20 ފެބުރުއަރީ 2020 - 07:03
ލޯބިވެރިއަކު ހޯދައިދޭ މީހަކަށް އެމެރިކާ ފިރިހެނަކު 25،000 ޑޮލަރުގެ އިނާމެއް ހުށަހަޅައިފި އެވެ.
ކެންސަންސްގައި ދިރިއުޅޭ 47 އަހަރުގެ ޖެފް ޖެބާޓް ބުނީ ހިތްއެދޭ ކަހަލަ ލޯބިވެރިއަކު ހޯދަން އެތައް ގޮތަކަށް މިހާރު މަސައްކަތްކުރެވިއްޖެ ކަމަށާއި އެކަމަކު ކަމުދާ ކަހަލަ މީހަކާ ދިމާނުވެ، ވަރުބަލިވެފައިވާ ކަމަށެވެ. އެހެންވެ މިހާރު ބޭނުން ވަނީ އެހެން މީހަކު ލޯބިވެރިއެއް ހޯދައިދޭން ކަމަށާއި އެކަންކޮށްދޭ މީހަކަށް 25،000 ޑޮލަރު (386,250ރ.) ދޭން ތައްޔާރަށް ހުރި ކަމަށް ބުންޏެވެ.
މިކަމަށް ހާއްސަކޮށްގެން ޖެގް ވަނީ "ޑޭޓް ޖެފް ޖީ." ގެ ނަމުގައި ވެބްސައިޓެއް ވެސް ލޯންޗްކޮށްފަ އެވެ. އޭގައި އޭނާ ބުނީ ހޯދައިދޭ ލޯބިވެރިޔާ އަކީ ކަންކަމާ ދޭތެރޭ ވަރަށް ހުޅުވިފައިވާ ސިކުނޑިއަކުން ވިސްނާ މަޖާ މިޒާޖުގެ ރީތި މީހަކަށް ވާން ޖެހޭނެ ކަމަށެވެެ.
"މި ހޯދާ މީހަކީ އަހަންނާނާ އެކު އުމުރުގެ ބާކީ އޮތް ތަނުގައި އެކީގައީ ވަރަށް ލޯބިން އުޅޭނެ ބައިވެރިއެއް،" ޖެފް ބުންޏެވެ. "އަދި އެ މީހަކީ އަހަންނާ ހިޔާލު އެއްގޮތް މީހަކަށްވުން ވެސް މުހިއްމު."
މީގެ އިތުރުން ލޯބިވެރިޔާ އަކީ ހިތްހެޔޮ، މީހުންނަށް އަޅާލާ އަދި ކުއްތާ ދެކެ ލޯބިވާ މީހަކަށް ވާން ޖެހޭނެ ކަމަށް ބުންޏެވެ. ޖެފް ބުނީ އޭނާ އަކީ ކުއްތާ ދެކެ ވަރަށް ލޯބިވާ މީހެއް ކަމަށެވެ.
އޭނާ ބުނީ އޭނާ ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ ލޯބިވެރިއެއް ހޯދައިދޭ މީހަކަށް ފައިސާގެ އިނާމެއްދޭ އިރު، ލޯބިވެރިއަކަށް ވާން ބޭނުންވާ އަންހެނުންނަށް ވެސް ވެބްސައިޓް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ. އެކަމަކު އެ މީހަކަށް ފައިސާގެ އިނާމު ހައްގެއް ނުވާނެ އެވެ.
އެގޮތުން ނަންތައް ހުށަހަޅާ އަންހެނުންގެ ތެރެއިން ޖެފަށް ކަމުދާ ބަޔަކު ނޮމިނޭޓްކުރުމުގެ ކުރިން ކުރިމަތިލާ މީހުންނާ ބެހޭ ގޮތުން ސާވޭއެއް ވެސް ހަދާނެ ކަމަށް ބުންޏެވެ.
ޖެފް ބުނީ ލޯބިވެރިއަކު ހޯދައިދޭ މީހަކަށް ދޭން ނިންމި 25،000 ޑޮލަރު ދޭނީ ލޯބިވެރިޔާ އަކީ އޭނާ އެންމެ ގަޔާވާ ކަހަލަ މީހެއްތޯ ކަށަވަރުކުރަން އެ މީހަކާ އެކު އަހަރު ދުވަހު ޑޭޓްކުރުމަށް ފަހު ކަމަށެވެ. އަދި ފައިސާ ދޭނީ އިންސްޓޯލްމަންޓަށް ބަހާލައިގެން ކަމަށް ބުންޏެވެ. އެގޮތުން އަދަދު ހަމަވަންދެން ކޮންމެ ފަހަރަކު ދޭނީ 5،000 ޑޮލަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން މަނިކު
20 February 2020
ކަލޭ ލޯބިވާ މީހަކު ކަލޭ ހޯދާ. އަހަރެމެންވެސް ލޯބިވެރިން ހޯދަނީ އަމިއްލަޔަށް. އެއީ ފަސޭހަ ކަމެއްނޫން. މަވެސް ތިޔަވަރަށް ދީފާނަން. ތިހާ ފުރިހަމަ ކުއްޖަކު އުމުރު ދުވަހަށް ލިބިއްޖެނަމަ.
ވިގޫތާކިހާ
20 February 2020
ތިއުޅެނީ ކޮންމެވެސް އެއްޗެކޭ ކިއާ ކޮންމެ އަހަރަކު ވަކި ކުއްޖަކާ ޑޭޓްކޮށް ދުނިއުމުރު ތިކަމުގަ އުޅެން، ކަލޭތިބުނާ ޑޮލަރެއްވެސް ނުލިބޭނެ، ކަލެއަށް ކަލޭ ކަމުދާ މީހާކާ ދިމަވީކަމަށްވެސް ނުވާނެ. މީ ކަލޭ ކުޅެން ބޭނުވާ ގޭމެއް.
ވާވާ
20 February 2020
ކަލޭ ތިޔައީ ވަސްވާސް ވެފަ ހުރި މީހެއް.
ޖެފް ދެލެ ލޯބިވާ
20 February 2020
ލޯބި ވެރިޔަކު ހޯދައެެއް ނުދެވޭނެ އެވެ. މަށަށް ހޯދާ ދެވޭނީ މަ ލޯބިވާ މީހެކެވެ. ޖެފް ލޯބިވާ މީހާ މަށަށް އެގޭނީ ކިހިނެއް ތޯ އެވެ؟އެހެން ނޫނަސް ޖެފް ލޯބިވާ މީހަކު ހުރިތަނަކުން މަ ހޯދާނީ ކިހިނެއްތަ؟ ޖެފް އެމީހަކު ދައްކަން ވީނު.އޭރުން މަ އެމީހަކު ހޯދާ ފާނަމެވެ