އެންޕީއެޗްޑީ ކުންފުނިން ތަރައްގީ ކުރާ އަކުއާ ވިސްޓާ އެޕާޓްމަންޓްގެ ޑިޒައިން އިފްތިތާހު ކޮށްދީފި. -- ފޮޓޯ: ހުސެން ވަހީދް.
14 ނޮވެމްބަރ 2018 - 11:22
ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ އެންޕީއެޗުން ހުޅުމާލޭގައި ތަރައްގީ ކުރާ ޒަމާނީ އެޕާޓްމަންޓް ކޮމްޕްލެކްސް، އަކުއާ ވީޓާ ރެސިޑެންސީގެ ޑިޒައިން ރޭ އިފްތިތާހުކޮށްފި އެވެ.
ހުޅުމާލޭގައި ދުވާ ޓްރެކް އަޅާފައިވާ ދަނޑުގެ އުތުރު ފަރާތުގައި އޮތް ހުސް ބިމުގައި ހަދާ މި އެޕާޓްމަންޓްގެ ޑިޒައިން އާންމުކޮށް ދައްކާލެއްވީ އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތުގައި އެންޕީއެޗް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރު ޕްރަސާން ލިއަނަގޭ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ލިއަނަގޭ ވިދާޅުވީ އެ އެޕާޓްމަންޓްތަކުގެ ޑިޒައިން ފަރުމާކުރީ ރާއްޖޭގެ ސަގާފަތާއި ގުދުރަތީ ރީތިކަމަށް ބަލާފައި ކަމަށެވެ.
އެންޕީއެޗް ކުންފުނިން ހުޅުމާލޭގައި ތަރައްގީ ކުރާ އަކުއާ ވީޓާ ރެސިޑެންސީ އެޕާޓްމަންޓްގެ ޑިޒައިން. -- ފޮޓޯ: ހުސެން ވަހީދު/ މިހާރު
އަކުއާ ވީޓާ ރެސިޑެންސީގެ މަސައްކަތް ނިންމަން ކަނޑައަޅާފައި ވަނީ 2020 އަށެވެ. ކޮންމެ ފަންގިފިލާއެއްގައި އަށް އެޕާޓްމަންޓް ހުންނަ އިރު އިމާރާތުގެ ހުސް މިނަކީ 14 ބުރި އެވެ.
ދެ ބެޑްރޫމް އާއި ތިން ބެޑްރޫމްގެ އެޕާޓްންޓްތަކުގެ ފެށޭ އަގު އުޅެނީ 3.1 މިލިއަން ރުފިޔާގަ އެވެ. އެޕާޓްމަންޓް ގަތުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.
މި ތަނުގައި ސުވިމިން ޕޫލާއި، އެންމެ ޒަމާނީ ޖިމްއަކާއި ކްލަބް ހައުސްއެއްގެ އިތުރުން، ޕާޓީ ހޯލެއް ވެސް ހިމެނެ އެވެ.
އެންޕީއެޗުން ހުޅުމާލޭގައި ތަރައްގީކުރާ އަކުއާ ވިސްޓާ އެޕާޓްމަންޓްގެ ޑިޒައިން. -- ފޮޓޯ: ހުސެން ވަހީދް.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަންބުއްދި
14 November 2018
އަހަރެމެން ހުޅުމާލެ ތަރައްގީ ކުރެވުނު ކަމަށް ބަލާނީ ފިއުޗުރިސްޓިކް ސިޓީ އެއްގޮތަށް ހުޅުމާލެ ތަރައްގީކުރެވި އަތްފޯރާ ފަށަށް ބޯހިޔާވަހިކަން ތިރިވެގެން.އަހަރމެން ބޭނުމެއް ނުވޭ އޮޅުދޫކަރައިގެ މީހުން ހާވާ ހަޑިބަލާކަށް.ހުޅުމާލޭގަ ޓްރަމްޕް ޓަވަރެއް އަޅާލަބަލެ ކެރެންޔާ
ފޫހި
14 November 2018
ކީއްވެތަ ބޭރުގެ ކުންފުނިތަކަށް މިއޮށްކުޑަ ބިންކޮޅުން ރިއަލްއެސްޓޭޓް ކުރަން ބިންދެނީ. ދިވެހިންނަށް ބިން ވަނީ ރަނަށްވުރެ ވެސް ތަދު އެއްޗަކަށް. އެކަމަކު މިމީހުންނަށް ބިންލިބޭ. ވަރަށް ފޫހިވޭ.
