ލައިފްސްޓައިލް / ހަމުގެ ފަރުވާ

ލޯ ކައިރި ކަޅުވާ ނަމަ ކުރެވިދާނެ ކަންކަން

މޫނުުމަތި ރީތިކޮށް، ސާފުކޮށް ބެހެއްޓުމަށް ކޮންމެ މީހަކު ވެސް ފާޑުފާޑުގެ ބްރޭންޑްތަަކުގެ ކްރީމާއި ބިއުޓީ ޕްރޮޑަކްސްޓްތައް ބޭނުންކުރެ އެވެ. އާންމު ދިރިއުޅުމުގައި އުޅެން ޖެހިފައިވާ ބިޒީ ޝެޑިއުލްގައި ގިނަ ފަހަރަށް މީހާގެ ހަށިގަނޑަށް ދޭންވާ ވަރަށް ސަމާލުކަން ނުދެވެ އެވެ.

މިއީ ލޯ ކައިރި ކަޅުވާ މައްސަލަ އަށް ހައްލު ހޯދަންކުރެވިދާނެ ބައެއް ކަންކަމެވެ.

އެކަށީގެންވާ ވަރަށް ނިދުން

ރަނގަޅަށް ނިދި ނުލިބޭ ނަމަ ލޯސް ފުސްވެ، ލޯކައިރި ކަޅުވެ އެވެ. ރޭގަނޑު، އެންމެ މަދުވެގެން ހަތް ގަޑިއިރު ނިދުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ރަނގަޅު ޑައެޓެއް ފޮލޯކުރުން

ޑައިޓު ކުރާއިރު ވިޓަމިން ބީ6 އަދި ބީ12 އަދި ކެލްޝިއަމް އާއި ފޮލިކް އެސިޑްގެ ބާވަތްތައް އޭގައި ހިމެނުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިސާލަކަށް ބީފް ލިވާ، ކަނޑުމަސް، ސަލްމޮން، މިލްކް ނުވަތަ ބިސް ރަނގަޅު ވާނެ އެވެ.

ގިނައިން ފެންބުއިން

މަސައްކަތުގައި ކިތަންމެ ބުރަކޮށް އުޅުނަސް އަބަދުވެސް ފެން ބޯން ހަނދާނުގައި ބަހައްޓަންވާނެ އެވެ. ގިނައިން ފެންބޯ ނަމަ ލޯކައިރި ކަޅުވުން ދުރުކޮށްދޭނެ އެވެ.

ދުންފަތުގެ އިސްތިމާލުކުރުން ހުއްޓާލުން

ބްލެކް/ގްރީން ސައިފަތް ޕެކެޓެއް ނުވަތަ ފިނި އެއްޗަކުން މޫނު މަސާޖުކުރުމުން ލޭ ދައުރުވުމަށް އެހީތެރިވެދެ އެވެ. މިހެން މަސާޖު ކުރުމުގައި ހަމައެކަނި ލޯ ވަށައިގެން މަސާޖުކުރާ ނަމަ އިތުރަށް ވާނީ ގޯހެވެ.

ސަންސްކްރީން ބޭނުން ކުރުން

ގެއިން ބޭރަށް ނުކުންނަ އިރު މޫނުގައި ސަންސްކްރީން ލޯޝަން އުނގުޅުމަށް އާދަ ކުރާށެވެ. ބޮޑަށް ރަނގަޅީ ހެނދުނު 10 އާއި ހަވީރު 4 އާ ދެމެދު ބޭރަށް ނުކުންނަ އިރު ކޮންމެ ދެ ގަޑިން ދެ ގަޑިން މޫގައި ލޯޝަން އުނގުޅުމެވެ.

މޮއިސްޗަރައިޒްކުރުން

ލޯ ވަށައިގެން މޮއިސްޗާ ކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެކެވެ. ލޯމަތީގައި ކިއުކަންބާ ފޮއްޗެއް ބާއްވައިލައިގެން ދުވާލަކު 15 މިނެޓު އޮވެލުމުން ވެސް ލޯކައިރި ކަޅުވުމާއި ލޯ ފުފިފައި ހުރުމަށް ހައްލެއް ލިބޭނެ އެވެ. - ހިންދުސްތާން ޓައިމްސް -

2 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 6%
icon angry icon angry 19%
icon wow icon wow 25%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލިފް ހ

26 January 2022

ފޮޓޯ އިން އެ ފެންނަ ގޮތަށް އެޑިޓްކޮށްލީމަ ދޮންވީ! ހަހަހަ

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

26 January 2022

އަދްޝަން ބްރޯ.ލައިފްސްޓައިލް އާޓިކަލްތައް އިތުރުކޮށްލަބަލަ.1990ގަ ދިވެހިންގެތެރޭގަ މަޝްހޫރުވި ލަވަ I'd Do Anything for Love (But I Won't Do That)" Meat Loaf މިލަވައިެގ އަޑުގެ ވެރިޔާ މީޓް ލޯފް ޔައުނީ ލޯފް ބްރޯ މަރުވެގެން ދިޔައިރުވެސް މި ނޫހުން ނުފެނުނު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454