އެމެރިކާގެ ރައީސް ޓްރަމްޕް: ޓްވިޓާގައި ވަރަށް ހަރަކާތްތެރި.
12 ޖުލައި 2018 - 06:51
ދުނިޔޭގެ ގައުމުގެ ލީޑަރުންގެ ތެރެއިން ޓްވިޓާގައި އެންމެ ގިނަ ފޮލޯވަރުންނާ އެކު އެންމެ ހަރަކާތްތެރި ލީޑަރަކީ އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕްގެ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ކޮމިއުނިކޭޝަން ފާމެއް ކަމަށްވާ ބާޒަން ކޯން އެންޑް ވުލްފް (ބީސީޑަބްލިއު) އިން ހެދި ދިރާސާގައި ބުނާ ގޮތުން 2016 ގައި ވެރިކަމަށް ހޮވިވަޑައިގަތް ފަހުން، ޓްރަމް ފޮލޯ ކރާ މީހުންގެ އަދަދު ދެ ގުނަ އިތުރުވެފައިވެ އެވެ. ޓްވިޓާ އިން އޭނާ ފޮލޯކުރާ މީހުންގެ އަދަދު 53.4 މިލިއަނަށް ވުރެ މައްޗެވެ.
ޓްރަމްޕް ޓްވިޓާއާ ދޯޅުކަމުން ވަރަށް ގިނަ ބަޔަކު އޭނާ އަށް ފާޑު ވެސް ކިޔަ އެވެ. އެއްބަޔަކު ސިފަކުރާ ގޮތުގައި ޓްރަމްޕަކީ "ޓްވިޓާ ރައީސެވެ." ސަރުކާރުގެ މުހިއްމު ނިންމުތަކާ ބެހޭ ކަންކަން ވެސް އޭނާ ގިނަ ފަހަރަށް އިއުލާން ކުރައްވަނީ ޓްވީޓްތަކުންނެވެ.
ޓްވިޓާގައި އެންމެ މަޝްހޫރު އަދި އެންމެ ގިނައިން ޓްވިޓާ ބޭނުން ކުރާ ނުފޫޒު ގަދަ މީސްމީހުންނަށް ބަލާއިރު، ޓްރަމްޕްގެ ފަހަތުން ދެވަނަ ލިބެނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށެވެ. އެއީ 43.4 މިލިއަން ފޮލޯވަރުންނާ އެކުގަ އެވެ. ތިން ވަނައިގައި އޮތީ 17.9 މިލިއަން ފޮލޯވަރުންނާ އެކު ޕޯޕް ފްރާންސިސް އެވެ.
ސަލްމާން ބިން އަބްދުލް އަޒީޒް.
ޓްވިޓާގައި އެންމެ ހަރަކާތްތެރިކަން ކުޑަ ލިސްޓުން ކުރި ލިބެނީ ހަތް މިލިއަން ފޮލޯވަރުން ތިބި، ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒެވެ. މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން މި އަހަރުގެ މެއި މަހާ ހަމައަށް ރަސްގެފާނު ޓްވީޓް ކުރައްވާފައި ވަނީ އެންމެ 11 ފަހަރު އެވެ.
އަރަބި ގައުމުތަކުގެ ނުފޫޒު ގަދަ ބޭފުޅުންގެ ތެރެއިން ޓްވިޓާގައި އެންމެ މަޝްހޫރު ޖޯޑަންގެ ކްއީން ރާނީއާ އެވެ. އޭނާ ފޮލޯކުރާ މީހުންގެ އަދަދު 10.7 މިލިއަނަށް އަރަ އެވެ.
ޔޫރަޕްގެ ގައުމުތަކަށް ބަލާ އިރު، އެންމެ ގިނަ ބަޔަކު ޓްވިޓާ އިން ފޮލޯ ކުރާ ލީޑަރަކީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރެވެ. އެއީ 5.6 މިލިއަން ފޮލޯވަރުންނާ އެކުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހިން ދިވެހިން
12 July 2018
އަޅުގަނޑުމެން ރާއްޖޭގައި ވެސް މިހާރު އުޅޭނެ މިކަން ކޮޕީ ކުރާ މީހުން ނިކަން ގިނައިން.
އަލިފް
12 July 2018
ހިސާބައް ވުރެ ނުލަފާ ވެއްޖެނަމަ ބައިވެރީން ( ފޮލޯވަރުން ) ގިނަ ވާނެއެވެ.