ޑައިޓް ކޯކްގެ އާ ހަތަރު ފްލެވާއެއް

ކޮކަކޯލާގެ ވެސް ރަހަތައް ގިނަވީ އެވެ. އެކަމަކު މި ރަހަތައް އައީ ޑައެޓް ކޯކަށެވެ.


މުޅި ދުނިޔޭގައި އެންމެ މަޝްހޫރު އެއް ބުއިން ކަމަށްވާ ކޯކްގެ އާ ހަތަރު ފްލެވާއެއް ހިމެނޭ ޑައިޓް ކޯކް މިހާރު ވަނީ ބާޒާރަށް ނެރެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ފިއެސްޓީ ޗެރީ، ޒެސްޓީ ބްލަޑް އޮރެންޖް، ޖިންޖަ ލައިމް އަދި ޓްވިސްޓެޑް މެންގޯ އެވެ.

ޓްރޮޕިކަލް މޭވާގެ ހިތްގައިމު ރަހަތަކާ އެކު މި ވައްތަރުގެ ދަޅުތައް ފަރުމާކޮށްފައި ވަނީ ހިމަކޮށް، ދިގުކޮށެވެ.

ޑައިރެޖްޓޜ

މި އާ ފްލެވާތަކާ ބެހޭ ގޮތުން ކޮކަކޯލާ އިން ނެރުނު ބަޔާނެއްގައި ބުނީ އާ ފްލެވާތައް ބާޒާރަށް މި ނެރުނީ އެތައް ހާސް ބަޔަކާ ވާހަކަ ދައްކައި އެ މީހުންގެ ހިޔާލުތައް ހޯދައި، އަހަރުތަކެއްގެ މަސައްކަތަށް ފަހު ކަމަށެވެ.

"އެހެންވީމާ އަހަރެންމެންނަށް ވަރަށް ޔަގީން ކޯކްގެ މި އާ ފްލެއާވާތަކަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު އިތުބާރެއް ލިބޭނެ ކަމަށް،" ކޮކަކޯލާ ގްރޫޕްގެ ޑިރެކްޓަރު ރަފެލް އެޒްވެޑޯ ބުންޏެވެ. "އަހަރެމެން ބުނާނީ މިއީ އާ ރަހަތަކެއްގެ ބުއިން ތަޖުރިބާކޮށްލަން ބޭނުންވާ ކޮންމެ މީހަކު ވެސް ވަރަށް ގަޔާވާ ކަހަލަ ބުއިންތަކަކަށޭވެގެން ދާނީ. އަދި މިއީ ޑައިޓް ކޯކަށް ގެނައި އިންގިލާބެއް."