27 ސެޕްޓެމްބަރ 2018 - 08:05
ސޯޝަލް މީޑިއާގައި ސަމާލުކަން ހޯދަން ކުރާ ތަފާތު ކަންކަމުގެ ލިސްޓަށް މިފަހަރު އިތުރުވަނީ މާ ޖަހާ އެއްޗަކަށް އިސްތަށިގަނޑު ބަދަލުކޮށްލުމެވެ.
މިކަން ފެށިގެން އައީ އިންސްޓަގްރާމް މޮޑެލް ޓޭލާ އާރް މި މަހުގެ ކުރީކޮޅު ޕޯސްޓްކުރި ފޮޓޯއަކާ އެކުގަ އެވެ. އެއީ ބޮލުގެ އިސްތަށިގަނޑު ތެރޭގައި ހުސް ފެންފުޅިއެއް ކޮޅަށް ބަހައްޓައި އިސްތަށިގަނޑާ އެކު އެއްސުމަށް ފަހު އޭގެ ތެރެއަށް މާ ޖަހާފައި ނެގި ފޮޓޯއެކެވެ. އެ ފޮޓޯއާ އެކު ޖެހީ FlowerVaseHair ހޭޝްޓެގެވެ.
ކުއްލިއަކަށް މިކަން އެންމެންނަށް މަޖާވީ އެވެ. އިންސްޓަގްރާމްގައި ނުފޫޒުގަދަ މީހެއް ކަމަށްވާ މޫނީ ޗޫ ވެސް މިގޮތަށް ބޮލަށް މާ ޖަހައިގެން ފޮޓޯ ނެގުމުން އިތުރަށް ފޯރި ގަދަވީ އެވެ.
"އަހަރެން ބޮލުގެ އިސްތަށިގަނޑު ވާސް އަކަށް ބައްޓަންކޮށްލީ އިސްތަށިގަނޑު ތެރެއަށް ފުޅިއެއް ލައި، އޭގެ ބޭރުން ރަބަރު ބޭންޑް އަޅުވައިގެން. އޭރުން ހީވަނީ ވާސްއެއް ގޮތަށް އިސްތަށިގަނޑު ހަދާފައި ހުރިހެން. ދޭން އެތެރަށް މާތަކެއް ލީ،" ޗޫ ބުނެފައިވެ އެވެ.
ހަގީގަތުގައި މި ސްޓައިލްގެ ވިސްނުމަކީ ފަހުގެ ފެޝަން ޝޯތަކުގައި ފްލޯރަލް ހެއާސްޓައިލް އާންމުވާން ފެށުމެވެ. އެކަމަކު އިންސްޓަގްރާމްގައި މި ސްޓައިލް ފޮލޯކޮށްފައި މި ވަނީ މުޅިން އެހެން ގޮތަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy