މީހަކު ލޭޒާ ހެއާ ރިމޫވަލްގެ ފަރުވާ ހޯދަނީ
09 ފެބުރުއަރީ 2022 - 05:54
ގައިގައި ހުންނަ އިސްތަށިތައް ބޭލުމަށް އެންމެ ގިނައިން މީހުން ކުރާ ކަމަކީ ޝޭވް ނުވަތަ ވެކްސް ކުރުމުވެ. ޝޭވް ނުވަތަ ވެކްސް އަކީ ވެސް މަހަކު އެއް ފަހަރު ކުރަން ޖެހޭ ކަމެކެވެ. މިކަމަށް އޮންނަ ދާއިމީ ހައްލަކީ ލޭޒާ ހެއާ ރިމޫވަލްގެ ފަރުވާ ނެގުމެވެ.
ލޭޒާ ހެއާ ރިމޫވަލް އަކީ އިސްތަށި ފަޅާ ހިސާބުން އިސްތަށި ބުޑުން ނައްތާލާ ފަރުވާއެކެވެ. މިއީ ދާއިމީ ހައްލެކެވެ. އަދި ވަރަށް މަދު މީހަކަށް ނޫނީ ސައިޑް އިފެކްސްޓްސް ނުފެންނަ ފަރުވާއެކެވެ.
އެކަމަކު މި ފަރުވާ ހޯދުމުގެ ކުރިން އެނގެން ޖެހޭ ބައެއް ކަންކަން އެބަހުއްޓެވެ. އެއީ ލޭޒާ ހެއާ ރިމޫވަލް އިން މަދުން ނަމަވެސް ފެންނަ ސައިޑް އިފެކްޓްސްތައް އެނގިފައި ހުރުމެވެ. މި ހިމަނާލަނީ އޭގެ ލިސްޓެކެވެ.
މި ފަރުވާ ނަގާ ދުވަސްކޮޅު ކޮންމެ ވެސް ވަރެއްގެ ހިރުވުމެއް، ގައިގައި ފަރުވާ ނަގާ ހިސާބުގައި ހުރެދާނެ އެވެ. އަދި އެ ސަރަހައްދު ރަތްވުމާއި ދުޅަވުން ވެސް އެކަށީގެންވެ އެވެ. މި މައްސަލަ ވެކްސް ކުރުމުގައި ވެސް ފާހަގަ ކުރެވެ އެވެ. ހަމުގެ ހާއްސަ ޑޮކްޓަރުން މި މައްސަލަ އަށް ހައްލު ހޯދުމަށް މަދުން ނަމަވެސް އައްސި ބޭނުންކޮށްގެން ބޮނޑިތާން ކުރަން އިރުޝާދުދެ އެވެ. އާންމުކޮށް ހިރުވުމާއި ކެހުމުގެ މައްސަލަ ފަރުވާ ނަގާތާ ގަޑިއެއްގެ އިރު ތެރޭގައި ހުއްޓެ އެވެ.
ފަރުވާ ނެގުމަށް ފަހު ހަންގަޑު ރަތްވެ، ދުޅަވާ ނަމަ އައިސް ޕެކް އަޅާލުމުން ހައްލު ލިބޭނެ އެވެ.
ލޭޒާ ހެއާ ރިމޫވަލް ފަރުވާ ނެގުމަށް ފަހު، މި މައްސަލަ ފާހަގަވުން އެކަށީގެންވެ އެވެ. ހަމުގެ ކުލަ އަލި ނަމަ، ހަންގަނޑުގައި ބްލެކް ސްޕޮޓް ހުންނާނެ އެވެ. މިކަމުން ހަންގަނޑު ހިރުވިޔަސް އެއީ ހާސްވާން ޖެހޭ ވަރު ކަމެއް ނޫނެވެ.
ވަރަށް މަދުން ނޫނީ ކަންބޮޑުވާން ޖެހޭ ވަރު ސައިޑް އިފެކްޓެއް ހެއާ ރިމޫވަލް ޓްރީޓްމެންޓަކުން ނުފެނެ އެވެ. އެކަމަކު މިކަމުގައި އެއްވެސް ތަޖުރިބާއެއް ނެތް މީހަކު ލައްވާ ފަރުވާ ހަދާ ކިޓަކުން ހަދައިފި ނަމަ، އޭގެން ނުކުންނާނެ މައްސަލަތައް ބޮޑުވެދާނެ އެވެ.
- އިސްތަށި ފޭބުން ގިނަވުން / ފަރުވާ އަށް ފަހު، އިސްތަށި މާގިނައިން ފޭބުން.
- ހަމުގެ ޓެކްސްޗާ އަށް ބަދަލު އައުން / ފަރުވާ ހޯދާއިރު އަވިން ހަންގަނޑު އަނދާފައި ހުރި ނަމަ ރިސްކީ ވެދާނެ.
- ލަކުނުލުން / ގައިގައި ފަސޭހައިން ލަކުނު ލާ މީހެއް ނަމަ ފަރުވާ އަށް ފަހު ލަކުނު ހުރުން.
- ހަންގަނޑު ކުރަކިވުން / ފަރުވާ ނެގުމަށް ފަހު ބޭރުތެރޭ އަވީގައި އުޅުމުން ހަންގަނޑު ކުރަކިވެދާނެ.
***
މަސްދަރު: ހެލްތު ލައިން
Copyright © 2025 Mihaaru · Terms and Conditions · Privacy Policy