ތުއްތުއިރު ފައިދާހުރި ކާނާ ނުދޭނަމަ ޒުވާން އުމުރުގައި ސިއްހީ މައްސަލަތައް ދިމާވޭ
11 ފެބުރުއަރީ 2018 - 06:24
ޕްރީ ސްކޫލަށް ދާ އުމުރުގެ ކުދިންގެ ހަށިގަނޑަށް ބޭނުންވާ ފައިދާހުރި ކާނާ ނުލިބޭ ނަމަ މި ކުދިން ޒުވާން އުމުރަށް އަޅާއިރު ކަންފަތަށް ނީވުމުގެ މައްސަލަތައް ދިމާވުން ދެ ގުނަ އިތުރު ކަމަށް ތަޖުރިބާކާރުން ބުނެފި އެވެ. އަދި ކުޑައިރު މާ ހިކި އަނަރޫފަކޮށް ތިބޭ ކުދިންނަށް ވެސް މި ނުރައްކާ ވަރަށް ބޮޑެވެ.
ފަހުގެ ހޯދުމަކުން ހާމަވެފައިވާ ގޮތުގައި ފައިދާހުރި ކާނާ ކުދިންނަށް ދިނުމަކީ ކަންފަތް ބީރުވުމަށް މެދުވެރިވާ މައްސަލަތަކުން ސަަލާމަތް ވާނެ ކަމެކެވެ.
ޖޯން ހޮޕްކިންސް ޔުނިވަސިޓީގެ ޕްރޮފެސާ ކީތު ވެސްޓް ޖޫނިއާ ވިދާޅުވީ މީހުންނަށް ދިމާވާ ނުކުޅެދުންތެރިކަމުގެ ތެރެއިން ކަންފަތަށް ނީވުމަކީ ހަތަރު ވަނައަށް އެންމެ އާންމު މައްސަލަ ކަމަށެވެ. އަދި މި މައްސަލަ ދިމާވާ 80 ޕަސެންޓް މީހުންނަކީ ފަގީރު ނުވަތަ އާދައިގެ ގޮތަކަށް ދިރިއުޅުމުގެ ހާލަތު ހުންނަ މީހުންކަން ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
އެމެރިކަން ޖާނަލް އޮފް ކްލިނިކަލް ނިއުޓްރިޝަންގައި ޝާއިއުކޮށްފައިވާ މި ހޯދުމަށް ސައިންސްވެރިން ބަލާފައި ވަނީ 2،200 ކުއްޖެކެވެ. މިއީ ފުރާވަރުގެ ކުދިންނެވެ. އޭގެ 16 އަހަރު ކުރިން އެކުދިންގެ ކެއުމުގައި ފައިދާހުރި ކާނާ ބޭނުންކުރެވިފައިވާ މިންވަރު ވެސް މި ހޯދުމުގައި ބެލި އެވެ.
ދިރާސާގެ ހުރިހާ ބައިވެރިންނަކީ ވެސް 1989 އިން 1991 އަށް ކުރިޔަށް ގެންދިޔަ ނިއުޓްރިޝަނަލް ޓްރައަލެއްގައި ބައިވެރިކޮށްފައި ތިބި ކުދިންނެވެ. މި ޓްރައަލްގައި މިކުދިންގެ ނިއުޓްރިޝަނަލް ސްޓެޓަސް ބަލާފައިވެ އެވެ.
މިކުދިންގެ ކަންފަތަށް އިވޭ މިންވަރު ޓެސްޓްކުރިއިރު މި ކުދިންގެ ތެރެއިން ކުޑައިރު ފައިދާހުރި ކާނާއިން މަހްރޫމްވި ކުދިންނަށް ކަންފަތަށް ނީވޭ މައްސަލަތައް ދިމާވާާން ފަށާފައިވާ ވަރު ދެ ގުނަ އިތުރެވެ.
އުމުރަށް ވުރެ އިސްކޮޅުން ކުރުވުމަކީ ވެސް ކަންފަތަށް ނީވުމުގެ މައްސަލަ ބޮޑުވާނެ ކަމެއް ކަމަށް ސައިންސްވެރިން ބުނެ އެވެ. މިކަން ގިނައިން ފެށެނީ މައިމީހާގެ ބަނޑުގައި ކުއްޖާ އޮންނައިރު އެވެ. އޭރުން ފެށިގެން ކުއްޖާއަށް އެކަށީގެންވާ ކާނާ ނުލިބި އެކަށީގެންވާ ވަރަށް ހަށިގަނޑު ބަރު ނޫން ނަމަ އެކުދިން ޒުވާން އުމުރަށް އަޅާއިރު އަޑުއިވުމަށް މައްސަލަތައް ދިމާވާން ފެށުން އެކަށީގެންވާ ކަމަށް ސައިންސްވެރިން ބުންޏެވެ.
މިހެންދިމާވަނީ ކަންފަތު ތެރޭގައި އުފެދެން ޖެހޭ ބައެއް ބައިތައް ފައިދާހުރި ކާނާ ނުލިބިގެން އެކަށީގެންވާ ވަރަކަށް އުފެދިފައި ނުހުންނާތީ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންޓަލިސްޓް
11 February 2018
ކުޑައިރު ލިބޭނޫންތޯ މަންމަކައިރިން ކިރު ،،،،، އެއީ ގާތްގަޑަކަށް ހުރިހާ އެނިމަލްސްގެވެސް ސިސްޓަމްނޫންތޯ ،،،،،، ގުދުރަތީ ނުޒާމްއޮންނަނީ އެހެނޭ ،،،، އޭގެ ފަހުން އޭތިމީތި ކައިގެން ބޮޑުވެ އުޅޭ ،،،، ހުސް ބަބުކޭލާޢި ރޮއްޓާއި ކައިގެން ބޮޑެތިވި ކުދީންވެސް އުޅޭ ،،، ހިމިމަހާޢި ކާއްޓާއި ކައިގެން ވެެސް ،،، އެމީހުނެއް ބީރެއްނުވޭ ،،،،، އެހެންވީމައި ރަގަޅުކާނާ ޑިފައިންކުރަން ފުރަތަމަ މިޖެހެނީ ،،،،، އޭގެފަހުން ތިޔަވާހަކަ ދެއްކޭނީވެސް ،،،،، ލަންކާގެ ޖަންގަލީގައި އެބައުޅޭ މަސްދުވަސް ވިޔަސް ނުކައި އުޅޭބައެއްވެސް ،،،، އެހެންވީމައި ކެއުމަކީ ޒާތެއްގެ ކަމެށް ،،، އެއީ އިނާރޖީހޯދަންކުރާކަމެށް ،،، ސަންގެ އެނާރޖީ ގަސްގަހާގެހިން އަހަރުމެންނަށް ޓަރާންސްފަރވަނީ ،،، ހަމައެގޮތުން އޭންޝަންޓް ޒަމާނުގައި ޕްރާނާ ބްރީތިންގް ގައި އުޅުނުމީހުން ނުޖެހޭ ކާކަށް ،،، އަދި ސަންއީޓާސް މިހާރުވެސް އުޅޭ ،،، ވީމާ ކެއުމަކީވެސް ޒާތެއްގެ ކަމެށް ،،،، މައައްސަލާމާ