މި ކޮޓަރީގެ އަގަކީ ރެއަކަށް 337 ޑޮލަރު
14 ޖުލައި 2022 - 06:36
ތިމާވެއްޓަށް ވީހާ ވެސް ބޮޑަށް ހޭލުންތެރި ކުރުމަށްޓަކައި ސްވިޓްޒަލެންޑުގައި އިމާރާތުން ބޭރުގައި ކޮޓަރިތައް ހިމެނޭ ގެސްޓް ހަައުސްއެއް ހުޅުވައިފި އެވެ.
"ޒީރޯ ސްޓާ ހޮޓެލް"ގެ ނަމުގައި ހުޅުވި އެ ގެސްޓް ހައުސްއަކީ ދެ ކޮންސެޕްޓަކަށް ތައްޔާރުކޮށްގެން ނިންމާފައިވާ ތަނެކެވެ. އެ ތަނުގެ އާންމު ކޮޓަރިތައް ހުންނަނީ ގެސްޓް ހައުސްގެ ތެރޭގައި އެހެން ތަންތަނެކޭ އެއްގޮތަށެވެ.
ނަމަވެސް ދެ ވަނަ ކޮންސެޕްޓުގައި ހާއްްސަ ހަތަރު ކޮޓަރިއެއް ހިމެނެ އެވެ. އެ ހަތަރު ކޮޓަރީގެ ކޮންސެޕްޓުގައި ހިމެނެނީ ތަޅުންގަނޑާއި އެނދެވެ. އެ ދެ ބައި ވެސް ހިމެނޭނީ އިމާރާތުން ބޭރުގަ އެވެ.
އެއާއެކު މުޅި ބެޑްރޫމުން ފެންނާނީ ވަށައިގެންވާ މާހައުލެވެ.
މި ކޮޓަރިތައް ހުންނާނީ ސްވިޓްޒަލެންޑްގެ އަވަށެއްގައި
އެ ކޮންސެޕްޓު އުފެއްދި އާޓިސްޓު ޕެޓްރިކް ރިކްލިން ބުނިގޮތުގައި އެއީ ފުރާޅެއް އަދި ފާރެއް ނެތް ކޮޓަރިތަކެކެވެ.
އޭނާ ބުނީ އެ ޕްލެޓްފޯމް ކޮޓަރިތައް ހިމެނޭނީ ދެކުނު ސްވިޓްޒަލެންޑުގެ ވަލައިސްގެ އަވަށެއް ކަމަށްވާ ސައިލޯންގައި ކަމަށެވެ. އެއީ އެ ގައުމުގެ ޒަމާނީ ތަރައްގީ އާއި އިމާރާތްތަކަށް ވުރެ ބޮޑަށް އާންމު ދިިރިއުޅުން ދައްކުވައިދޭ އަވަށެއް ކަމަށް ރެގްލިން ބުންޏެވެ.
އެ ކޮޓަރިތަކުގެ ބޭނުމަކީ ވަށައިގެންވާ މާހައުލަށް ބަލައި ރަނގަޅު ކުރަންޖެހޭ ކަންތައްތަކަށް އިތުރަށް ފުންކޮށް ވިސްނައި އަމަލު ކުރުމަށް ބާރުއެޅުން ކަމަށް ޕެޓްރިކް ރިކްލިން ބުންޏެވެ.
