ލައިފްސްޓައިލް / ނޫ ރާއްޖެ

ސާޖިންގެ ދަތުރު މި ރޯދަމަހު ވެސް ކުރިއަށް؛ އަދިވެސް މުހިންމު ވާހަކަތަކެއް

ހއ. ވަށަފަރުގައި މަސް ކައްކާ އަންހެނަކު މަސައްކަތުގައި އުޅެނިކޮށް ސާޖިން އޭނާ ކައިރީގައި ވާހަކަދައްކަން ހުއްޓިލައިގެން.-- ފޮޓޯ: ސާޖިންގެ ޓީމް

ޒުވާން މަސްވެރިޔާ، ހަސަން ސާޖިން ރާއްޖޭގެ "އުތުރުން ދެކުނަށް" ފެށި ދަތުރަށް ދެ މަސް ދުވަސް ވާން ކައިރިވާއިރު މި ރޯދަމަހު ވެސް އޭނާ އުޅެނީ އެ ދަތުރުގަ އެވެ. މިހާރު އޭނާ ހުރީ ހއ. ކެލާގަ އެވެ. އެއީ މި ދަތުރުގައި ދިޔަ 11 ވަނަ ރަށެވެ.

ސާޖިން ބުނީ އެ ދަތުރުގައި ކޮންމެ ރަށެއްގައި 3-5 ދުވަހު މަޑުކޮށް، އެ ރަށަކާ ބެހޭ ހުރިހާ މައުލޫމާތެއް އެއްކުރަމުން އަންނަ ކަމަށެވެ. ރަށްތައް ކަވަރުކަން އެހާ ގިނަ ދުވަސް ނަގަނީ އެހެންވެ ކަމަށް އޭނާ ބުންޏެވެ.

"ކޮންމެ ރަށެއްގެ ވެސް 80-90 ޕަސެންޓް މައުލޫމާތު ނަގައިގެން އަނެއް ރަށަށް ފުރަނީ،" އޭނާ ބުންޏެވެ.

ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތައް ކަމަށްވާ ފޭސްބުކާއި ޓުވިޓާ މެދުވެރިކޮށް، އެ ދަތުރުގައި ރަށްރަށުން ދިމާވާ ތަފާތު އެކި މީހުންގެ ވާހަކަތަކާއި ރަށްރަށުގައި ހުންނަ ތަފާތު ތާރީހީ ތަންތަނާއި މަސްވެރިކަމާއި ދަނޑުވެރިކަމާ އަދި ރަށްރަށުގައި މީހުން ކޮށް އުޅޭ އެކި ކަހަލަ މަސައްކަތްތަކުގެ ފޮޓޯ އާއި ވީޑިއޯ އޭނާ އަންނަނީ ހިއްސާކުރަމުންނެވެ.

ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ކޮންމެ ރަށަކާ ގުޅޭ މައުލޫމާތު ހިމެނޭ ޕްރޮފައިލް ވީޑިއޯއެއް ވެސް ސާޖިންގެ ޓީމުން އަންނަނީ ގެނެސްދެމުންނެވެ. އެ ވީޑިއޯތައް މި ރޯދަމަހުގެ ކޮންމެ ހުކުރު ދުވަހެއްގެ ރޭ 11:45 ގައި ޓީވީއެމުން މިހާރު އަންނަނީ ދައްކަމުންނެވެ.

ސާޖިން ބުނީ ހއ. އަތޮޅުގައި 180 ޑައިވް ޕޮއިންޓް އޮތްއިރު، އެތަނުން ހަތް ޑައިވް ޕޮއިންޓަކަށް އޭނާ މިހާރު ހިނގައްޖެ ކަމަށެވެ.

"މި ތަންތަނުގެ ގުދުރަތީ ފުރިހަމަ ކަމަކީ މީހަކު ބަލައި ފޫހި ނުވާނެ މަންޒަރުތަކެއް. މި ހުރިހާ މަންޒަރެއް ވެސް ނަގަމުން މި ދަތުރުގައި ކުރިއަށް މި ދަނީ،" އޭނާ ބުންޏެވެ.

"މި ދަތުރު މިގޮތަށް ހއ. ފެށިގެން އައްޑުއާ ހަމައަށް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވިއްޖެ ނަމަ، މި ރާއްޖޭގެ ހުރިހާ ރަށަކާ ބެހޭ ހުރިހާ މައުލޫމާތެއް އެއްކުރެވޭނެ."

ސާޖިން އެ ދަތުރު ފެށީ ހއ. ތުރާކުނުންނެވެ. މިހާރު އެ އަތޮޅު އުލިގަމާއި މުޅަދު އާއި ހޯރަފުށްޓާއި އިހަވަންދު އާއި ތަކަންދު އާއި ދިއްދު އާއި އުތީމާއި މުރައިދޫ އަދި ވަށަފަރަށް ހިނގައްޖެ އެވެ.

4 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 0%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 30%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލޮރުކުރުސީ

03 April 2023

3 ދުވަހު ކޮންމެ ރަށެއްގަ، މަދުވެގެން ދުވާލަކު 500 ހުރުމާއި ކެއުމަށް. 200 ރަަށަށް ދަތުރުފަތުރު ނުލައި 3ލައްކަ. ދަތުރުފަތުރު މާއަގުބޮޑުވާނެ. އެހެނިހެން ހަރަދުކޮބައި. ބޭކާރު ބޮޑުހަރަދުގަނޑެއް. ކުޑަރަށެއްގެ ބޮޑުއިންފްރާސްޓްރަކޗަރ ހަދާލެވެހޭ ހަރަދު ކުންފުނިތަކުން ހަރަދުކޮށްގެ. އެވެސް ދައުލަތް

The name is already taken The name is available. Register?

2023

01 April 2023

ތިތާ ދަތުރުގަ މިޜާއްޖޭގަ އުޅޭ ބަންގާޅިންގެ މައުލޫމާތުވެސް ނަގާބަލަ.. ހުވާމިބުނީ ލަޑާވަހުން މިސްކިތަށް އެރޭވަރެއްނޫން... ބޮއިހަލަކި

The name is already taken The name is available. Register?

ދޮން

01 April 2023

ފިއްލަދޫ ދައްޕަރު ކުޅީގެ ހަޤީޤަތް ހޯދާލައްޗޭ..ބުނެވޭ އަޑިން ކަނޑާއި ގުޅިފައިކަމަށް..އަދި ފިއްލަދޫއަށް އުރިފައި ހުރި ބޯޓެއް ހުންނާނެ މީގެ 50 އަހަރުކުރިން އިގިރޭސި ބޯޓެއް ނަމަކީ ކެޕްޓަން ޕެންޓަލެންސް ..ގޫގުލް ބުނޭއެހެން...

The name is already taken The name is available. Register?

ކޮރަލް

01 April 2023

މަސްވެރީން އަމިއްލަ ގޮތުން މަޖްލިސް އަށް ކުރިމަތި ލާން ވީ އެވެ. އޭރުން މަސްވެރީންނަށް ދިމާވާ މައްސަލަ ތައް ހައްލު ކުރަން މަޖްލިސް މެމްބަރުންނާ ސަރުކާރު ފަހަތުން ދުވާކަށް ނުޖެހޭނެ އެވެ. މިހާރު މަސްވެރީންގެ ވާހަކަ އަހާ ބަޔަކު ނެތެވެ. އެހިއަސް އަމަލެއް ނުކުރެ އެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454