ކައްތުބޭ!
14 November 2018
ތިއަޅާ "ލަގްޒަރީ އެޕާރޓްމަންޓް" ޖެކްޕޮޓަކައް ވެނިމިއްޖެދޯ. އާއެހެންނާ ކޮންމެބަޔަކުވެސް މޮޅައް މޮޑެލްހަދާފަ ޕްރެޒެންޓްކޮއްލުމައްފަހު ކްލައަންޓުންގެ ހިތްޖައްސުވާ އެޑްވާންސްކޮޅު ލިބުމުން ބަހަބަރުވިއްޔަ ވަނީ. ސީލައިފެއް އެހެންލައިފެއް ކިޔާނެކަނެއްނެތް ތިޔަ "ލަގްޒަރީ އެޕާރޓްމަންޓް" އަޅާ ހުރިހާއެންމެންވެސް އެއްހާލެއްގަވަނީ. ދަމާސް، އެޕޯލޯ، އެން.ޒީ އެޕާރޓްމަނޓް ދޭންބުނިދުވަސް ފަހަނައަޅާ ދާންގާތްވެފަ ވާއިރު އަދި މިތަންތަނައް ވަދެވޭނެ ދުވަހެއްވެސް ނޭގޭ.
މޫސާ މުރާދު
14 November 2018
ކޮބާ ސީލައިފް މީހުން..؟ އަނެއްކާ އަނެއް ބަޔެއް... ކޮބާ އަހަރުމެންގެ ފްލެޓް..؟ ކޮބާ އެޗްޑީސީ.. ކޮބާ ފުލުހުން.. ކޮބާ އޭސީސީ... ؟ މިތިބަގެން ބަޔަކު ހަލާކުވެ ނިމިދަނީ... އަޅާލާނެ ފަރާތެއް ދާނެ ދިމާލެއް ނޭގިފަ... ރައިސު މީހާ ބިންގާ އެޅީމަ ފުލެޓް ދެވުނީ ކަމަށް ހީކުރެއްވީ ތޯ..؟
ބިލެއްބެ
14 November 2018
ކޮބާހޭ ގުޅީފަޅު
ޝައިނާ
14 November 2018
ތިގަން ނަން ބޭނުމެއް ނޫން. ރާއްޖެގެ ވެރިމީހާ ވަނީ 7000 ފްލެޓް އަޅުއްވަން ފައްޓަވާފަ. ޤަބޫލު ކުރިއަސް ނުކުރިޔަސް އެއީ ވަރަށް ގިނަ މީހންގެ ބޯހިޔާ. ޝުކުރިއްޔާ ރައިސް ޔާމީން
އެން÷ޕީ އެޗް
14 November 2018
ސިލޯނުގެ އެން ޕީ އެޗް އާ ރާއްޖޭގެ ނަސަންދުރަ ހަދާ އެން ޕީ އެޗް އާ އެއްވެސް ގުޅުމެއްވޭތަ؟؟؟
އިދުރީސް ހަސަން
14 November 2018
ސީލައިފް މީހުން ހެދި ހެން މިމީހުންވެސް ހަދާނީ.. ފައިސާ އަތުލައިގެން ފިލާނީ.. ކޮބާ ހޭ މަގޭ ފްލެޓް ސީލައިފް މީހުން ކޮބާ... ފުލުުހުން ކީއްވެ މައްސަލަ ބަލާނުދީގެން އުޅެނީ..! އެޗްޑީސީން ކިއްވެ އެމީހުންގެ މައުލޫމާތުވެސް ނުދީގެން އުޅެނީ..! ކޮބާ ޒިންމާ ވަނީ ކާކު..؟ އާދޭސް މިކުރީ މިކަން ބަލާދީ އޭސީސީ..؟
