"ލަވް އައިލެންޑް" ގެ ސީޒަން 8 ކާމިޔާބު ކުރި، ދާވިދެ އާއި އެކިން-ސޫ
24 ފެބުރުއަރީ 2023 - 06:07
މަޝްހޫރު ބްރިޓިޝް ޑޭޓިން ރިއަލިޓީ ޝޯ "ލަވް އައިލެންޑް" ގެ އަށް ވަނަ ސީޒަން ކާމިޔާބު ކުރި ދާވިދޭ ސާންކްލިމެންތީ އާއި އެކިން-ސޫ ޖުލްޖުލާލޯ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ދެ އެވެ.
އިޓަލީގެ ދާވިދޭ އާއި އިނގިރޭސިވިލާތުގެ އެކިން-ސޫ ދިމާވީ މިދިޔަ އަހަރު އޮތް ލަވް އައިލެންޑް ސީޒަންގަ އެވެ. އެ ދެމީހުން އެ ޝޯ ކާމިޔާބު ކުރީ 36 ބައިވެރިންނާ ވާދަކޮށެވެ. ޝޯގެ އެންމެ މަގްބޫލު "ކަޕުލް" ހޮވާނީ ބެލުންތެރިންގެ ވޯޓަކުންނެވެ.
ދާވިދޭ އާއި އެކިން-ސޫ ޗުއްޓީއަށް ރާއްޖެ އައިސް ތިބީ މާލެ އަތޮޅުގެ އުތުރުގައި އޮންނަ ކަގި މޯލްޑިވްސް ސްޕާ އައިލެންޑް ރިސޯޓުގަ އެވެ.
އެ ދެމީހުން އެ ރިސޯޓުގައި ހޭދަކުރާ ވަގުތުތަކުގެ މަންޒަރުތައް، ސޯޝަލް މީޑިއާގައި އަންނަނީ ޝެއާކުރަމުންނެވެ.
ދާވިދޭ ރާއްޖެ އައިސް ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ވަނީ، އައިތާ 24 ގަޑިއިރު ތެރޭ ރާއްޖެއަށް ހިތްޖެހި، އެނބުރި ދާހިތް ވެސް ނުވާ ކަމަށް ބުނެފަ އެވެ.
އިންސްޓަ ގްރާމުގެ ޕޯސްޓުތަކަށް ބަލާއިރު، އެ މީހުން ރާއްޖޭގައި އުޅޭތާ މިހާރު ގާތްގަނޑަކަށް ހަފްތާއެއް ވެދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކުރު އައްލާ
24 February 2023
2 މީހުންނަށް ވެލްކަމް ކަމް!! ވަކިން ސޫ އަށް
ހުސެންް
24 February 2023
ރާއްޖޭގެ ތިމާވެށި އެދަނީ ހަލާކުވަމުން. އަޅާލާ ބަލަހައްޓާނެ ބަޔަކު ނެތް. ފުރަމާލޭގެ ފަޅުތެރެޔެކޭ ކުނިގޮނޑެކޭ އެއްފަދަ. ޕުލާސްޓިކާއި ކުނި އަދި ތެލުން ތަތްތެޅިފަ. ފެންނަ ބަޔަކުވެސްނެތް. ޓޫރިސްޓުން ޖޯކުޖަހަޖަހާފަ ފޮޓޯނަގާވެސް ހަދާ. އަޅެ ކޮންމެވެސް ނޫސްވެރިޔަކު ނަމަވެސް މިކަންތައް ސަރުކާރުގެ ސަމާލުކަމަށް ގެނެސްދީބަލަ. މައުމޫނަކީ ޓިކްޓޭޓަރެކޭ ބުންޏަސް އޭނަގެ އިރުގައި ފަޅުތެރޭގައި އެންމެ ކުނިކޮޅެއްވެސް ނުބާއްވާނެ. ޥަގުތުން ނަގާނެ.