މޭގަން މާކަލްގެ "އެންގޭޖްމަންޓް އަނގޮޓި" 40 ޑޮލަރަށް ގަނެވިދާނެ

އިނގިރޭސިވިލާތުގެ ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކަލްގެ ކައިވެނީގެ އަނގޮޓީގެ ޖާދޫގައި ޖެހުނު މީހުން ވެސް ބައިވަރެވެ. އަދި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ގައި ރަސްމީކޮށް އެންގޭޖްމަންޓް އިއުލާން ކުރުމާ އެކު، މީޑިއާތަކުގައި ވެސް ވަރަށް ގަދައަށް ދެކެވުނެވެ.


ހާއްސަކޮށް އެ އަނގޮޓީގެ އަގާ ބެހޭ ގޮތުންނެވެ. މޭގަންގެ ވާތުގެ ކަށި އިނގިލީގައި އަޅާފައިވާ އަނގޮޓީގެ އަގަކީ 350،000 ޑޮލަރެވެ. އަނގޮޓި ފަރުމާކޮށްފައި ވަނީ ވަރަށް ސާދާކޮށެވެ. އެއީ ބޮޑު ޖަވާހިރެއްގެ ދެ އަރިމަތީގައި ކުޑަ ދެ ޖަވާހިރު ޖަހައިފަ އެވެ.

މި ސާދާ އަނގޮޓި އަމިއްލަ އިނގިލީގައި އަޅައިލަން ބޭނުން ނަމަ، އޭގެ ނަކަލެއް ލިބިދާނެ އެވެ. ބަކިންހަމް ޕެލަސްގެ ގިފްޓް ޝޮޕްގައި މޭގަންގެ "އަނގޮޓި" ވިއްކައިލަން މިހާރު ވަނީ ހުޅުވާލައިފަ އެވެ. އަގަކީ 40 ޑޮލަރެވެ.

ބަކިންހަމް ޕެލަސްގެ ޕޯސްޓް.

އަނގޮޓި ތައްޔާރުކޮށްފައި ވަނީ ޕެލޭޑިއަމް މެޓަލް ޕްލެޓާއި ސްޕާކްލިން ކްރިސްޓަލް ބޭނުންކޮށްގެން ވަރަށް ވެސް ޖާދުވީ ގޮތަށް، އަސްލު އަނގޮޓިއާ އެއްގޮތަށެވެ.

އެހެންވެ އޭގެ ނަކަލަކުން ވެސް ހިތްހަމަޖެހުމެއް ހޯދައިލަން ބޭނުން ނަމަ އެފަދަ ބަޔަކަށް މިއީ ރަނުގެ ފުރުސަތަކަށް ވެދާނެ އެވެ. އޮންލައިންކޮށް އަނގޮޓި ގަނެވޭނެ އިންތިޒާމު ބަކިންހަމް ޕެލަސް އިން ވަނީ ހަމަޖައްސައިފަ އެވެ. ދުނިޔޭގެ ކޮންމެ ހިސާބަކަށް ވެސް އަނގޮޓި ޝިޕްކޮށް ދޭނެ އެވެ.

މި އަހަރު މެއި މަހުގެ 19 ވަނަ ދުވަހު ބޭއްވި ޕްރިންސް ހެރީ މޭގަންގެ ކައިވެނީގެ ހެދުން ވެސް ވެގެން ދިޔައީ ވަތަށް ހާއްސަ އެއްޗަކަށެވެ.

ދެކަނބަލުންގެ ޝާހީ ކައިވެނީގެ ހެދުން އަންނަ މަހުގެ 26 ގައި ފަށާ "އަ ރޯޔަލް ވެޑިން: ދަ ޑޫކް އެންޑް ޑަޗެސް އޮފް ސަސެކްސް" ގެ އެކްޒިބިޝަނުގައި ދައްކައިލަން ވެސް ވަނީ ހަމަޖެހިފަ އެވެ.