ޔުނުސް22
14 November 2018
ހުރިހާއެންމެންގެ ހާލަކީވެސް ތިއީ! އެން.ޒީ އެޕާރޓްމަނޓްސް އެޑްވަންސައް މިލިއަނުން ދައްކައިގެން ތިބޭތާ އަހަރަކައްވުރެ ދުވަސްވީއިރު މަސައްކަތްދާގޮތުން އެތަނެއް ލިބޭނެކަމާދޭތެރޭވެސް ޝައްކު! މީހަމަ އެޗް.ޑީ.ސީ ގެ މައްސަލައެއް. އެއީ ޤާބިލް ނޫންފަރާތްތަކައް ބިންދީގެން އެޑްވާންސް ފައިސާ ނެގުމުގެ ހުއްދަ ދޭފަރާތަކީ އެޗް.ޑީ.ސީ ކަމުގައި ވާތީ!
އަމީލް
14 November 2018
އުފާވެރި ހަބަރެއް.
ހަސަން ކޮއި
14 November 2018
ސީލައިފް މީހުން ނަކީވެސް އެޗްޑީސީން ބައިވެރިވެ، ބިންދީގެން ރައީސް ބިންގާއަޅައިގެން ފެށިބައެއް.. މިހާރު އެތައްބައެއްގެ ފައިސާ ނަގައިގެން ފިލީ.. އެއީ ދިވެހީން ހޯދާނުފެނިގެން މިއުޅެނީ.. މީއަދި ލަންކާ މީހުން މިމީހުން ޚަބަރެއް އަމުދަކުން ނުވާނެ... ކިހާވަރެއްގެ ޑިޕޮސިޓެއް ސަރުކާރުގައި ބެހެއްޓީ.. އެހެން ނޫނީ އަހަރުމެން އެޑްވާންސް ޕޭކުރީމަ ފިލާނެ ލާރިކޮޅު ހިފައިގެން.. ސީލައިފް ގެ މައްސަލަ ޕޮލިހުންވެސް ، އޭސީސީންވެސް އަދި އެޗްޑީސީންވެސް ބަލައި ނުދިން.
ލަންކާ
14 November 2018
ގުޅީފަޅު ޕްރޮޖެކްޓްގައިވެސް އުޅުނީ ލަންކާ ކުންފުންޏެއް
ރަޝީދު އ
14 November 2018
ތިގޮތަށް އެޗްޑީސީން ބިންދީގެން ރައީސް ޔާމީން ބިންގާ އަޅުއްވާއިދެއްވައި، ބޮޑެތި އޮފީހާއި ވެބަސައިޓް ހަދައި ޓީވީ ރޭޑިޔޯއިން އިޝްތިހާރު ކޮށް ނޫސްތަކުގައި ޖަހައިގެން 191 ފަރާތެއް ގެ އަތުން 15މިލިޔަން ރުފިޔާ ނެގި " ސީލައިފް ޕވޓ ލޓޑ " ކިޔާ ކުންފުންޏަކުންވެސް. 2014ވަނަ އަހަރު. އަދި މިއަދާއި ހަމަޔަށް ބިން އޮތީ ހުހަށް ފައިސާދިން މީހުން އެޔޮތް ގަން ހިގަނީ.. ދެނަހުރި މީހަކު އަޅާލާ މުވއްސަސާއެއް ނެތް... ތީ އަނެއް ކާ އަނެއްތަން ހަމަވާނީ ކުރީންވެސް ވިހެން