ކުޅިވަރު / ޔޫރޯ 2020

ޔޫކްރޭން ބަލިކޮށް އިންގްލެންޑަށް ތާރީޚީ ސެމީ ފައިނަލެއްގެ ރެކޯޑެއް

އިންގްލެންޑްގެ ކުޅުންތެރިން މެޗުގައި އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ

ރޯމް (ޖުލައި 4) - ޔޫކްރޭން ބަލިކޮށް، އިންގްލެންޑުގެ ފުޓުބޯޅައިގެ މި ޖީލުން ތާރީޚީ ސެމީ ފައިނަލްގެ ރެކޯޑެއް ގާއިމުކޮށްފި އެވެ.

އިންގްލެންޑުގެ ފުޓުބޯޅައިގެ ތާރީޚުގައި، ބޮޑު ދެ މުބާރާތުގެ ސެމީ ފައިނަލަށް އެ ޓީމު ދަތުރުކުރި ފުރަތަމަ ޖީލަށް އިންގްލެންޑުގެ މިހާރުގެ ޖީލް ވެގެން ދިޔައީ އެވެ. ރަޝިއާގައި 2018 ގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ހެރީ ކޭންގެ ކެޕްޓަން ކަމުގެ ދަށުން ދަތުރު ކުރި އިންގްލެންޑުގެ ޓީމުން ވަނީ، ހަމަ ކޭންގެ ކެޕްޓަން ކަމުގެ ދަށުން މި ފަހަރުގެ ޔޫރޯގެ ސެމީ ފައިނަލަށް ދަތުރު ކޮށްފަ އެވެ.

އަންނަ ބުދަ ދުވަހު އަމިއްލަ ގައުމުގެ، ގައުމީ ސްޓޭޑިއަމް ވެމްބްލީގައި ކުޅޭ ސެމީ ފައިނަލް މެޗުގައި އިންގްލެންޑް ވާދަކުރާނީ ޑެންމާކާ ދެކޮޅަށެވެ.

އިޓަލީގެ ވެރިރަށް ރޯމުގެ އޮލިމްޕިކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި އިންގްލެންޑަށް ކޭން ވަނީ މެޗު ފެށިގެން ހަތަރު ވަނަ މިނެޓްގައި ލީޑު ނަގައިދީފަ އެވެ. އެ ލަނޑު އޭނާ ކާމިޔާބުކުރީ ރަހީމް ސްޓާލިން ދިން ހިތްގައިމު ޕާހަކުންނެވެ. ސްޓާލިން ދިން ޕާސް ލިބިގަނެ ކޭން ވަނީ އޮފްސައިޑް މަޅިން ސަލާމަތްވެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވައިލައިފަ އެވެ.

މެޗުގައި އިންގްލެންޑަށް ދެ ލަނޑު ޖަހައިދިން ކެޕްޓަން ކޭން--- ފޮޓޯ: އޭއެފްޕީ

ފުރަތަމަ ހާފުގައި، އިންގްލެންޑުގެ ގޯލަށް ނުރައްކާތެރި ހަަމަލާއެއް ފޮނުވައެއް ނުލެވުނެވެ. ދެ ވަނަ ހާފު ފެށިގޮތަށް ފުރަތަމަ މިނިޓް ތެރޭގައި ހެރީ މެގްއާ އިންގްލެންޑުގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްދިނެވެ. އޭނާ ލަނޑު ޖެހީ ލޫކް ޝޯ ހުރަސްކޮށް ދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

އޭގެ ހަތަރު މިނިޓް ފަހުން އަނެއްކާވެސް ޝޯ ނެގި ހުރަސް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން އިންގްލެންޑުގެ ތިން ވަނަ ލަނޑު ކޭން ކާމިޔާބު ކުރި އެވެ. އޭގެ ފަހުން ހެޓްރިކް ހަދާނެ ފުރުސަތު ވެސް ކޭން އަށް ލިބުނެވެ. އޭރިއާ ބޭރުން އޭނާ ފޮނުވާލި ބޯޅަ ޔޫކްރޭނުގެ ކީޕަރު ހީރޯހީ ބުޝްޗާން އަތުން ޖަހައި ކޯނަރަކަށް ބޭރުކޮށްލީ އެވެ.

އިންގްލެންޑްގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ ޖޯޑަން ހެންޑަސަން އެވެ. މޭސަން މައުންޓް ދިން ބޯޅައިން ހެންޑަސަން ބޮލުން ލަނޑު ޖެހީ 63 ވަނަ މިނެޓުގަ އެވެ.

3 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 10%
icon angry icon angry 10%
icon wow icon wow 10%
icon inlove icon inlove 30%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

w6mKx6*zuK!6މ

04 July 2021

ޝާބަޝް ބޭޓާ ޝާބަޝް އިންގްލޭންޑް ގޯ ވިން ޕްލީސް

The name is already taken The name is available. Register?

ކޭންސް

04 July 2021

ބަލަން އެންމެ ފޫހިވި މެޗް

The name is already taken The name is available. Register?

ލިލްކޮ

04 July 2021

މީ އިންގްލެންޑްގެ ފަހަރެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454