31 އޯގަސްޓް 2019 - 08:54
އާނޯލްޑް ޝްވެޒްނެގާއާ ނުލައި "ޓާމިނޭޓާ" ސީރީޒްގެ ފިލްމުތަކެއް ބެލުންތެރިންނަށް ކަމަކު ނުދާނެ އެވެ. މި ސީރީޒްގެ ފަސް ފިލްމެއް މިހާތަނަށް ގެނެސްދީ، އޭގެ ތެރެއިން އެއް ފިލްމު ވަނީ އާނޯލްޑް، 72، ނުލައި ވެސް ގެނެސް ދީފަ އެވެ. އެއީ 2009 ގެ "ޓާމިނޭޓާ ސަލްވޭޝަން" އެވެ. އެ ފިލްމު ރިލީޒްކުރި އިރު އޭނާ އޭރު ހުރީ ކެލިފޯނިއާގެ ގަވަރުނަރުގެ މަގާމުގަ އެވެ.
އެކަމަކު މި ސީރީޒްގެ ފަސް ވަނަ ފިލްމު "ޓާމިނޭޓާ: ޖެނެސިސް" 2015 ގައި ގެނެސްދިނީ އާނޯލްޑާ އެކީގަ އެވެ. މީގެ ކުރިއަށް އޮތް ފިލްމު އަދި ހަ ވަނަ ފިލްމަކީ ހަމަ ގައިމު ވެސް ފޭނުން އުފާކޮށްދޭނެ ފިލްމަކަށްވާނެ އެވެ.
Watch the official trailer for #TerminatorDarkFate and 🖤 this Tweet to be the first to see exclusive content before anyone else.
— Terminator: Dark Fate (@Terminator) August 30, 2019
Stay tuned for updates leading to premiere day 11.1. pic.twitter.com/ghht4IxyfQ
"ޓައިޓޭނިކް" އާއި "އެވެޓާ" ފަދަ ކާމިޔާބު ފިލްމުތައް ވެސް ގެނެސްދިން ޖޭމްސް ކެމެރެން ޕްރޮޑިއުސްކޮށްދޭ "ޓާމިނޭޓާ: ޑާކް ފޭޓް" ގެ ޓްރެއިލާ ވެސް މިހާރު ވަނީ ނެރެފަ އެވެ.
ޑިޒްނީ އާއި ޕެރަމައުންޓް ގުޅިގެން ގެނެސްދޭ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 1 ގަ އެވެ. ގާތްގަނޑަކަށް 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ "ޓާމިނޭޓާ: ޑާކް ފޭޓް" ޑައިރެކްޓްކޮށްފައި ވަނީ 2016 ގެ "ޑެޑްޕޫލް" ގެނެސް ދިން ޓިމް މިލާ އެވެ.
އާނޯލްޑާ އެކު މި ފަހަރު ކާސްޓުން ފެންނާނެ ތަރިންގެ ތެރޭގައި ލިންޑާ ހެމިލްޓަން، މެކެންޒީ ޑޭވިސް، ނަޓާލިއާ ރެޔެޒް، ގެބްރިއެލް ލޫނާ، ޑިއެގޯ ބޮނޭޓާ އަދި އެޑްވަޑް ފަލޯންގް ހިމެނެ އެވެ.
ސައިންސް ފިކްޝަން އެކްޝަން ފްރެންޗައިޒެއްގެ ގޮތުގައި ގެނެސްދޭ "ޓާމިނޭޓާ" ގެ ފުރަތަމަ ދެ ފިލްމު ޑައިރެކްޓްކުރީ ކެމެރެން އެވެ. އެއީ 1984 ގެ "ދަ ޓާމިނޭޓާ" އާއި 1991 ގެ "ޓާމިނޭޓާ: ޖަޖްމަންޓް ޑޭ" އެވެ.
އާނޯލްޑް އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ މި މަހުގެ 16 ގައި ޗައިނާގައި ރިލީޒްކުރި ފެންޓަސީ އެޑްވެންޗަ ފިލްމު "ޖާނީ ޓް ޗައިނާ: ދަ މިސްޓީރިއަސް އޮފް އަޔަން މާސްކް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޣަަފފ
31 August 2019
ޓާމިނޭޓަރ 2 ވަރެއްނެތް..