ވިކްޓޯރިއާ ބެކަމް: އޭނާ ބުނީ ޖީންސް ބޭނުން ކުރަނީ ދުވަހަކު ވެސް ނުދޮވެ ކަމަށް.
25 ފެބުރުއަރީ 2018 - 06:32
ދިވެހިންގެ ތެރޭގައި ވެސް ޖީންސް ލާ މީހުން ބައިވަރެވެ. އެކަމަކު ދުވަހަކު ވެސް ޖީންސް ނުދޮވެ ލާ މީހަކު ހުރެ ދާނެ ހެއްޔެވެ؟ ފަހަރުގައި ދިވެހިންގެ ތެރޭގައި އެ ކަހަލަ ބަޔަކު ތިބެދާނެ އެވެ.
މިހާރު ފެޝަން ޑިޒައިނަރެއްގެ ގޮތުގައި މަޝްހޫރު އަދި ކުރީގެ ބޭންޑް "ސްޕައިސް ގާލްސް" ގެ ތަރި ވިކްޓޯރިއާ ބުނަނީ އޭނާގެ އަތުގައި ޑެނިމް ޖީންސްގެ ބޮޑު ކަލެކްޝަނެއް އޮތް އިރު، ޖީންސް ލަނީ ނުދޮވެ ކަމަށެވެ.
"އަހަރެން އެއްގޮތަކަށް ވެސް ޖީންސް ނުދޮންނަން. އެކަމަކު މިސާލަކަށް ޖީންސަށް އެއްޗެއް އެޅިގެން ހަޑިވެއްޖިއްޔާ ދޮވެލަން. އެ ވެސް ހަމައެކަނި ކޮލްޑް ވޮޝްއެއް، އެހެން ނޫނީ ހަމަ ނުދޮވެ ޖީންސް ލަނީ" އިނގިރޭސިވިލާތުގެ ކުރީގެ ފުޓްބޯޅަ ދަރި ޑޭވިޑް ބެކަމްގެ އަންހެނުން ބުންޏެވެ.
ވިކްޓޯރިއާ ޖީންސަކާ އެކު.
ހަތަރު ކުދިންގެ މަންމަ ވިކްޓޯރިއާ، 43، ބުނި ގޮތުގައި އޭނާ ޖީންސް ނުދޮންނަނީ އޭގެ ކޮލިޓީ ގެއްލިދާނެތީ އެވެ. އޭނާ ބުނީ ޖީންސް ދޮން ނަމަ އޭގެ އަސްލު ކުލަ ގެއްލި، މެޓީރިއަލްގެ ފެންވަރު ވެސް ހިނގައި ދާނެ ކަމަށެވެ.
"އެހެންވެ މީގައި މުހިންމީ ހަމަ ޖީންސްގެ އަސްލު ރީތިކަމުގައި ބޭނުން ކުރަން ނަމަ، ނުދޮވެ ބޭނުން ކުރުން،" އޭނާ ބުންޏެވެ. "އަހަރެން އަދި ޖީންސް ފަށް ވެސް ނުޖަހަން. އެލުވާފައި ބަހައްޓަނީ."
ޖީންސާ ބެހޭ ތަޖުރިބާކާރުން ވެސް ބުނާ ގޮތުގައި ޖީންސަކީ ދޮންނަން ޖެހޭ އެއްޗެއް ނޫނެވެ. އެކަމަކު ދޮން ނަމަ ދޮންނަ ފުއްދާލަން ޖެހެނީ ހަމައެކަނި ކޮލްޑް ވޮޝްއަކުންނެވެ. ޑިޓާޖެންޓެއް ވެސް ނުލަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަހާ
25 February 2018
ތީގެ ޖީންސެއް ދޮވެލީމް ރިހާކުރު އަޑުބައެއް ހުންނާނެތާ. މަވެސް ޖީންސް ނުދޮވެ މަހަކަށް ލަން.
ހަލީފާ
25 February 2018
ކޮންކަމަކާ ހައިރާންވާންވީ. ފާހަނާ ކޮށްފަ ޓިޝޫއަކުން ފޮހެލާގެން ފުދޭ ބަޔަކަށް ޖިންސު ނުދޮވެ ލުމަކީ މާ ބޮޑު ކަމެއް ނޫނެއްނު.
ސައިނީ
25 February 2018
މިހާރު މާމަ ކިޔަން ތައްޔާރުވެފަ ހުރި މީހަކު ހުޔޮތާ އެއްޗެއް ނުލާ އުޅުނަސް
ވެދާ
25 February 2018
ބުރަ މަސައްކަތެއް ކުރާކަށް ނުޖެހޭނެ އަދި އެހާ ފިނި ގައުމެއްގަ އުޅޭއިރު ފުދޭވަރަކަށް ގިނަ ދުވަހު ނުދޮވެ ޖީންސް ލެވިދާނެ އަސްލު. އެހެނޭ ކިޔާފަ ރާއްޖެކަހަލަ ޓްރްޕިކަލް ގައުމެއްގަ އުޅޭބަޔަކަށް މިކަމެއް ނުކުރެވޭނެ މިހެން.
ްްްްްް
25 February 2018
ބަލަ އެމީހުން އެއްފަހަރު ލައިފަ ދެން އެ ޖީންސް އެއް ނުލާނެޔޭ. ހަހަހަ ދެން ކީއްކުރަން ދޮންނަން ވީ؟
ސްރޭންޖަރ
25 February 2018
މައިތޯޓް އެގްޒެކްޓްލީ
ޖިންސު
22 April 2018
ކިހިނެއް އެނގެނީ؟؟؟
ކަބޯ
25 February 2018
އަހަރެމެނަކަށް ޖިންސް ނުދޮވެޔެއް ނުލެވޭނެ.
ނަވާޒު
25 February 2018
ސިޔެއްނުދޮވޭ، ޖީންސެއް ނުދޮވޭ، ދުވާނެ ވަސް ވިސްނާލާ. މިތިބަ މުޑުދާރު މީހުން ކޮޕީނުކުރެވިގެން އަހަރުމެން މިއުޅެނީ.
ފަރުހާދު
25 February 2018
ބެކަމަށް ކެތްވޭބާ؟ ފޫކޮޅު އެހާ ހަޑި. ޖިންސް އެހާ މުޑުދާރު. ދެން އޮތްބައި އެގޭނީ ބެކަމަށް.
ތުނިޔަ
25 February 2018
އަސްލުވެސް ދޯ؟
ނަވާޒް ކުމާރު
26 February 2018
މަށައް ހީވަނީކަލޭހެންސީނުދޮންނަނީ ހެހެހެ
ކުކުޅޭ
25 February 2018
ތިޔަ ޖިންސް ގަނޑުން ހާދަ ކުނިވަހެއް ދުވާނޭ
ހަހަ
25 February 2018
އަހަރުން ގެންގުޅޭހެން 5 ޖީންސް އެެއް ނޫނެ އެމީހުން ގެންގުޅޭނީކީ. އަބަދުއެސް އާކުރާން ދޯ؟
ޖީންސް
25 February 2018
ވަރަށް މަދުން ގެންގުޅޭތީ ދޯ އެބުނީ ޖީންސް ނުދޮންނަނީ އޭގެ ކޮލިޓީ ގެއްލިދާނެތީއޭ....ކުލަވެއްޓިދާނެތީއޭ. އަހަރެމެން 5 ޖިންސް ގެންގުޅޭމީހުން މާރަނގަޅެއްނު. ކުލަވެއްޓިދާނެތީ ބިރެއް ނުގަނޭވިއްޔާ ދޮވެގެން ލާކަށް.....