މީހަކު އެޕަލްގެ އާ ޑިވައިސް "ވިޝަން ޕްރޯ" އަޅައިގެން.-- ފޮޓޯ: ޓެކް ކްރަންޗު
06 ޖޫން 2023 - 10:20
ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި އެޕަލްގެ އޮގްމެންޓެޑް ރިއަލިޓީ ހެޑްސެޓް ކަމަށްވާ އެޕަލް ވިޝަން ޕްރޯ އިއްޔެ ދައްކާލައިފި އެވެ.
އެޕަލް އިން އާ ޑިވައިސެއް މި ނެރުނީ ގާތްގަނޑަކަށް 10 އަހަރު ފަހުންނެވެ. މި ޑިވައިސް ދައްކާލީ އިއްޔެ ބޭއްވި އެޕަލް އިވެންޓުގަ އެވެ.
އެޕަލްގެ ސީއީއޯ ޓިމް ކޫކް ވިދާޅުވީ އާ ހެޑްސެޓަކީ "ހަގީގީ ދުނިޔެ އާއި ވާޗުއަލް ދުނިޔެ އެއްވެސް ދަތިކަމެއް ނެތި ގުޅުވައިދޭ ހެޑްސެޓެއް" ކަމަށެވެ.
ދެ ގަޑިއިރު ޗާޖު ހިފަަހައްޓާ މި ހެޑްސެޓުގެ އަގަކީ 3،499 ޑޮލަރު (53،954ރ.) ކަމަށާއި އަންނަ އަހަރުގެ ކުރީކޮޅު އެމެރިކާގައި ނެރޭނެ ކަމަށް އެޕަލް އިން ބުންޏެވެ.
Welcome to the era of spatial computing with Apple Vision Pro. You’ve never seen anything like this before! pic.twitter.com/PEIxKNpXBs
— Tim Cook (@tim_cook) June 5, 2023
މިއީ މިހާރު ބާޒާރުގައި ހުރި ވާޗުއަލް ރިއަލިޓީ ހެޑްސެޓްތަކުގެ އަގަށް ވުރެ މާ ބޮޑު އަގެކެވެ. މިދިޔަ ހަފުތާގައި، ފޭސްބުކް ހިންގާ މެޓަ ކުންފުނިން ވަނީ އެ މީހުންގެ މި ކަހަލަ ޑިވައިސެއް ކަމަށްވާ "ކުއެސްޓް" އިއުލާންކޮށްފަ އެވެ. އޭގެ އަގަކީ 449 ޑޮލަރެވެ.
އިއްޔެގެ އިވެންޓުގައި މި އާ ޑިވައިސް ދައްކާލުމާ އެކު، އެޕަލްގެ ހިއްސާގެ އަގު ވެސް ވަރަށް ބޮޑަށް ދަށްވި އެވެ.
އެޕަލް ވިޝަން ޕްރޯއާ މިހާރު މާކެޓުގައި ހުރި މިއާ އެއްގޮތް ހެޑްސެޓްތަކުގެ ޑިޒައިންގައި ކުޑަ ތަފާތެއް އެބަހުއްޓެވެ. މި ޑިވައިސް އަކީ ވާޗުއަލް ރިއަލިޓީ ހެޑްސެޓަކަށް ވުރެ ބޮޑަށް ސްކީ ގޮގްލްސްއެއް އާ ވައްތަރު އެއްޗެކެވެ.
މި ޑިވައިސްއާ އެކު، ވާޗުއަލް ދުނިޔޭގައި އެޕްތަކަށް ވަދެ، ފިލްމު ބަލައި އެއްޗެހި ލިޔެވޭނެ އެވެ. އެކަމަކު، މި ބާވަތުގެ ވެއަބަލް ޓެކް އަށް މާ ބޮޑު މާކެޓެއް އަދި ނެތެވެ.
އިއްޔެގެ އިވެންޓުގައި އެޕަލް އިން ވަނީ އައިފޯނާއި މެކްބުކްގެ އޮޕަރޭޓިން ސިސްޓަމްގެ އިތުރުން އަޕްޑޭޓްތައް ވެސް އިއުލާންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެލޭމަސްކު
14 June 2023
ހިލޭ ދިނަސް ނާޅާނަން ތިއެއް. ހުތުރުކަމުން
މާދަމާ
08 June 2023
"މުސްތަޤުބަލު މިލްކުވަނީ އަންނަތަން ފެންނަ މީހުންނަށެވެ."
ބަބުލް
06 June 2023
ފާނައަށްދާމީހުން އެއަޅަނީ މިއެއްނޫންތަ މިހާރުވެސް.
ނަނާ
06 June 2023
އެއްގަމުގަ ގޮގްލްސް އަޅައިގެން އުޅޭ މީހުން ދެން ވަރަށް ގިނަވެދާނެ.
ކައިލީ ( އެޕަލް ޑަބްޑަބްޑީސީ ވަރޝަން )
06 June 2023
ފައިނަލީ
ކުމުންދޫއައްޔަ
06 June 2023
އެބައިން ވިއްކާ ލޮލަކާ ނޭފަތަކާ ކިޑުނީއެއް
މިހަދު
06 June 2023
ތިކަހަލަ އެއްޗެހި ބޭނުންކުރީމަ ލޮލައް ވާގެއްލުން އެއީ 53000 ރުފިޔާއިން ރިކަވަރ ކުރެވޭނެކަމެއްނޫން
ޙިނި
06 June 2023
އާޑިވައިސެއް ނޫން، ކޮންމެއަހަރަކު ނަންބަރު ބަދަލުވަނީ. ......އިއިފޯނު13، އައިފޯނު14 އައިފޯނު15