ނިކޯލް ކިޑްމަން އާއި ހިއު ގްރާންޓް: "ދި އަންޑުއިން" ގައި އެކީގައި ފެނިގެން ދާނެ.
17 ނޮވެމްބަރ 2018 - 06:38
ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ނިކޯލް ކިޑްމަން އާއި ހިއު ގްރާންޓް އެޗްބީއޯގެ މިނީ ސީރީޒަކަށް ސޮއިކޮށްފި އެވެ.
ކިޑްމަން ޕްރޮޑިއުސަރެއްގެ ޒިންމާ ވެސް ނަގާ، ހަ އެޕިސޯޑްގެ ސީރީޒްގެ ނަމަކީ "ދި އަންޑުއިން" އެވެ. މިއީ ޖިއަން ހަންފް ކޮރެލިޒް 2014 ގައި ލިޔެފައިވާ ވާހަކަ "ޔޫ ޝުޑް ހޭވް ނޯން" އަށް ބިނާކޮށް ހަދާ އެއްޗެކެވެ. މީގައި ކިޔައިދެނީ ފިރިމީހާ އާއި ދަރިފުޅާ އެކު އުޅެމުން އަންނަ ތެރަޕިސްޓެއްގެ ފިރިމީހާ ކުއްލި ގޮތަށް ވީނުވީއެއް ނޭނގި ގެއްލި، ދިރިއުޅުން އެފުށްފުށަށް ޖެހޭ އަންބެއްގެ ވާހަކަ އެވެ.
ކިޑްމަން އާއި ގްރާންޓް "ދި އަންޑުއިން" ގައި ކުޅޭނީ ދެމަފިރިންގެ ރޯލެވެ. މިއީ މި ދެ ތަރިންގެ ޖޯޑު އެކުގައި ފެންނާނެ ފުރަތަމަ ފަހަރެވެ.
Susanne Bier To Direct Nicole Kidman In ‘The Undoing,’ A HBO Limited Series https://t.co/06QJ743Klx pic.twitter.com/3uWTmPotrv
— The Playlist 🎬 (@ThePlaylist) November 8, 2018
ދަ ޕްލޭލިސްޓްގެ ޓްވީޓެއް.
ކިޑްމަންގެ ފިލްމު ކުންފުނި ބްލޮސަމް ފިލްމްސް އިން ކޯ ޕްރޮޑިއުސްކޮށް، އޭނާ އެކްޒެކެޓިވް ޕްރިޑިއުސަރެއްގެ ރޯލު ވެސް އަދާ ކުރާ "ދި އަންޑުއިން" ޑައިރެކްޓް ކުރާނީ އަ ސެކެންޑް ޗާންސް (2014) އާއި ސެރީނާ (2014) އަދި ލަވް އިޒް އޯލް ޔޫ ނީޑް (2012) ފަދަ ފިލްމުތައް ގެނެސް ދިން ސޫޒަން ބަޔާ އެވެ.
"ބްރިޖެޓް ޖޯންސް ޑައިރީ" އާއި "ލަވް އެކްޗްލި" އަދި "ނޮޓިން ހިލް" ފަދަ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ގްރާންޓް "ދި އަންޑުއިން" އަށް ސޮއި ކުރި އިރު އޭނާ ދާދި ފަހުން ވަނީ ގައި ރިޗީގެ ފިލްމު "ޓޮފް ގައިޒް" އަށް ވެސް ސޮއިކޮށްފަ އެވެ. އަދި އެމެޒޯން އިން މިހާރު ސްޓްރީމް ކުރާ ވެބް ސީރީޒް "އަ ވެރީ އިންގްލިޝް" ސްކޭންޑަލް" އިން ވެސް ގްރާންޓް ފެނިގެންދެ އެވެ.
ކިޑްމަން، 51، ގެ އެންމެ ފަހުގެ ފިލްމަކީ މި މަހު 2 ގައި ރިލީޒް ކުރި "ބޯއި އިރޭޒްޑް" އެވެ. އަދި އަންނަ މަހުގެ 26 ގައި ރިލީޒް ކުރާ "އެކްމޭން" އިން ވެސް އޭނާ ފެނިގެން ދާނެ އެވެ.
އެޗްބީއާ އެކު އާ ސިލްސިލާއެއްގެ މަސައްކަތް ފަށަން ކިޑްމިން ނިންމި އިރު، އޭނާ މުހިއްމު ރޯލެއް ކުޅެފައިވާ "ބިގް ލިޓްލް ލައިސް" އަކީ ވެސް އެޗްބީއޯ އިން ގެނެސް ދީފައިވާ އެއްޗެކެވެ. މީގެ ދެވަނަ ސީޒަން އަންނަ އަހަރު ގެނެސް ދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިސްވޭއޭ
17 November 2018
ނިކޯލް ކިޑްމަން އަކީ އެއީ ހޮލީވުޑް ގައި ތިބި އެކްޓްރެސް ތަކުގެ ތެރޭން އެންމެ އެކްޓް ރަނގަޅު އެއް އެކްޓްރެސް އޭނާ އެޗްބީއޯގެ ސީރީޒް އެއްގައި ސޮއި ކުރުން އެއީ މަމެން އުފާ ކުރާ ކަމެކޭ ނިކޯލް ކިޑްމެން ކުޅެފައިވާ ފިލްމްސް ތައް މަމެން ބަލާ ފޫހިނުވޭ ދައްކާދީފައިވާ އެކްޓް މޮޅު ކަމުން އަދި ނިކޯލް ކިޑްމަން އަކީ ހޮލީވުޑް ގައި ތިބި އެކްޓްރެސް ތަކުގެ ތެރޭން އެންމެ އަޚްލާޤު ރަނގަޅު އެއް އެކްޓްރެސް އެވެ.