ސްމާޓްފޯން، ބޮލަށް ތުރާ ނުވާ ގޮތަށް

ސްމާޓްފޯނުގެ ދުނިޔެ ވަރަށް ބޮޑެވެ. އެއް އެޕުން އަނެއް އެޕުން، އެއް ސައިޓުން އަނެއް ސައިޓުން ފޯނު ހާވަހާވާ ކިތަންމެ އިރަކުވެސް އިނދެވިދާނެއެވެ. ވަގުތު ދާގޮތް ވެސް ނޭނގޭނެއެވެ. ކަމެއް ނެތި، ފޫހިވެފައި ތިބޭ ބަޔަކަށް މިއީ މަޖާ ކަމަކަށް ވެދާނެއެވެ. އެކަމަކު ބުރަކޮށް އަވަދިނެތި އުޅޭ މީހުންނަށް މިއީ މާ ފަސޭހަ ކަމެއް ނޫނެވެ. ބޮލަށް ފަސޭހަ ސްމާޓްފޯނެއް ބާޒާރުގައި ލިބެން ހުރިއްޔާ ބޭނުންހެއްޔެވެ؟


ބްލޮކް ފޯނަކީ ބީޓާ މޮޑެލް ފޯނެކެވެ. މިއަށް ތައާރަފްކުރި އާ އޮޕަރޭޓިން ސިސްޓަމްގެ ސަބަބުން ހަކަތަ ސަލާމަތްކޮށްދޭން އެހީތެރިވެއެވެ.

"ދަ ރޫޓް" ގެ ނަމުން ނަން ދީފައިވާ ފީޗާގައި ފޯނުގެ މުހިއްމު ހުރިހާ އެޕްތަކެއް އެއް ސްކްރީނުން ފެންނާނީ ކަޅާއި ހުދުގެ ގޮޅިތަކެއް ތެރޭންނެވެ. ލޮލަށް ވެސް ބޮލަށް ވެސް ފަސޭހައެވެ. މުޅި ފޯނު ހާވާކަށް ނުޖެހެއެވެ. އެއް ތާކުން އެހުރީ ފެންނާށެވެ.

ބްލޮކް ފޯނުގެ ޑިސްޕްލޭއަކީ 5.5 އިންޗީގެ އެލްސީޑީ ސްކްރީނެކެވެ. މީގައި 4 ޖީބީ ރެމްގެ މެމޮރީ އާއި 64 ޖީބީ ރައްކާކުރެވޭނެ ޖާގަ ވެސް ހިމެނެއެވެ. އަދި އެސްޑީ ކާޑު ލައްވާނެ ޖާގަ އާއި ބްލޫޓޫތުން ގުޅެން ވެސް ހުރެއެވެ.

ބްލޮކް ފޯނާ ގުޅެނީ ޔޫއެސްބީ ސީ ކަނެކްޝަނަކުންނެވެ. މި ފޯނުގައި 13 މެގަޕިކްސަލް ކެމެރާއަކާއި 4ކޭ ފެންވަރުގެ ވީޑިޔޯ ނެގޭނެ ކުޅަދާނަކަން ވެސް ލިބިފައިވެއެވެ.