ރީކޯ އިބްރާހިމް މަނިކު
09 އޯގަސްޓް 2019 - 11:27
ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު ރީކޯ މޫސާ މަނިކުގެ ބޭބެ، އިބްރާހިމް މަނިކު (ރީކޯ އިބްރާހިމް މަނިކޔ) މިއަދު އަވަހާރަވެއްޖެ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަން ބަދަލުކުރަން މަސައްކަތްކޮށް އޭރު އޮތް ސަރުކާރަށް ފާޑުވިދާޅުވެގެން ޖަލަށް ލެއްވި ރީކޯ އިބްރާހިމް މަނިކު، 69، ގެ ޖަނާޒާ އޮންނާނީ އަސްރު ނަމާދަށްފަހު އާސަހަރާ މިސްކިތުގަ އެވެ.
އޭނާ ވަނީ ސިޔާސީ މަސައްކަތްތައް ކުރެއްވުމަށް މޯލްޑިވިއަން ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެސްޑީޕީ) ގެ ނަމުގައި ސިޔާސީ ޕާޓީއެއް ވެސް އުފައްދަވައިފަ އެވެ. ނަމަވެސް ޕާޓީ އަށް 3،000 މެމްބަރުން ހަމަނުވެގެން އެ ޕާޓީ ފަހުން ވަނީ އުވާލައިފަ އެވެ.
"ހަވީރު" ނޫހަށް ކުރިން ދިން އިންޓަވިއުއެއްގައި އިބްރާހިމް މަނިކު ވިދާޅުވީ އޭނާގެ ބޭނުމަކީ ވެރިއަކު ވައްޓާލާފައި ވެރިކަމަށް އެރުން ނޫންކަމަށެވެ. އަސްލު ޓާގެޓަކީ ރައްޔިތުންނަށް މަގު ފަހިކޮށްދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރުން ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Majeed
12 August 2019
انا لله وانا اليه راجعون މީހަކުމަރުވުމުންބަދުނާމުވާގޮަތަށްވާހަކަދެއްކުމަކީކޮށްގެންނުވާނެކަމެއް
ފަޤީރުކޮއެ
09 August 2019
މައްޔިތާއަށް ރަހުމަތް ލައްވާށި.
ކައްލަބް
09 August 2019
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
ޢަހްސަން ފަރީދު
09 August 2019
ޢަޅުގަނޑަށް ބައްޕައެއްގެ ދަރަޖަ ދެވޭވާރުގެ ހެޔޮލަފާ ދީލަތި މަޑުމއިތިރި ސަމާސާ މިޒާޖުގެ ބޭފުޅެއް. .އިބްރާހިމް މަނިކުގެ ފާފަ ފުއްސަވައި ދެއްވާށި..އާމީން
ާއަހްސަން ފަރީދު
09 August 2019
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ މަރްހޫމް އިބްރާހީމް މަނިކުގެ ފާފަ ފުއްސަވައި، ސުވަރުގޭގެ ނިޢުމަތް މިންވަރު ކުރައްވާށި! އާމީން.
ބޮޑުހުސޭނު
09 August 2019
އިބްރާހިމް މަނިކުގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމެވެ.
ރާބޮޑޭ
09 August 2019
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ.
ކަމަކު ނުދޭ!
09 August 2019
މަރްހޫމް އިބްރާހީމް މަނިކުގެ ފާފަ ފުއްސަވައި، ސުވަރުގޭގެ ނިޢުމަތް މިންވަރު ކުރައްވާށި! އާމީން. މި ލިޔުމުގައި މީހަކު މިދުނި ދޫކުރުމުން އެވާހަކަ ގެނެސްދިނުމުގައި ބޭނުން ކޮށްފައި ވާ ޢިބާރާތްތައް އެއްގޮތަކަށް ވެސް ކަމަކު ނުދެއެވެ. އިބްރާހީމް މަނިކު ކުރެއްވެވި ކަމަކުން އެހެން މީހަކަށް ގެއްލުމެއް ވެފަކާއެއް ނެތެވެ. ވީކަމެއްވީ އޭނަޔަށާ އޭނަގެ ޢާއިލާ އަށެވެ! ވީއިރު ދުނިޔެ ދޫކުރުމުން އެވާހަކަތައް އާކުރުމުން ޢާއިލާއަށް ލިބޭނީ އިތުރު ހިއްދަތިކަމެކެވެ.
އިއްސް
09 August 2019
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ.
މުހައްމަދު----
09 August 2019
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ.