ޕްރިންސް ހެރީ އާއި މޭގަން މާކަލްގެ ކައިވެނީގެ ދައުވަތު ކާޑު.
24 މާޗް 2018 - 06:51
ޕްރިންސް ހެރީ އާއި ބަތަލާ މޭގަން މާކަލްގެ ކައިވެނީގެ ދައުވަތު ކާޑު ބުރާސްފަތުު ދުވަހު ދައްކާލައިފި އެވެ.
މި ފަހަރު ވެސް ކާޑު ތައްޔާރުކޮށްފައި ވަނީ 1985 އިން ފެށިގެން އިނގިރޭސީ ޝާހީ އާއިލާގެ ހަފުލާތަކު ކާޑުތައް ތައްޔާރު ކުރަމުން އަންނަ ބާނާޑް ވެސްޓްވުޑުންނެވެ. ކެސިންޓަން ޕެލަސް އިން ކުރި ޓްވީޓްތަކެއްގައި، ކާޑުތަކެއް ދައްކާލައިފައިވާ އިރު، ކާޑު ހެދުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް ނަގާފައިވާ ވީޑިއޯކޮޅެއް ވެސް ޓްވިޓާގައި ހިއްސާކޮށްފައިވެ އެވެ.
The invitations follow many years of Royal tradition and have been made by @BarnardWestwood. They feature the Three-Feathered Badge of the Prince of Wales printed in gold ink. pic.twitter.com/cd7LBmRJxO
— Kensington Palace (@KensingtonRoyal) March 22, 2018
ކެންސިންޓަން ޕެލަސްގެ ޓްވީޓެއް.
އަންނަ މެއި މަހުގެ 19 ވަނަ ދުވަހު ބާއްވާ ޝާހީ ބޮޑު ކައިވެނީގެ ދައުވަތު މިހާތަނަށް، މަތީ ފެންވަރުގެ 600 މެހުމާނަކަށް ފޮނުވާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ކެސިންޓަން ޕެލަސް އިން ބުނި ގޮތުގައި ޕްރިންސް ހެރީގެ ހަޔާތުގެ ބޮޑު ދުވަހު، އިނގިރޭވިލާތުގެ ގިނަ އަދަދެއްގެ އާންމުން ހަފުލާގައި ހިއްސާ ކުރަން ވަނީ ނިންމައިފަ އެވެ.
އެގޮތުން ވިންސާ ކާސްލްގެ ސެއިންޓް ޖޯޖް ޗަޕެލްގައި ބާއްވާ ހަފުލާގައި އާންމުންގެ ތެރެއިން 2،640 މީހަކަށް ދައުވަތު ދޭނެ އެވެ. އޭގެ ތެރޭގައި ލަންޑަންގެ ދެ ސްކޫލެއްގެ 100 ދަރިވަރަކަށާއި ވިންސާ ކާސަލް ކޮމިނިއުޓީން 610 މީހަކަށާއި ޝާހީ އާއިލާ ދިރިއުޅޭ ބަކިންހަމް ޕެލަސްގެ އަވަށްޓެރިންނާއި އެ ސިޓީގެ މެމްބަރުން ހިމެނޭ ގޮތަށް 530 މީހަކަށާއި ހިލޭ ސާބަހަށާއި އެ ނޫން ވެސް ގޮތްގޮތަށް އިޖުތިމާއީ މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކުގެ މެމްބަރުންގެ ތެރެއިން 200 މީހަކަށާއި އިނގިރޭސިވިލާތުގެ އެކި ކަންކޮޅުތަކުން 1،200 ޒުވާނުން ކައިވެނީގެ ހަފުލާ އަށް ދައުވަތު ދޭނެ އެވެ.
Using American ink on English card, the invitations are printed in gold and black, then burnished to bring out the shine, and gilded around the edge. pic.twitter.com/gQpC6tDot0
— Kensington Palace (@KensingtonRoyal) March 22, 2018
ކެންސިންޓަން ޕެލަސްގެ ޓްވީޓެއް.
ކައިވެނީގެ ތައްޔާރީތަކުގެ ތެރެއިން ހަފުލާ ބާއްވާނެ ގަޑި އާއި ރިސެޕްޝަންތައް ކުރިއަށް ދާނެ ގޮތާއި ކައިވެނީގެ ކޭކް އަޅާނެ ޝެފަކީ ކޮބައިކަން ވެސް ކެންސިންޓަން ޕެލަސް އިން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.
ޕްރިންސް ހެރީ އާއި މޭގަންގެ ކައިވެނީގެ ކޭކް ހަވާލުކޮށްފައި ވަނީ ލަންޑަންގެ ވައިލެޓް ބޭކަރީ ހިންގާ ޕޭސްޓްރީ ޝެފް ކްލެއާ ޕީޓަކްއާ އެވެ.
Invitations to the wedding of Prince Harry and Ms. Meghan Markle have been issued in the name of His Royal Highness The Prince of Wales. pic.twitter.com/jidwuYboon
— Kensington Palace (@KensingtonRoyal) March 22, 2018
ކެންސިންޓަން ޕެލަސްގެ ޓްވީޓެއް.
ގިނަ ބަޔަކު މިހާރު އެންމެ ބޮޑަށް އިންތިޒާރު ކުރާ އެއް ކަމަކީ މެގަންގެ ކައިވެނީގެ ހެދުން ފަރުމާ ކުރާނީ ކޮން ޑިޒައިނަރަކުތޯ ބެލުމެވެ. ކައިވެނީގެ ހެދުމުގެ އަގު 400،000 ޕައުންޑަށް އަރަ އެވެ. އެއީ ދިވެހި ރުފިޔާ އިން ނަމަ 8.5 މިލިއަން ރުފިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުމުދު
26 March 2018
ތިޔަދެމީހުން ވެސް މަރުވާނެ