ހަރުފަ ދަތް އަޅާފައިވަނީ އުމުރުން 28 އަހަރުގެ ޒުވާނެއްގެ ގައިގައި --- ފޮޓޯ : ޓްވިޓާ
27 މެއި 2022 - 07:40
މެލޭޝިއާގެ ގެއެއްގެ ފާހާނާ ތެރޭގައި ގޭމް ކުޅެން އިން ޒުވާނެއްގެ ގައިގައި ހަރުފައެއް ދަތް އަޅައިފި އެވެ.
މެލޭޝިއާގެ ގޮމްބަކް ޑިސްޓްރިކްޓް، ސެލަޔަންގްގައި އުޅޭ 28 އަހަރުގެ މި ޒުވާނާ އިނީ ފާހާކުރަން ވަދެ ފޯނުން ގޭމް ކުޅޭށެވެ. ނަމަވެސް އޭނާ ގޭމް ކުޅުން ހުއްޓާލަން ޖެހުނީ ކުއްލިއަކަށް އޭނާގެ ފޫކޮޅުގައި ހަރުފައެއް ދަތް އެޅުމުންނެވެ.
މިދިޔަ މާޗު މަހު މިކަން ދިމާވީ ސަބްރީ ބޭ ނަމަކަށް ކިޔާ ޒުވާނަކަށެވެ. އޭނާގެ ވާހަކަ ވަނީ ޓްވިޓާގައި ހިއްސާކޮށްފަ އެވެ.
Dua bulan lepas bontot aku kena gigit dengan ular time aku berak. Ular tu keluar dari lubang jamban. Nasib dia tak gigit telur aku. pic.twitter.com/ABDjDkSe2Q
— Sabri Bey (@sabritazali) May 22, 2022
ސަބްރީ ކިޔައިދިން ގޮތުގައި ހަރުފަ ދަތް އެޅި ނަމަވެސް އެއީ ވިހަ ލާ ވައްތަރު އެއްޗެއް ނޫން ކަން އެނގުނެވެ. ނަމަވެސް ދަތް އެޅި ވަގުތު އޭތި ދަމައިގަތްކަމަށާއި އެކަމުގެ ސަބަބުން ގަޔަށް އެ ހަރުފައިގެ ދަތެެއް ހެރިފައި އިން ކަމަށް އޭނާ ބުންޏެވެ.
"ދަތް ހެރިފައި އޭތި ތާށިވެފައި އިން ކަން އެނގުނީ ތަދުވާތީ ބެލުމުން،" އޭނާ ކިޔައިދިނެވެ.
އެ ދަތް ނަގާފައިވަނީ ގައިގައި ހަރުފަ ދަތް އެޅިތާ ދެ ހަފުތާ ފަހުންނެވެ.
އެ ހަރުފަ ގޭގެ ފާހާނައަށް ވަތް ގޮތެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ވަގުތުން ފަޔަ އެންޑް ރެސްކިއު ޑިޕާޓްމެންޓަށް ގުޅައި އެހީތެރިކަން ހޯދި ކަމަށް އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންތަރީސްޑް
29 May 2022
ކަލޯ ގުއިލާ ނިމުނީމަވެސް ގޭމަށް އަަވަލައިގެން ތަހުތުގަ އިންނަންވާނެ ރަސްކަންކުރަން. މީ ދޯ މިވެރިން ފާހަނާގަ އެހާ ގިިނައިރުވާ ކަމަކީ.
ދޮނޭ
27 May 2022
ވޯރސްޓް ނައިޓްމެއަރ ??
ށަވިޔަނި
27 May 2022
މިރާއްޖެ ފިޔަވައި ހުރިހާ ގައުމެއްގަވެސް ތިފާޑުގެ ނުރައްކާ ދިމާވޭ. މިރާއްޖެ އަމާން. الحمد لله
ބޮޑޭ އަހައްމަދު
28 May 2022
އަމާނާ ؟ މަގުމަތީ ހިގާފަދަނިކޮށްވެސް ވަޅިޖަހާފާނެ! ކިހާއަމާން ؟
އަގަޅު ކަމެއް! ވަރައް ރޭސިސްޓް ބައެއް!
27 May 2022
އައުޗް!! އައްދިއްޔޯއި!