12 މެއި 2017 - 07:41
ބޯ ތަލަވުން އަދި ނުރަވުން ހުއްޓުވަން ބޮލުގައި އުނގުޅާލާނެ ކްރީމެއް އުފެއްދިދާނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ލިބިއްޖެ ކަމަށް ސައިންސްވެރިން ބުނެފި އެވެ.
އިސްތަށި ފެޅުމާއި އޭގެ ކުލަ އަށް އެކި ކަހަލަ ބަދަލު އައުމަށް މެދުވެރިވާ ސެލްތައް ޔުނިވަސިޓީ އޮފް ޓެކްސަސް ސައުތުވެސްޓާން މެޑިކަލް ސެންޓަރުގެ ސައިންސްވެރިންނަށް ހޯދުނީ އެކްސިޑެންޓަކުންނެވެ. ސައިންސްވެރިން އޭރު ހޯދަމުން ދިޔައީ ކެންސަރު ޓިއުމަރުތައް އުފެދޭ ގޮތާ ބެހޭ މައުލޫމާތެވެ.
މީދަލުގެ ހަށިގަނޑުން މި ސެލްތައް ނެގުމުން އެސޮރުމެންގެ ބޮލުގައި ހުރި އިސްތަށިތައް ވެސް ނެތިގެން ދިޔަ އެވެ. އަދި އެ ސެލްތަކުގައި ހުންނަ ޖީންއެއް ނައްތާލުމުން އިސްތަށިތައް ހުދު ކުލައަށް ބަދަލުވެފައިވެ އެވެ.
ސައުތުވެސްޓާން މެޑިކަލް ސެންޓަރުގެ އެސޯސިއޭޓް ޕްރޮފެސާ އޮފް ޑާމެޓޮލޮޖީ ޑރ. ލޫ ލޭ ވިދާޅުވި ގޮތުގައި މި ޕްރޮޖެކްޓް ފަށައިގަތީ ބައެއް ކަހަލަ ކެންސަރު ޓިއުމަރުތައް އުފެދެން ފަށާ ގޮތް ދެނެގަތުމަށް ނަމަވެސް މި ހޯދުމުގެ ތެރޭގައި އެބޭފުޅުންނަށް ވަނީ ނުރަވާ ސަބަބާއި އިސްތަށި ފެޅުމަށް ބަދަލު ގެނުވާ ސެލްތަކަކީ ކޮބައިކަން ދެނެގަނެވިފަ އެވެ.
"މި މައުލޫމާތުގެ އެހީގައި، ބޮލުގައި ނުވަތަ އިސްތަށިގަނޑުގައި ހާކާނެ ކަމްޕައުންޑެއް މުސްތަގުބަލުގައި އުފެއްދިދާނެ ކަމަށް އަހަރެމެން އުންމީދު ކުރަން. ނުވަތަ ބޭނުންވާ ޖީން ރައްކާތެރިކަމާ އެކު އިސްތަށީގެ ފޮލިކްލްސް ތަކަށް ފޯރުކޮށްދީ، ޖެހިފައިވާ ކޮސްމެޓިކް މައްސަލައަށް ހައްލެއް ހޯދޭނެކަމުގެ އުންމީދު ވަނީ އާވެފައި،" އޭނާ ވިދާޅުވި އެވެ.
މި ހޯދުނު އާ ހޯދުމުގެ ސަބަބުން، ތަލަވުމަށާއި ނުރަވުމަށް ކޮންމެވެސް ދުވަހަކުން ފަރުވާއެއް ހޯދޭނެ ކަމުގެ އުންމީދު ލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި ދިރާސާ ޝާއިއުކޮށްފައި ވަނީ ޖާނަލް ޖީންސް އެންޑް ޑިވެލޮޕްމަންޓްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަނަބެ
13 May 2017
މަ ބޮލަށް ވާނެ އެއްޗެއް ވީމަ ދޯ އެގުނީ ކްރީމް ހަދަން. ދެން ހެޔޮ.
މަހުވެއި މަބޭނުން
13 May 2017
މަހުވެއި މާސް މަބޭނުން.
7-0
12 May 2017
މަހުވެއި މަބޭނުން.
zahid
12 May 2017
އިންސާނުން ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރައިގޮސް ޖައްވު ފަތަހަކުރާހިސާބަށްދާއިރުވެސް އިސްތަށި ފޭބުމަށް ރަނގަޅު ފަރުވާއެއް އަދިވެސް ހޯދިފައި ނެތީމަ ވަރަށް ދެރަވޭ.
ަާައަހުމަދު އާތިފް
12 May 2017
މިފަހަރު ކިހިނެއް ވާނެބާ ދޯ،،،،،،،،،،،،،،،،،،،