09 ސެޕްޓެމްބަރ 2019 - 07:58
ބަރުދަން ލުއިކޮށް، ހިކެން ބޭނުންވާ މީހުންގެ ޑައިޓަށް ގެންނަ ބަދަލުގެ ލިސްޓްގެ ކުރިއަށް އޯޓްސް އައުމަކީ ވަރަށް އާންމުކަކެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. މިއީ ފައިދާތައް ގިނަ އެއްޗެކެވެ. ކާލަން އެހާ މީރު އަދި ގިނަ ބަޔަކަށް އެހާ ގަޔާވާ އެއްޗަކަށް ނުވިޔަަސް ދުޅަހެޔޮ ސިއްހަތަކަށް އޯޓްސް އަކީ އެއްފަރާތްކޮށްލެވޭ ވަރަށްވުރެ މުހިއްމު އެއްޗެކެވެ.
ހާއްސަކޮށް ހެނދުނުގެ ނާސްތާ އަށް އޯޓްސް ބޭނުންކުރަން ސިއްހީ ތަޖުރިބާކާރުން ވެސް އިރުޝާދުދެ އެވެ. އެހެންވެ ކާހިތްވާ ކަހަލަ ގޮތަކަށް އޯޓްސް ތައްޔާރުކޮށްލައިގެން ބޭނުންކޮށްލެވިދާނެ އެވެ. ބަލަންވީ ކަމަކީ ކޮންމެ ދުވަހަކު ވެސް އޯޓްސް ކެވޭތޯ އެވެ.
މިއީ އެއިން ލިއްބައިދޭ ފަސް ފައިދާއެއްގެ ވާހަކަ އެވެ.
އޯޓަސް އަކީ ކެލަރީ މަދުން އެކުލެވޭ އެއްޗަކަށްވާތީ މިއީ ބަރުދަން ލުއިކޮށް، ހިކެން ބޭނުންވާ މީހުންގެ ޑައިޓްގައި ނުހިމަނައި ދޫކޮށްލެވޭނެ އެއްޗެއް ނޫނެވެ. އަދި ކޮންމެ ދުވަހަކު އޯޓްސް ކާ ނަމަ ލޭގައި އެކުލެވޭ ހަކުރު މިންވަރު ހަމައަކަށް އަޅުވައިދީ، ލޭގެ ޕްރެޝަރު ވެސް ހިފަހައްޓައިދޭން ބާރަކަށް ވާނެ އެވެ.
ކޮންމެ ދުވަހަކު އޯޓްސް ކާ ނަމަ ހަށިގަނޑުގެ ކޮލެސްޓްރޯލް ލެވެލް ހަމައަކަށް އަޅުވައިދޭނެ އެވެ. އޯޓްގައި އެކުލެވޭ ސޮލިއުބަލް ފައިބާ އާއި ލިނޯލީކް އެސިޑްގެ ސަބަބުން ހަށިގަނޑުގެ ނާރުތައް ސާފުކޮށްދީ، ލޭ ދައުރުވާން ބާރު އަޅަ އެވެ.
މީގެ ސަބަބުން ލޭގައި އެކުލެވޭ ބޭޑް ކޮލެސްޓްރޯލް ނައްތައިލަދީ، ހާޓްއެޓޭކާއި ސްޓްރޯކް ޖެހުން ގަދަ ސިއްހީ މައްސަލަތަކުން ވެސް ރައްކާތެރިކޮށް ދޭން އެހީއަކަށްވެ އެވެ.
އޯޓްގެ އެންމެ ހާއްސަ ކަމަކީ މިއީ ޕްރޮޓީނުން މުއްސަނދިވެފައިވާ ކެއުމަކަށްވުމެވެ. ބައެއް ދިރާސާތާތަކުން ގޮތުގައި ދުވާލެއްގެ މައްޗަށް 8 މޭޒުމަތީ ސައިސަމުސަލުގެ އޯޓް ކެއުމަކީ އެ ދުވަހަކަށް ބޭނުންވާ ޕްރޮޓީނުގެ 15 ޕަސެންޓް ލިއްބައިދޭނެ ކަމެކެވެ.
ވިޓަމިން އީ އަކީ ވެސް އޯޓްގައި މަތީ މިންވަރަށް އެކުލެވޭ އެއްޗަކަށްވާތީ މީގެ ސަބަބުން އޯޓްސް ކެއުމުން ހަށިގަނޑުގެ މަސްތަކަށް ދިރުން އަންނާނެ އެވެ.
ހިތުގެ އެކި ކަހަލަ މައްސަލަތައް ހުންނަ މީހުންނަށް އޯޓަކީ ކޮންމެ ދުވަހަކު ވަރަށް މުހިއްމު އެއްޗަކަށް ވާނެ އެވެ. އޯޓަކީ ގިނަ އަދަދަކަށް އެންޓިއޮކްސިޑަންޓްސް އެކުލެވޭ އެއްޗަކަށްވާތީ ގަވައިދުން އޯޓް ބޭނުންކުރުމުން ހިތުގެ މައްސަލަތަކުން ދުރުކޮށްދޭން ބާރަކަށްވެ އެވެ.
ހަމަމިއާ އެކު އޯޓްގައި ހިމެނޭ ބީޓާ-ގުލުކަން އާއި ވިޓަމިން ސީގެ ސަބަބުން ލޭގެ ހަކުރު ލެވެލް ކޮންޓްރޯލްކޮށްދެ އެވެ.
އާންމުކޮށް އޯޓްސް ކާ ނަމަ ގައިގެ ހަންގަނޑު އުޖާލާކޮށްދީ، އޮމާންކޮށްދޭން ވެސް ބާރު އަޅަ އެވެ.
އޯޓަސް އަކީ ގިނަ އަދަދަކަށް ފައިބާ އާއި ވިޓަމިންގެ މާއްދާތައް އެކުލެވޭ އެއްޗަކަށްވާތީ އޯޓްސް ކެއުމުން، ހަންގަނޑުގައި ހުންނަ ޒަހަމްތައް ވެސް އަވަހަށް ފަސޭހަކޮށްދޭން ވެސް ބާރު އަޅަ އެވެ. އަދި މިއީ ހަންގަނޑު ކެހުމާއި ރަތްވުމާއި ކުރަކިވުން ފަދަ ކަންކަމުން ވެސް ރައްކާތެރިކޮށްދޭނެ ކަމެކެވެ.
އޯޓްސްގައި މަތީ މިންވަރަކަށް ޒިންކް އެކުލެވޭތީ މީގެ ސަބަބުން ހަންގަނޑު ޑިޓޮކްސިފައިކޮށްދީ، ރިޖުނެވޭޓް ވެސްކޮށްދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޯޓްސް
10 September 2019
ދުވަސްކޮޅެއް ފަހުން ބުނާނެ އޯޓްސް ކެއިމަ ކެންސަރ ޖެހޭނޭ!
ތެދުތެދު
09 September 2019
ސަޅި..ދެން ކާނީ ހުސް އޯޓުސް އެވެ.