ ޕްރޮފެޝަނަކީ ތަފާތު ދެ ޕްރޮފިޝަން ކަމާއި ދެ ޕްރޮފިޝަންގައިވެސް ސްޓްރެޓެޖީ ތަފާތު ވާނެކަން ކާނެވާ ދެނެގަތީ މާފަހުންނެވެ. ސްކޫލް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވުމުން އަބަދުވެސް ޒަމާނަށް އަންނަ ބަދަލައި އިމްލީ ގޮތުން އަންނަ ކުރި އެރުން ކޯޗެއްގެ ގޮތުގައިވެސް އަމަލު ކުރަން ޖެހޭނެކަން އޭނާ ދެނެގަތްލެއް އަަވަހެވެ.

"ރަނގަޅު ކޯޗެއްގެ ކިބައިގައި ހުންނަން ޖެހޭނީ ކޮން ކަންތައްތަކެއް ކަން އަހަރެން ދެނެގަތިން. އެ ކަމުގެ ރަނގަޅަށް މައުލޫމާތު ހޯދުނު. ކޮންމެވެސް ވަރަށް ހާސްކަން ކުރިމަތިވި ނަމަވެސް އެ ހާލަތަށް އަހަރެން ފިޓްވިން. މުހިންމު މެޗުތަކަށް ތައްޔާރު ވާނެ ގޮތާއީ މިޑިއާ މެނޭޖު ކުރާނެ ގޮތާއި ސެޝަންތައް ޕްލޭން ކުރާނެ ގޮތް އަހަރެން ދަސް ކުރިން،" ކާނެވާ ބުންޏެވެ.

ކާނެވާ ފިންލެންޑްގެ ޓްރޭނިންގައި --- ފޮޓޯ: އޭއެފްޕީ

"ހުރިހާ ކަމެއް ބަދަލު ކުރީމެކޭ އަހަންނެއް ނުބުނާނަން. ނަމަވެސް ހެޑް ކޯޗަކަށް ވުމަށްޓަކައި އަހަރެން ބައެއް ކަންކަން ބަދަލު ކުރިން"

ކާނެވާ އަކީ ޔޫރޯގެ މުބާރަތަކަށް ފިންލެންޑް ކޮލިފައި ކޮށްދިން ފުރަތަމަ ކޯޗެވެ. ޖޫން 2019 ގައި ބޭއްވި 21 އަހަރުން ދަށުގެ ޔޫރޯއަށް އޭނާ އެ ގައުމު ކޮލިފައި ކޮށްދިނެވެ. ސީނިއާ ގައުމީ ޓީމު ޔޫރޯއަށް ކޮލިފައި ކޮށްދިނީވެސް އޭނާގެ ކޯޗް ކަމުގެ ދަށުންނެވެ. އެއީ މުޅި ފިންލެންޑްގެ ތާރީހްގައި އެ ގައުމު ބައްދަލު ކުރި އެންމެ އުފާވެރި ދުވަސްތަކުގެ ތެރެއިން އެއް ދުވަހެވެ. ޔޫރޯގެ ފުރަތަމަ މެޗުގައި ޑެންމާކު އަތުން މޮޅުވުމަކީ ކާނެވާގެ އަނެއް ކާމިޔާބެވެ. ފިންލެންޑްގެ ފުޓްބޯޅައިގައި އެންމެ ބޮޑެތި ކާމިޔާބުތައް ގުޅިފައި ވަނީ ޕްރައިމެރީ ސްކޫލްގެ ހިސާބު ޓީޗަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި ކާނެވާގެ ނަމަށެވެ.

ޔޫރޯގެ ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު އަދިވެސް ފިންލެންޑަށް އެބައޮތެވެ. މިރޭ އެ ޓީމުން ނުކުންނާނީ ނެދަލެންޑްސްއާ ދެކޮޅަށެވެ. ވަރުގަދަ ޓީމަކަށް ވިޔަސް ނެދަލެންޑްސް އާ ދެކޮޅަށް ފިންލެންޑަށް ހައިރާން ކުރުވަނިވި ނަތީޖާއެއް ނެރެވިދާނެ އެވެ.

2 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިސްލާހު

21 June 2021

ނެދަލެންޑެއް ނޫނޭ ބެލްޖިއަމް އާ ދެކޮޅަށޭ

The name is already taken The name is available. Register?

ކުލްކުލީ

21 June 2021

ހިސާބުޓީޗަރުންނަކީ އާދައިގެ ބައެއްނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454