އެ ކޮޓަރިތަކުގައި މިހާރު ތިބުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ކޮޓަރިއެއްގެ އަގަކީ ރެއަކަށް 337 އެމެރިކާ ޑޮލަރެވެ. ކޮޓަރި ހިފުމާއެކު ކެއުމާއި އެ ނޫން ވެސް ހުރިހާ ހިދުމަތެއް ގެސްޓް ހައުސް އިން ހަމަޖައްސައިދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިންގް އިލްހާމް
17 July 2022
މަޢުލޫމާތު ގެނެސް ދޭއިރު ޢާއްމުން ކިޔާނެކަމާއި ލިޔާ މަޢުލޫމާތު ފުރިހަމަވޭތޯ ބަލައި ޔަޤީންކުރުމަކީ މަޢުލޫމާތު ދޭ ފަރާތުގެ ޒިންމާއެއް މަޢުލޫމާތެއް ބިނާވެފައި އޮންނަންވާނީ އިލްމީ ދިރާސާކޮށްފައިވާކަން އިނގިގެންދާނެ ގޮތަކަށް ، އަދި ލިބޭ މަޢުލޫމާތު އެހެން ފަރާތަކަށް ހިއްސާކުރާއިރު މަޢުލޫމާތު ދެވޭ ފެންވަރަށް
މި ބޭ
16 July 2022
ހާމައަށް ހުރި އެނދެއް ހުރި އިރު ބެޑްރޫމޭ ތިޔަކިޔަނީ ކޯނޗަކަށް؟
ޒީރޯ ސްޓާ ހޮޓެލް
15 July 2022
އެއީ ގެސްޓް ހައުސްއެއް ނޫން. އެއީ ހޮޓަލެއް. ނޫހުގަ ހަމަ އެވަރުވެސް ބަލާނުލާ ލިޔެލަނީ…
ވާނުވާބެ
14 July 2022
ތީ ކޮންމެހެން ތިމާވެށްޓަށް ރައްކާތެރިވާން ހަދާފަ ހުރި އެއްޗެއް ނޫން. ޚަރަދު ކުޑަކުރަން ހަދާފަ ހުރި އެއްޗެއް، އަދި މީހުން ކުރިމަތީ ބަރަހަނާއަށް ތިބެންވެގެން ހަދާފަ ހުރި އެއްޗެއް. އެހެނީ، ތިތާގެ މައި ޢިމާރާތް (ކެއިްނ ބުއިމާއި ފާޚާނާ ކުރުމާއި އެހެން ޚިދުމަތްތައް ހުރި ބައި) ހުރީ ހިޔާކޮށް އެންމެ މިޒަމާނުގެ ގޮތަށް ހަދާފަކަމަށް ފެންނަނީ.
ޙުޜައިން ރިހާމް
14 July 2022
ޤަލާޖާހަރު ކުރާނެ ގޮތެއް ބުނެނުދީ ތޮޔަ ނިންމާލިއްޔޯ
ވަޅުޖަހައިގެން
14 July 2022
ވަޅުޖަހައިގެން އަހަރެމެން ކުރިން ކުރިގޮތައް
ބަރުބާދު
15 July 2022
އެކޮޓަރީގަ ހާޖާކުރަންޖެހޭނީ ގަލޯއަކައްނޫން، އަދާއައް އެއީ އޮތްތަނައް!!!!.
ޙޙ2022
14 July 2022
ޙާދަ އަގުބޮޑޭ.... ބޮއިހަލަކި
ށަވިޔަނި
14 July 2022
ފާރެއް ފުރާޅެއް ނެތް ހުސް ތަނަކަށް ކޮޓަރިއޭ ކިޔާކަން އެނގިފަކާނެތް. ކޮޓަރިއޭ ކިޔަނީ އިމާރާތެއް ނުވަތަ ގެއެއްގެ ތެރޭ އެތެރޭގައި ހަތަރުފަރާތުން ފާރުލައި ވަދެ ނިކުމެވޭގޮތަށް ދޮރެއް ހުންނަ ބަޔަކަށް. ތިކަހަލަ ކޮޓަރި ހޫނު މޫސުމުގަ ގިނައިންފެނޭ. ގޭތެރެ ހޫނުވުމުން އެނދު ހިފައިގެން ގޭގެ ފުރާޅުމަތީ އެނދު ބަހައްޓައިގެން ނިދާ މީހުންގިނަ. އެކަހެރި އަވަށެއްވީމަ މީހުން ގެންނަން ކުރިކަމެއް. ތިފަދަ ކަންކަމަށް ހެއްލި ބޮޑު ހޭދަކުރާ މީހުން މިދުވަސްވަރު ގިނަ.