ކާލޮސް އާއި ލޮޕެޒް
03 އޮކްޓޯބަރ 2018 - 07:33
އާޖެންޓީނާ މީހަކު ވަޒީފާއެއް ހޯދަން ހުށަހަޅަން ޖެހުނު ސީވީ ޕްރިންޓްކުރެވޭނެ ގޮތެއް ނެތިގެން އަތުން ލިޔުމުން އެތައް ބައެއްގެ ސަމާލުކަން ލިބި އެ ސީވީގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް އޮހެން ފަށައިފި އެވެ.
އުމުރުން 21 އަހަރުގެ ކާލޮސް އޭނާގެ ސީވީ އަތުން ލިޔެ ހުށަހެޅީ ކެފޭއަކުން ވަޒީފާއެއް ހޯދުމަށެވެ. އޭނާގެ ސީވީ ސޯޝަލް މީޑިއާގައި އާންމުކުރި އެ ކެފޭގެ އިސް މީހެއް ކަމަށްވާ ލޮޕޭޒް އެވެ.
ފޭސްބުކްގައި ވައިރަލްވި ސީވީ އާންމުކުރަމުން ލޮޕޭޒް ބުނީ އޭނާގެ ކެފޭގައި އެ ވަގުތު ހުސް ވަޒީފާއެއް ނެތުމުން ކާލޮސް ގާތު އެދުނީ ސީވީ ފޮނުވާފައި ބާއްވަން ކަމަށެވެ. އެކަމަކު ކާލޮސް އަށް ސީވީ ޕްރިންޓްކުރެވޭނެ ގޮތެއް ނެތް ކަމަށް ބުނި ކަމަށާއި އެހެން ބުނުމުން ކާލޮސް ސީވީ އަތުން ލިޔެލާފައި ދިނީ ކަމަށް އޭނާ ބުންޏެވެ.
ކާލޮސްގެ ސީވީ ފޭސްބުކްގައި ޝެއާކުރުމާ އެކު ވަރަށް ބޮޑު ސަމާލުކަމެއް ލިބުނެވެ. އެތައް ހާސް ބަޔަކު އެ ޕޯސްޓް ޝެއާކޮށް ކޮމެންޓްކޮށްފައިވެ އެވެ.
ކޮމެންޓްކުރި ގިނަ މީހުން ކާލޮސް އަކީ ކެރޭ މީހެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ. އަދި އެއާ އެކު އެތައް ބަޔަކު އޭނާ އަށް ވަޒީފާތައް ވަނީ ހުށަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy